ސިނަމާލެ ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް
ސިނަމާލެ ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް

ސިނަމާލެ ބްރިޖުގައި ރޭ ދަންވަރު، ލޮރީއެއްގައި ކާރަކުން ޖެހި ބޮޑު އެކްސިޑެންޓެއް ހިނގައިފި އެވެ.

ރޭ އެއްގަޑި ބައިހާ އިރު މި އެކްސިޑެންޓް ހިނގީ، ހުޅުލޭ ކޮޅަށް ބުރިޖް ނިމޭ ތަނުގައި ހުންނަ ޓްރެފިކް ލައިޓަށް ލޮރީ މަޑުކޮށްގެން އޮއްވާ، ފަހަތުން އައި ކާރެއް ޖެހިގެންނެވެ.

ފުލުހުން ބުނީ ކާރު ދުއްވަން އިން މީހާއަށް ކޮންމެވެސް ވަރަކަށް އަނިޔާވި ކަމަށެވެ. ނަމަވެސް އޭގެ ތެރޭގައި ނުރައްކާތެރި އަނިޔާއެއް ނެތް ކަމަށް ފުލުހުން ބުންޏެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ލޮރީގެ ފަހަތު ކޮޅަށް ކާރުގެ ކުރީ ބައި ވަދެ، ވަރަށް ބޮޑަށް އޮތީ ހަލާކުވެފަ އެވެ.

މިދިޔަ މަހު ހަތެއްގައި އާންމުންނަށް ހުޅުވާލި ސިނަމާލެ ބްރިޖާއި ހުޅުމާލެއަށް ދާން އޮންނަ ލިންކް ރޯޑްގައި ގިނަ އެކްސިޑެންޓުތަކެއް ދަނީ ހިނގަމުންނެވެ. އަދި މި ދުވަސްވަރު މޫސުން ގޯސް ވުމުން އެކަމަށް ސަމާލުވާން، ސިނަމާލެ ބްރިޖާއި ރިންގް ރޯޑު ބޭނުންކުރާ މީހުންނަށް ފުލުހުން ވަނީ އިލްތިމާސް ވެސް ކޮށްފަ އެވެ.