އެއާޕޯޓުގެ ޓާމިނަލް އަޅަން ކުވައިތު ފަންޑުން 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފި
އެއާޕޯޓުގެ ޓާމިނަލް އަޅަން ކުވައިތު ފަންޑުން 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

އިބްރާހިމް ނާސިރު އިންޓަނޭޝަން އެއާޕޯޓް (އައިއެންއައިއޭ)ގެ އާ ޓާމިނަލް އަޅަން ކުވައިތު ފަންޑުން ދޭ 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)ގެ ލޯނު އެގްރިމަންޓްގައި މިއަދު ސޮއިކޮށްފި އެވެ.

އެއާޕޯޓުގެ ޓާމިނަލް އަޅަން ކުވައިތު ފަންޑުން 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފި
އެއާޕޯޓުގެ ޓާމިނަލް އަޅަން ކުވައިތު ފަންޑުން 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

ސްޓެލްކޯ ހޯލްގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ. ކުވައިތު ފަންޑުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ޑިރެކްޓަރު ޖެނެެރަލް ހިޝާމް އަލް އަހްޔާމް އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުނައްވަރު ވިދާޅުވީ ކުވައިތު ފަންޑަކީ މިހާތަނަށް އެއާޕޯޓް ތަރައްގީކުރުމަށް ހިންގި ހުރިހާ މަޝްރޫއަކަށް އެހީވި ފަރާތެއް ކަމަށެވެ. އަދި އެ ފަންޑުން އަލަށް ދިނީ 20 އަހަރު ދުވަހުން އަނބުރާ ދައްކަން ޖެހޭ ލޯނެއް ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.

"އެއާޕޯޓް ތަރައްގީކުރަން އަޅުގަނޑުމެން މިދަނީ ލޯނު ހޯދަން އިތުރު ފަރާތްތަކާ އެކު ވާހަކަދައްކަމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ކުވައިތު ފަންޑުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ވިދާޅުވީ އަބަދުވެސް ރާއްޖެއަށް އެހީތެރިވަމުން އަންނަ ކަމަށެވެ.

"ރާއްޖެއަކީ އަބަދުވެސް އަޅުގަނޑުމެންނަށް ހާއްސަ ގައުމެއް. އެއާޕޯޓް ތަރައްގީކުރުމުގެ އިތުރުން އަޅުގަނޑުމެން މިދަނީ އެހެން ޕްރޮޖެކްޓްތަކަށް ވެސް އެހީވަމުން،" އޭނާ ވިދާޅުވި އެވެ.