ދިރާގަށް 30 އަހަރު: 30 ނަސީބުވެރިން 30 ގައުމަށް ދާން ތައްޔާރުވޭ!
ދިރާގަށް 30 އަހަރު: 30 ނަސީބުވެރިން 30 ގައުމަށް ދާން ތައްޔާރުވޭ!

ދިރާގުގެ 30 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން 15 މީހަކަށް، ދުނިޔޭގެ 30 ގައުމަކަށް ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް އިއްޔެ ފަށައިފި އެވެ. އޭގެ ތެރެއިން ގުރުއަތު ހޮވޭ ކޮންމެ މީހަކަށް އިތުރު މީހެއް ގެންދެވޭނެ އެވެ.

ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ އެންމެ ބޮޑު އެއް ކުންފުނިން ބުނީ އެ ގުރުއަތުލުމުގައި ބައިވެރިވުމަށް ވަކި ކަމެއް ކުރަން ނުޖެހޭނެ ކަމަށެވެ. ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށާއި އެގޮތުން ކޮންމެ ހަފުތާއަކު ވެސް އެއް ނަސީބުވެރިއަކު ހޮވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ގައުމުތަކުގެ ތެރޭގައި ސިންގަޕޫރާއި ދުބާއި އާއި ޖަރުމަނާއި ލަންޑަނާއި އިޓަލީ ފަދަ ގައުމުތައް ހިމެނެ އެވެ. ކަސްޓަމަރުން ބޭނުން ގައުމަކަށް ދިއުމުގެ ފުރުސަތު ލިބޭނެ އެވެ.

މީގެ އިތުރުން، ދިރާގުގެ ހުރިހާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މި މަހު އިތުރު 30 ޕަސެންޓް ޑޭޓާ ދޭން ވެސް ވަނީ ނިންމައިފަ އެވެ. އަދި ހަމަ އެއާއެކު ދިރާގުގެ ހުރިހާ މޯބައިލް ކަސްޓަމަރުންނަށް 1 ޖީބީ ޑޭޓާ މުޅިން ހިލޭ ދޭން ވެސް ވަނީ ނިންމާފަ އެވެ.

މި ޑޭޓާ ޕެކް ވަރަށް ފަސޭހަކަމާ އެކު ދިރާގު މޯބައިލް އެޕް މެދުވެރިކޮށް ނުވަތަ މެސެޖު މެދުވެރިކޮށް ވެސް ހޯދޭނެ އެވެ. މެސެޖު މެދުވެރިކޮށް ޑޭޓާ ޕެކް އެކްޓިވޭޓް ކުރަން މެސެޖު ފޮނުވާނީ “ADD D1GB” ޖަހާފައި 343 އަށެވެ. އެ ޕެކް އިއްޔެ އިން ފެށިގެން މާދަމާގެ ނިޔަލަށް އެކްޓިވޭޓް ކުރެވޭނެ އެވެ. އަދި އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ބޭނުން ކުރެވޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

އަހަރީ ދުވަހާ ދިމާކޮށް ދިރާގުން ވަނީ ސޯޝަލް މީޑިއާ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. އެގޮތުން، ދިރާގު ފޭސްބުކް، ޓްވިޓާ އަދި އިންސްޓާގްރާމްގައި ދިރާގުގެ އަހަރީ ދުވަހުގެ ޕްރޮމޯ ޕޯސްޓަށް، ފޭސްބުކްގައި ނަމަ "ހާޓް ރިއެކްޓް" ، ޓުވިޓާ ގައި "ފެވަރިޓް" އަދި އިންސްޓަގްރާމްގައި "ލައިކް" ދިނުމުން ނަސީބުވެރި 30 ފަރާތަކަށް ގޫގްލް މިނީ ހޯމް އެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.