ޓީޗަރުންނަށް އޮތް ލޯބި ބަންޑުންކޮށްލައިފި
ޓީޗަރުންނަށް އޮތް ލޯބި ބަންޑުންކޮށްލައިފި

އުމުރުގެ ކޮންމެވެސް ހިސާބެއްގައި ޓީޗަރެއްގެ އެހ ނުލިބޭ ދިވެއްސަކު މަދުވާނެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ފެށިގެން އެންމެ ދަށް ފަންތީގެ މަގާމުތަކުގައި އުޅޭ މީހުން ވެސް ކުޑައިރު ކިޔަވާފައި ހުންނާނީ ކޮންމެވެސް ޓީޗަރެއްގެ ކައިރިންނެވެ. އެހެންކަމުން އެއީ ގައުމުގައި އެންމެ ބޮޑު ޒިންމާއެއް އުފުލަމުން އަންނަ އެއް ބަ އެވެ.

ޓީޗަރުންނަށް އޮތް ލޯބި ބަންޑުންކޮށްލައިފި
ޓީޗަރުންނަށް އޮތް ލޯބި ބަންޑުންކޮށްލައިފި

ޓީޗަރުން ދެކެ މުޅި ގައުމު ލޯބިވެ އެވެ. އެކަން މިއަދު، ރާއްޖޭގެ ސްކޫލްތަކުން އެވަނީ އަނެއްކާވެސް ފެނިފަ އެވެ.

ޓީޗަރުންނަށް އޮތް ލޯބި ބަންޑުންކޮށްލައިފި
ޓީޗަރުންނަށް އޮތް ލޯބި ބަންޑުންކޮށްލައިފި

ދުނިޔޭގެ ޓީޗަރުންގެ ދުވަހަކީ އޮކްޓޯބަރު 5 ނަމަވެސް، މާދަމާއަކީ ރަސްމީ ބަންދު ދުވަހެއް ކަމުން، ޓީޗަރުންގެ އަގު ވަޒަންކުރުން ކުރިއަށް ގެންދިޔައީ މި ހަފުތާގަ އެވެ. އެގޮތުން އެކި ސްކޫލުތަކުގައި ތަފާތު ތީމްތަކަށް މުޅި ސްކޫލް ޒީނަތްތެރިކޮށްފައިވާއިރު ޓީޗަރުންނަށް މިއަދު ވަރަށް ހޫނު މަރުހަބާއެއް ވެސް ކިޔެވެ.

ޓީޗަރުންނަށް އޮތް ލޯބި ބަންޑުންކޮށްލައިފި
ޓީޗަރުންނަށް އޮތް ލޯބި ބަންޑުންކޮށްލައިފި

އަމީނިއްޔާ ސްކޫލުގައި ޓީޗަރުންގެ ދުވަސް ފާހަގަކުރީ އިއްޔެ އެވެ. އެކަމަކު އެކި ދުވަސްތަކަށް ބަހާލައިގެން ތަފާތު ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ.

ޓީޗަރުންނަށް އޮތް ލޯބި ބަންޑުންކޮށްލައިފި
ޓީޗަރުންނަށް އޮތް ލޯބި ބަންޑުންކޮށްލައިފި

އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ޝުވެއިބަތު ސައީދު ވިދާޅުވީ ޓީޗަރުންނަކީ ބުރަ މަސައްކަތެއް ކުރަމުން އަންނަ ބަޔަކަށް ވާއިރު، އެ މީހުންގެ އަގު ވަޒަންކުރަން ސްކޫލު ފެންވަރުގައި ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިއްޔެ ވެސް ދަރިވަރުންނާ އެކު ޓީޗަރުން ކުޅިވަރުގެ ހަރަކާތްތަކުގައި ބައިވެރިވެ ރަނގަޅު ވަގުތުތަކެއް ހޭދަކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ޓީޗަރުންނަށް އޮތް ލޯބި ބަންޑުންކޮށްލައިފި
ޓީޗަރުންނަށް އޮތް ލޯބި ބަންޑުންކޮށްލައިފި

"ފެއްސާއި ރަން ކުލައިން ސްކޫލު ތެރެ ޒީނަތްތެރިކޮށް އިއްޔެ ހަރަކާތްތަކެއް ބޭއްވީ. މިރޭ ޑިނާ ނައިޓެއް، ދެން މިރޭ ފަތިހު ހިނގާލުމެއް ވެސް އޮންނާނެ. އޭގެ އިތުރުން ވެސް ތަފާތު ހަރަކާތްތައް އޮންނާނެ،" ޝުވެއިބަތު ވިދާޅުވި އެވެ.

ޓީޗަރުންނަށް އޮތް ލޯބި ބަންޑުންކޮށްލައިފި
ޓީޗަރުންނަށް އޮތް ލޯބި ބަންޑުންކޮށްލައިފި

ބ. އޭދަފުށީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހުމަދު ރަފީއު ވިދާޅުވީ އެ ސްކޫލުން ޓީޗަރުންނަށް މިއަދު ހެނދުނު މަރުހަބާކީ ދަރިވަރުންގެ ނެށުމުގެ ހަރަކާތްތަކަކުން ކަމަށެވެ. ހާއްސަ އެސެމްބްލީއެއް ބޭއްވުމަށް ފަހު ދަރިވަރުންނާއި ޓީޗަރުންނަށް ހާއްސަ ސައެއް ވެސް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޓީޗަރުންނަށް އޮތް ލޯބި ބަންޑުންކޮށްލައިފި
ޓީޗަރުންނަށް އޮތް ލޯބި ބަންޑުންކޮށްލައިފި

އިސްކަންދަރު ސްކޫލް ވެސް ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފަ އެވެ. އެހެން އަހަރުތަކާ ހިލާފަށް ސްކޫލުތެރެ ރީތިކުރުމުގެ މަސައްކަތް ކުރީ ސްކޫލްގެ މެނޭޖްމަންޓުންނެވެ.

ޓީޗަރުންނަށް އޮތް ލޯބި ބަންޑުންކޮށްލައިފި
ޓީޗަރުންނަށް އޮތް ލޯބި ބަންޑުންކޮށްލައިފި

އެ ސްކޫލުގެ އިސް ބޭފުޅަކު ވިދާޅުވީ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ތަފާތު ކުޅިވަރުތައް ކުޅެން ހަމަޖައްސާފައިވާ ކަމަށެވެ. އަދި ގުރުއަތުން ހޮވޭ ޓީޗަރަކަށް އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓީޗަރުންނަށް އޮތް ލޯބި ބަންޑުންކޮށްލައިފި
ޓީޗަރުންނަށް އޮތް ލޯބި ބަންޑުންކޮށްލައިފި

"ޓީޗަރުންގެ މޫނުމަތިން އުފާވެރި ހިނިތުންވުން ފެނިގެން ދިޔައީ. ވަރަށް ހާއްސަ ވަގުތުކޮޅެއް ޓީޗަރުންނާއި ދަރިވަރުންނާ އެކު ހޭދަކުރެވިގެން ދިޔައީ،" ސްކޫލުގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

އެ ސްކޫލުގެ ޓީޗަރުންނަށް ވެސް މަރުހަބާ ކީ ދަރިވަރުންނެވެ. އެގޮތުން ސްކޫލުގައި މަސައްކަތް ކުރާ 130 ޓީޗަރުންނަށް ދަރިވަރުން ވަނީ މާބޮނޑިއެއް ހަދިޔާކޮށްފަ އެވެ.