ރަންބީރާއި އާލިއާގެ ކައިވެނީގެ ތާރީހާ ބެހޭ ގޮތުން މަޝްވަރާކޮށްފި
ރަންބީރާއި އާލިއާގެ ކައިވެނީގެ ތާރީހާ ބެހޭ ގޮތުން މަޝްވަރާކޮށްފި

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި ރަންބީރު ކަޕޫރާއި އާލިއާ ބަޓް ކައިވެނިކުރާނީ 2020 ގަ އެވެ. ދެ ތަރިން މިހާރު އަންނަނީ އެކުގައި ފިލްމެއް ވެސް ކުޅެމުންނެވެ. އެއީ އަންނަ އަހަރު ރިލީޒް ކުރާ "ބުރައްމަސްތުރާ" އެވެ. ލޯބީގެ ގުޅުމާ އެކު މީޑިއާތަކުން ދެ ތަރިންނަށް މިހާރު ދީފައިވާ ނަމަކީ "ރާލިއާ" އެވެ.

ޔަގީންވާ ކަމަކީ އާލިއާ އާއި ރަންބީރުގެ ގުޅުން ވަރަށް ސީރިއަސް ކަމެވެ.

އަނެއްކޮޅުން އާލިއާއާ ބެހޭ ގޮތުން ދޭތެރެ ދޭތެރެއިން، ރަންބީރުގެ މައިންބަފައިން ކަމަށްވާ ރިޝީ ކަޕޫރާއި ނީޓޫ ސިންގް، އާލިއާއާ އެ މީހުން ވަރަށް ރުހޭކަން ހާމަވާ ގޮތަށް ވާހަކަ ދައްކާފައިވެ އެވެ. އަދި ނީޓޫއަކީ މި ފަހަކަށް އައިސް އާލިއާގެ އިންސްޓަގްރާމް ޕޯސްޓްތަކަށް ވަރަށް "ލޯބި" ކޮމެންޓް ކުރާ މީހެކެވެ.

އާލިއާގެ މަންމަ ސޯނީ ރާޒްދާން ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވަނީ ދަރިފުޅުގެ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ. އަދި އޭނާއަކީ ތަސައްރަފު ފުދިފައި ހުރި ޒުވާން އަންހެނެއް ކަމަށާއި ދިރިއުޅުމުގައި ނިންމަން ޖެހޭ ނިންމުންތައް ނިންމުމުގެ އިހުތިޔާރު އަބަދު ވެސް އާލިއާ އަށް އޮންނާނެ ކަމަށް ބުންޏެވެ.

ހަމަ މިރޭމުން ރިޝީ ވެސް ދާދި ފަހުން މުމްބާއީ މިރާ އަށް ވާހަކަ ދައްކާފައިވެ އެވެ.

ސޯނީ ބުނި ގޮތުގައި ރިޝީ އާއި ނީޓޫ އަދި ރަންބީރު ވެސް އާލިއާއާ ވަރަށް ގަޔާވެ އެވެ. އެހެންވެ އޭގައި މައްސަލައަކީ ކޮބައިތޯ އޭނާ ސުވާލުކޮށްފައިވެ އެވެ. އަދި ދާދި ފަހުން އާލިއާގެ ބައްޕަ މަހޭޝް ބަޓް ވެސް ވަނީ އޭނާގެ ގޭގައި ރަންބީރާ ބައްދަލުކޮށްފަ އެވެ. އާލިއާ ވެސް ބައިވެރިވި އެ ބައްދަލުވުމުގެ ފޮޓޯތައް މީޑިއާޔަކަށް ވެސް ތިލަވި އެވެ.

ރަންބީރުގެ 36 ވަނަ އުފަން ދުވަސް ބުރާސްފަތި ދުވަހުގެ ރޭ ފާހަގަ ކުރީ ވެސް ވަރަށް ހާއްސަ ގޮތަކަށެވެ. އެންމެ ހާއްސަ ކަމަކީ ރަންބީރާ އާއި އާލިއާ އާއި ދެ ތަރިންގެ މަންމައިންނާ އެކު ކެއުމަކަށް ދިއުމެވެ. އަދި އެ ކެއުމުގެ ތެރޭގައި ދެ ތަރިން ކައިވެނި ކުރާނެ ތާރީހާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށް ބައެއް ނޫސްތަކުން ބުންޏެވެ.

ކެއުމަކަށް އިންސާފު ކުރަން ގޮސް ހަތަރު މީހުން ނަގާފައިވާ ފޮޓޯއެއް ނީޓޫ ވަނީ އިންސްޓްރާމްގައި ވެސް ހިއްސާކޮށްފަ އެވެ.

އުފަން ދުވަހުގެ ތަހުނިޔާ ފޮވަމުން އާލިއާ، 25 ރަންބީރު ސިފަކޮށްފައި ވަނީ އޭނާގެ "ސަންޝައިން" ގެ ގޮތުގަ އެވެ.

ގިނަ ބަޔަކު މިހާރު އެންމެ ބޮޑަށް އިންތިޒާރު ކުރަނީ ދީޕިކާ ޕަދްކޯނާއި ކެޓްރީނާ ކެއިފްގެ ލޯބި ބޮލާލައި ޖަހައިލުމަށް ފަހު، ރަންބީރު އާލިއާއާ ކައިވެނި ކުރާނެ އިރަކަށެވެ. ޔަގީނުން ވެސް މި ކައިވެނި ވެގެން ދާނީ ފިލްމީ ދެ އާއިލާއެއްގެ ގޮށް ޖެހިގެން ދާނެ ބޮޅީވުޑްގެ ބޮޑު ކައިވެންޏަކަށެވެ.

އާލިއާ އަށް ލިބޭނެ އެންމެ ބޮޑު ޝަރަފަކަށް ވާނީ ކަޕޫރް ހާންދާނުގެ "ބަހޫ" އެއްގެ މަގާމު ލިބުމެވެ.