03 އޮކްޓޯބަރ 2018 - 18:02

ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހައްޔަރުކުރި ފުލުހުންގެ ތެރެއިން ދެ މީހަކު މިއަދު ދޫކޮށްލައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކުރި އަށް ފުލުހުންގެ ތެރެއިން މިއަދު ދޫކޮށްލާފައިވަނީ އެސްއޯގެ ކުރީގެ ކޮމާންޑަރު ސައިފް ހުސައިނާއި ސްޓޭޝަން އިންސްޕެކްޓަ ފާއިޒް މުހައްމަދެވެ. ބަންދުން ދޫކޮށްލިއިރު އެ މީހުން ތިބީ ގޭ ބަންދުގަ އެވެ.
ހައްޔަރުކުރި ފުލުހުންނަށް ކޮށްފައިވަނީ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ދައުވާ އެވެ. އެ މައްސަލަ ސާބިތުވެއްޖެނަމަ އެ ފުލުހުންނަށް ހަތަރު މަހުގެ ބަންދެއް އަންނާނެ އެވެ. ނަމަވެސް ފުލުހުންގެ ބަންދުގައި އެމީހުން ތިބޭތާ މިހާރު ވަނީ ހަތް މަސް ވެފަ އެވެ.
އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެ ފުލުހުން ތިބީ ބަންދުކޮށްފަ އެވެ. އެމީހުން ދޫކޮށްލީ ބަންދުގައި ތިބި މުއްދަތުގެ ތެރޭގައި ވެސް ހެއްކަށް ނުފޫޒު ފޯރުވުމުގެ ކަމެއް ފާހަގަކުރެވިފައިނުވާތީ އެވެ.
މިދިޔަ ފެބްރުއަރީ އާއި މާޗު މަހުގެ ތެރޭގައި އެ ފުލުހުން ހައްޔަރުކުރުމަށް ފަހު ވަނީ ވަޒީފާއިން ވެސް ވަކިިކޮށްފަ އެވެ