އަބްހޭ ޑިއޯލް ރަގްބީ ކޯޗެއްގެ ރޯލަށް
އަބްހޭ ޑިއޯލް ރަގްބީ ކޯޗެއްގެ ރޯލަށް

އިންޑިއާގެ މަޝްހޫރު ރަގްބީ ކޯޗް ރުދްރަކްޝް ޖޭނާގެ ބައޮގްރަފިލް ޑްރާމާ އަށް އަބްހޭ ޑިއޯލް ސޮއިކޮށްފި އެވެ.

އަބްހޭ ޑިއޯލް ރަގްބީ ކޯޗެއްގެ ރޯލަށް
އަބްހޭ ޑިއޯލް ރަގްބީ ކޯޗެއްގެ ރޯލަށް

މި ފިލްމުވެގެން ދާނީ 42 އަހަރުގެ އެކްޓަރު ކުޅޭ ފުރަތަމަ ބައޮގްރަފިކަލް ޑްރާމާއަށެވެ.

"ޖަންގަލް ކްރައި" ގެ ނަން ދީފައިވާ މި ފިލްމަކީ ދާދި ފަހުން ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނާ ގުޅިގެން އިންޑިއާގެ ކުރީގެ ސިފައިންގެ އޮފިސަރެއް ކަމަށްވާ ކެޕްޓަން ވިކްރަމް ބަޓްރާގެ ބައޮގްރިކަލް ޑްރާމާ ހަދަން އިއުލާން ކުރި ޝައްބީރް ބޮކްސްވާލާ އާއި ޕްރަޝާންތު ޝާހް ޕްރޮޑިއުސް ކުރާ ފިލްމެކެވެ.

ފިލްމަށް އަބްހޭ ސޮއިކޮށްފައި ވަނީ "ޖަންގަލް ކްރައި" ގެ ބަތަލުގެ ރޯލަށް ފަރްހާން އަހްތަރާއި އަބީޝެކް ބައްޗަން ވެސް ގެންނަން ވާހަކަތައް ދެކެވިފައި ވަނިކޮށް ކަމަށް މީޑިއާތަކުން ބުންޏެވެ.

ޑައިރެކްޓް ކުރާނެ މީހަކު އަދި އިއުލާންކޮށްފައި ނުވާ އިރު، ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން ވަނީ ނިންމައިފަ އެވެ. ޝޫޓިން ފުރަތަމަ ފަށާނީ އޮޑިޝާއިންނެވެ.

އިންޑިއާގެ ބުބަނޭޝްވަރް އަށް ނިސްބަތްވާ ރުދްރަކްޝްއަކީ ކަލިންގާ އިންސްޓިޓިއުޓް އޮފް ސޯޝަލް ސައިންސްއާ ގުޅިގެން ރަގްބީ ޓީމެއް އެކުލަވާލައި، 2007 ވަނަ އަހަރު ލަންޑަނުގައި ބޭއްވި އިންޓަނެޝަނަލް ސްކޫލް ރަގްބީ ޓޯނަމެންޓްގައި ވާދަކޮށް މުބާރާތް ކާމިޔާބުކޮށްގެން އެތައް ބައެއްގެ ސަމާލު ކަމަށް އައި މީހެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ޖަންގަލް ކްރައި" ގެ މަންޒަރުތަކެއް އެމެރިކާގެ ލޮސް އެންޖެލިސްގައި ނަގާނެ އެވެ. އަބްހޭ އެންމެ ފަހުން ފެނިފައި ވަނީ އެޕްރީލް މަހު ރިލީޒް ކުރި "ނާނޫ ކީ ޖާނޫ" އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޒީރޯ" އާއި "ދަ ފީލްޑް" އަދި "ބައުންޓީ ހަންޓާ" ހިމެނެ އެވެ.