އައިފޯން 7 ގައި މިހާރު އިންނަ ގޮތަށް ހޯމް ބަޓަނެއް ނުއިންނާނެ
އައިފޯން 7 ގައި މިހާރު އިންނަ ގޮތަށް ހޯމް ބަޓަނެއް ނުއިންނާނެ

އައިފޯނުގައި އިންނަ "ހާޑްވެއާ" ހޯމް ބަޓަނާ ނުލައި އައިފޯނުގައި ޖަހާނީ ކޮން ސިފައެއްބާ އެވެ؟ ޒަމާން ފެށުނީންސުރެ އެއީ އައިފޯނަށް ޚާއްސަ މަރުކާއެކެވެ. އެކަމަކު ކޮންމެ ސިފައެއް ޖެހިއަސް، އެ ބަޓަން ނަގަން އެބަ ޖެހެ އެވެ. ސަބަބު މި ބުނެދެނީ އެވެ.

އައިފޯން 7 ގައި 3.5 އެމްއެމް ހެޑްފޯން ޖެކެއް ނުއިންނާނެ އެވެ. އެކަން ޔަގީންވާ ވަރަށް އެ ވާހަކަ ލިޔެވިއްޖެ އެވެ. ގަދީމީ ހެޑްފޯން ޖެކް އުނިކޮށް އައިފޯން 7 އުފެއްދުމުގެ ބޭނުމަކީ ފޯނު ތުނިކުރުމެވެ.

އައިފޯނުގެ މޫނުމަތީގަައި ވައްކޮށް އެ އިންނަ "ފިޒިކަލް" ނުވަތަ "ހާޑްވެއާ ހޯމް ބަޓަން" އަކީ ވެސް ނަގަން ޖެހޭ އެއްޗެކެވެ. އެއީ އައިފޯން 7 ތުނިކުރުމަށެވެ. އޭގެ ބަދަލުގައި ފޯނުގެ ސްކްރީނަށް އަރާ ޒާތުގެ ބަޓަނެއް ރަނގަޅުވާނެ އެވެ. އެއިރުން އެ ބަޓަނުގައި އަތްލާއިރަށް ފޯނު ތެޅިގަންނާނެ އެވެ. އެއްޗެއްގައި އަތްލެވިއްޖެ ކަމުގެ އިހުސާސް ވެސް ކުރެވޭނެ އެވެ. އެއް ދޮނުގައި ދެ ބުޅި ޖެހުނީ އެވެ.

އައިފޯނު 7 ގައި ފިޒިކަލް ހޯމް ބަޓަން ނުހުންނާނެ ކަމަށް ބުނާ މީހުން ބުނަނީ އެއީ ފޯނަށް ފެން ނުވަންނަ ގޮތް ހަދަން ކުރާ ކަމެއް ކަމަށެވެ. އެ ބަޓަން މާ އަވަހަށް ހަލާކުވުމަކީ ވެސް އެޕަލް އަށް ކަމުދާ ކަމެއް ނޫން ކަމަށް ބުނެ އެވެ. އެކަމަކު އެކަހަލަ ހާޑްވެއާ ބަޓަން ހުންނަ ކޮންމެ ފޯނެއްގައި ވެސް ހަލާކުވުމުގެ މައްސަލަ ދިމާވެ އެވެ.

އައިފޯން 7 ގައި ހުރި ނަމަ ހުންނާނެ ހުރިހާ ސިފައަކާ ބެހޭ ގޮތުން ވާހަކަ ދެއްކިއްޖެ އެވެ. އައިފޯނު 7 އުފައްދަނީ ފިޒިކަލް ހޯމް ބަޓަނާ ނުލައި ކަމަށް ބުނެވޭ ވާހަތަކެއް ވެސް އެބަ ފެތުރެވެ. އެހެންވެ އެ ވާހަކަ ބުނެލީ އެވެ.