ކުވޭތުގެ މަންދޫބުގެ ވޮލެޓް ޕާކިސްތާނުގެ އޮފިޝަލަކު ވަގަށް ނެގުމުން ފަޅާއަރައިފި
ކުވޭތުގެ މަންދޫބުގެ ވޮލެޓް ޕާކިސްތާނުގެ އޮފިޝަލަކު ވަގަށް ނެގުމުން ފަޅާއަރައިފި

އިސްލާމްއާބާދު (އޮކްޓޯބަރު 1) - އިންވެސްޓްމެންޓް ޕްލޭނާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ޕާކިސްތާނަށް ޒިޔާރަތް ކުރި ކުވޭތުގެ ވަފުދުގައި ހިމެނޭ މެންބަރެއްގެ ވޮލެޓް ޕާކިސްތާން ސަރުކާރުގެ ސީނިއާ އޮފިޝަލަކު ވަގަށް ނަގައި މަންޒަރު ފަޅާ އަރައިފި އެވެ.

މި ހާދިސާ ހިނގާފައި ވަނީ ކުވޭތާއި ޕާކިސްތާންގެ އޮފިޝަލުން ބައްދަލު ކުރުމަށް ފަހު މީޓިން ރޫމުން ނުކުތް ވަގުތު އެވެ. ކުވޭތުގެ އޮފިޝަލަށް ބޭރަށް ނުކުމެވުނީ އޭނާގެ ވޮލެޓް މޭޒު މަތީގައި ބޭއްވިފަ އެވެ. އެކަމަކު މީޓިން ރޫމްގައިވާ ސީސީޓީވީން ރެކޯޑް ކުރެވިފައިވާ މަންޒަރުތަކުން ފެންނަ ގޮތުގައި ޕާކިސްތާން ސަރުކާރުގެ އޮފިޝަލަކު ވަނީ ވަރަށް ސިއްރުން އެ ވޮލެޓް ނަގައި އޭނާގެ ޖީބަށް ލައިފަ އެވެ. ހަ ސިކުންތުގެ އެ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފަ އެވެ.

ކުވޭތުގެ މަންދޫބު ވަނީ އޭނާގެ ވޮލެޓް ގެއްލުނުކަން ޕާކިސްތާނުގެ އޮފިޝަލުންނަށް ރިޕޯޓްކޮށްފަ އެވެ. ޕާކިސްތާނުގެ އޮފިޝަލުން ވަނީ މީޓިން ރޫމް ޗެކްކޮށް އަދި ޖޫނިއާ އޮފިޝަލުންނާ ސުވާލު ކޮށްފަ އެވެ. އެކަމަކު ސީސީޓީވީ ކެމެރާ އިން ފެންނަ ގޮތުގައި ވޮލެޓް ނަގާފައި ވަނީ ސީނިއާ އޮފިޝަލެކެވެ. އެ އޮފިޝަލް އެންމެ ފުރަތަމަ ވަނީ ވޮލެޓް ނެގި ކަމަށް ދެކޮޅު ހަދައިފަ އެވެ. އެކަމަކު ފަހުން ވަނީ އެ ވޮލެޓް ހަވާލުކޮށްފަ އެވެ.

ޕާކިސްތާނުގެ އޮފިޝަލުން މިހާރު ވަނީ ވޮލެޓް ނެގި މީހާ އަށް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ކުވޭތުގެ ވަފުދަށް ދީފަ އެވެ. އެކަމަކު އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައެއް ނުވެ އެވެ.