މިދިޔަ އަހަރު ސްޓެލްކޯއަށް 52.8 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ
މިދިޔަ އަހަރު ސްޓެލްކޯއަށް 52.8 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ

މިދިޔަ އަހަރު ސްޓެލްކޯއަށް ސާފު ފައިދާގެ ގޮތުގައި 52.8 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މިދިޔަ އަހަރު ސްޓެލްކޯއަށް 52.8 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ
މިދިޔަ އަހަރު ސްޓެލްކޯއަށް 52.8 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ

މާލެ އާއި ބައެއް ރަށްތަކަށް ކަރަންޓުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނިން މިއަދު އާއްމުކުރި މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އޭގެ ތެރެއިން ހިންގުމުގެ ހަރަދުގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ހިންގުމުގެ ހަރަދު އުނިކުރުމުން ޖުމްލަ ފައިދާގެ ގޮތުގައި މިދިޔަ އަހަރު 304 މިލިއަން ރުފިޔާ ލިބުނެވެ.

އެ ކުންފުނީގެ ތަފާސްހިސާބުތައް އާއްމުކުރީ މިއަދު ބޭއްވި އަހަރީ އާއްމު ޖަލްސާގަ އެވެ. އެ ޖަލްސާގައި އެ ކުންފުނީގެ ޗެއާމަން އަހުމަދު އައިމަން އާއި އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމާއި ސީއީއޯ އަހުމަދު ޒުހޫރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ސްޓެލްކޯއަށް ފައިދާވިއިރު، ހިންގުމުގެ ހަރަދުގެ ގޮތުގައި މިދިޔަ އަހަރުގެ 184 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. 2016 ވަނަ އަހަރު އެ ކުންފުނިން ހިންގުމުގެ ހަރަދުގެ ގޮތުގައި ހޭދަކޮށްފައި ވަނީ 175.8 މިލިއަން ރުފިޔާ އެވެ.

ސްޓެލްކޯއަށް މިދިޔަ އަހަރުގެ ފައިދާ އިން ޓެކްސްއަށް ކެނޑުމުގެ ކުރިން 59.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެ ކުންފުނިން ވިޔަފާރީގެ ޓެކްސްގެ ގޮތުގައި 6.8 މިލިއަން ރުފިޔާ ދައްކާ ދައްކާފައިވެ އެވެ.

އެ ކުންފުންޏަށް 2016 ވަނަ އަހަރު 72.6 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވެ އެވެ.

މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ސާފު ފައިދާ އިން ހިއްސާއަކަށް ފައިދާގެ ގޮތުގައި 352.4ރ. ޖެހިފައިވެ އެވެ.

ސްޓެލްކޯއަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ.