ނާގާބިލް ފުލުހުންނަށް ޖާގައެއް ނެތް، ބޮޑު ބަދަލެއް ގެންނަނީ
ނާގާބިލް ފުލުހުންނަށް ޖާގައެއް ނެތް، ބޮޑު ބަދަލެއް ގެންނަނީ

ފުލުހުންގެ މުއައްސަސާސާގައި ނާގާބިލް، އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރާ ފުލުހުންނަށް ޖާގައެއް ނެތް ކަމަށާއި ދާއިމީ ތަމްރީންތަކާ އެކު އެ މުއައްސަސާ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިދިޔަ އާދީއްތަ ދުވަހު ވިދާޅުވެއްޖެ އެވެ.

ނާގާބިލް ފުލުހުންނަށް ޖާގައެއް ނެތް، ބޮޑު ބަދަލެއް ގެންނަނީ
ނާގާބިލް ފުލުހުންނަށް ޖާގައެއް ނެތް، ބޮޑު ބަދަލެއް ގެންނަނީ

މިނިސްޓަރު "މިހާރަ"ށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ފުލުހުންގެ ތެރޭގައި ރަނގަޅަށް މަސައްކަތް ނުކުރެވޭ މީހުންނަށް އޮތީ ވަޒީފާ ދޫކޮށްފައި ދިއުން ކަމަށެވެ. ފުލުހުންގެ ފައުޖުތަކުގައި "ބަރުހެލި، ހަރަކާތްތެރި ނޫން މީހުންނަށް ނޫޅެވޭނެ" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނާގާބިލް ފުލުހުންނަށް ޖާގައެއް ނެތް، ބޮޑު ބަދަލެއް ގެންނަނީ
ނާގާބިލް ފުލުހުންނަށް ޖާގައެއް ނެތް، ބޮޑު ބަދަލެއް ގެންނަނީ

"ފުލުހުންނަކަށް ނެތް އަންޑަޕާފޯމާސް ގޮވައިގެން އުޅެވޭކަށެއް. ހާއްސަކޮށް މިކަހަލަ ބޮޑު 3000-4000 މީހުންގެ ބޮޑު ފައުޖެއްގެ ތެރޭގައި އަންޑަޕާފޯމާސް އުޅޭނެ. އެ މީހުން ވަކިކުރުން، ދޫކޮށްލުން، އެ މީހުންނަށް ރިޓަޔަމެންޓް ދިނުން އެކަންކަން އެއީ ވަރަށް އުނދަގޫ ކަންތައް. އެކަމަކު ލަހެއް ނުވެ އެ ރިފޯމް ގެންނާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ނާގާބިލް ފުލުހުންނަށް ޖާގައެއް ނެތް، ބޮޑު ބަދަލެއް ގެންނަނީ
ނާގާބިލް ފުލުހުންނަށް ޖާގައެއް ނެތް، ބޮޑު ބަދަލެއް ގެންނަނީ

އުމަރު ވިސްނުން ގެންގުޅުއްވަނީ، މި އަހަރުގެ ތެރޭގައި ފުލުހުންގެ މުއައްސަސާ އަށް އެ ބަދަލު ގެންނެވުމަށެވެ.

ނާގާބިލް ފުލުހުންނަށް ޖާގައެއް ނެތް، ބޮޑު ބަދަލެއް ގެންނަނީ
ނާގާބިލް ފުލުހުންނަށް ޖާގައެއް ނެތް، ބޮޑު ބަދަލެއް ގެންނަނީ

"އެކްސްޓްރާ ބާޑަން، ފެޓް ކެރީކުރާކަށް ބޭނުމެއް ނޫން. ފުލުހުންގެ ފައުޖު ވާން ޖެހޭނީ ހިމަތޮޅި އަވަހަށް މޫވްކުރެވޭ، ތައުލީމީ މޮބައިލް ބައަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ނާގާބިލް ފުލުހުންނަށް ޖާގައެއް ނެތް، ބޮޑު ބަދަލެއް ގެންނަނީ
ނާގާބިލް ފުލުހުންނަށް ޖާގައެއް ނެތް، ބޮޑު ބަދަލެއް ގެންނަނީ

ފުލުހުންގެ ދާއިމީ ތަމްރީން މަރުކަޒު ގުޅީފަޅުގައި:

އުމަރު ވިދާޅުވީ އައްޑޫގައި ހުރި ފުލުހުންގެ ޓްރޭނިން މަރުކަޒު 2012 ގައި އަންދާލުމުން ފުލުހުންގެ ތަމްރީންތައް ވަރަށް ބޮޑަށް ވަނީ ހީނަރުވެފައި ކަމަށެވެ. އޭގެ ފަހުން ތަމްރީންތައް ކުރިއަށް ގެންދަނީ ދ. ވާނީގަ އެވެ.

އެކަމަކު އެއީ އެހާ ފުޅާކޮށް ނޫން ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ތަމްރީންތައް އަބަދުވެސް ހިނގަހިނގާ ހުންނަން ޖެހޭނެ ކަމަށެވެ. ގާނޫނުތައް އަހުލުވެރިވެ، ޕްރޮގްރާމްތައް ގިނައިން ހިންގުމަކީ ފުލުހުންނަށް މުއައްސަސާ އަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަން އޭނާ ދެކެވަޑައިގަންނަވަ އެވެ.

ފުލުހުންގެ ތަމްރީންތަކަށް އިސްކަން ދެއްވައިގެން ރައީސް ޔާމީން ވެސް މަސައްކަތް ކުރައްވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ފުލުހުންނަށް ދާއިމީ ތަމްރީން ދޭނެ މަރުކަޒެއް ވަރަށް އަވަހަށް ގާއިމްކުރާނެ ކަމަށެވެ. އެ މަރުކަޒް އިމާރާތްކުރާނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ގުޅީފަޅުގަ އެވެ.

"އެ މަރުކަޒު ގާއިމްވެ ތަމްރީން ދޭން ފެށުމުން ފުލުހުންގެ ފައުޖުތައް މާރަނގަޅަށް މާ އިފެކްޓިވްކޮށް މަސައްކަތް ކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުންވޭ ކޮންމެ ފުލުހަކީ، ފުރަތަމަ އޮން ރެކްރޫޓްމަންޓްގައި އެންމެ ކުޑަވެގެން ހަ މަސް ދުވަހުގެ ތަމްރީން ލިބިގެން މަގުމައްޗަށް ނިކުންނަން. އަދި އޭގެ އިތުރަށް ކޮންމެ ފުލުހަކީ ކޮންމެ އަހަރަކު މަދުވެގެން 10 ދުވަހުގެ ތަމްރީން ހަދާ މީހަކަށް ވާން. އެ ތަމްރީން ނުހަދާ ކަމަށް ވަންޏާ އެ މީހެއްގެ ޕްރޮމޯޝަން ހިފަހައްޓަން ބޭނުން."

ފުލުހުންގެ ފައުޖަށް "ނުފޫޒު ފޯރުވައި ހިލުވައެއް" ނުލެވޭނެ

މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރިއާ ހިލާފަށް ފުލުހުންގެ އިސް ސަފުގައި މިހާރު ތިއްބެވީ މުއައްސަސާގެ އަގު ހިފެހެއްޓެވުމަށް ވިސްނުން ގެންގުޅުއްވާ ބޭފުޅުންނެވެ.

"ދިވެހި ރާއްޖޭގެ ފުލުހުންގެ ފައުޖުތަކުގެ ތެރެއަށް އެއްވެސް ކަހަލަ ނުފޫޒެއް ވަދެ ހަލުވާލުމުގެ އަޅުގަނޑުމެން ޖާގައެއް ނުދޭނަން. ރިޝްވަތުގެ ފައިސާ ގެނެސް އެ ކުޅިވަރެއް ނުކުޅެވޭނެ ދެނެއް،" އުމަރު ވިދާޅުވި އެވެ.

ފުލުހުންގެ އެކި ޑިޕާޓްމެންޓްތަކާ ހަވާލުވެ ތިއްބެވި ބޭފުޅުން އަބަދު އެއް ތަނަކާ ހަވާލުކޮށް ބޭތިއްބެވުމަށް ވުރެން އެކި ތަންތަނަށް ބަދަލުކުރުމަކީ ފައިދާ ބޮޑު ގޮތަކަށް ވާތީ އެކަން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ، ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ހުންނެވިއިރު ވެސް ގެންނަވަން ބޭނުންވި ބަދަލަކަށްވި ނަމަވެސް އޭރު އެއްބާރުލުމެއް ނުލިބޭ ކަމަށް އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑު ލިޔުމުން އެކަން ކުރަން އެންގީމަ ވެސް އެކަން ނުކުރެއްވި،" އުމަރު ވިދާޅުވި އެވެ. "މިހާރު އެކަމަކު އެ ދަނީ ރޮޓޭޝަން ޕޮލިސީ އަށް. އަތޮޅެއްގައި ވެސް ސްޓޭޝަން އިންޗާޖެއްގެ ގޮތުގައި އެކަކަށް ނުހުރެވޭނެ ގިނަ ދުވަހު."

މިނިސްޓަރު ވިދާޅުވީ އެއް ތަނެއްގައި އެގޮތަށް މަސައްކަތް ކުރަން ޖެހިއްޖެ ނަމަ، "މޫފައިބައި" ކަންކަން ރަނގަޅަށް ނުދާ ކަމަށެވެ. ފުލުހުންގެ ހިދުމަތް އެންމެ ރަނގަޅަށް ކުރިއަށް ގެންދެވޭނީ އެ ބަދަލުތަކާ އެކު ކަމަށް މިނިސްޓަރު ދެކެވަޑައިގަންނަވަ އެވެ.