30 ސެޕްޓެމްބަރ 2018 - 10:22

ބާލިން (ސެޕްޓެމްބަރު 30) - ޔޫރަޕުގެ އެންމެ ބޮޑު އެއް މިސްކިތް ޖަރުމަނުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިއްޔެ ހުޅުވައިދެއްވައިފި އެވެ.

ޖަރުމަނަށް ކުރެއްވި ތިން ދުވަހުގެ ދަތުރުގައި ކޮލޯންގައި މިސްކިތް ހުޅުވައިދެއްވުމަށް ފަހު އުރުދުޣާން ވިދާޅުވީ އެއީ ސުލްހައިގެ ރަމްޒެއް ކަމަށެވެ. އަދި މިސްކިތް އިމާރާތް ކުރުމުގައި ތަފާތު އުނދަގޫތައް ކުރިމަތި ކުރި ނަމަވެސް އެ މަސައްކަތް ފުރިހަމަ ކޮށްފައިވާތީ ޖަރުމަން ސަރުކާރަށް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
އުރުދުޣާން ކޮލޯން އަށް ވަޑައިގަންނަވާތީ ފުލުހުންގެ ވަރުގަދަ އޮޕަރޭޝަނެއް ވަނީ ހިންގައިފަ އެވެ. ކޮލޯންގައި ތުރުކީގެ ބޮޑު ކޮމިއުނިޓީއެއް އޮވެ އެވެ. އުރުދުޣާން ކޮލޯން އަށް ކުރައްވާ ދަތުރާ ދިމާކޮށް މުޒާހަރާތައް ބާއްވާފައިވެ އެވެ.
ކޮލޯންގެ ސެންޓްރަލް މިސްކިތް އިމާރާތް ކޮށްފައި ވަނީ ތުރުކީއާ ގުޅުން އޮންނަ އިސްލާމިކް ޖަމާއަތަކުންނެވެ.