27 ސެޕްޓެމްބަރ 2018 - 16:16

ނިއު ދިއްލީ (ސެޕްޓެމްބަރު 27) - އދ.ގެ ތިމާވެއްޓާ ބެހޭ އެންމެ މަތީ ޝަރަފް ކަމަށްވާ ޗެމްޕިއަންސް އޮފް ދި އާތު އެވޯޑް މި އަހަރު ލިބުނު ފަރާތްތަކުގެ ތެރޭގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ހިމެނިއްޖެ އެވެ.
މޯދީގެ އިތުރުން ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އަށް އެވޯޑް ލިބިވަޑައިގެންފައި ވަނީ ޕޮލިސީ ލީޑަޝިޕް ކެޓަގަރީންނެވެ. ބޮޑު ވަޒީރު މޯދީ ވަނީ އިންޑިއާ އިން ޕްލާސްޓިކް މަދު ކުރަން ބޮޑު ކެމްޕޭނެއް ފައްޓަވައިފަ އެވެ. ރައީސް މެކްރޮން ވަނީ ގްލޯބަލް ޕެކްޓް ފޯ ދި އެންވަޔަރްމަންޓްގައި ޚާއްސަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
ޗެމްޕިއަންސް އޮފް ދި އާތު އެވޯޑް ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓަށް ލިބިފައި ވަނީ އެންޓަޕްރިނިއާ ވިޝަން ކެޓަގަރީންނެވެ. ކޮޗިން އެއާޕޯޓުގައި ދަނީ އިޔާދަކުރަނިވި ހަކަތައިގެ ގޮތުގައި ސޯލާ އެނާޖީ ބޭނުން ކުރަމުންނެވެ.