10 އޯގަސްޓް 2016 - 06:27

އެންޑްރޮއިޑް އޯއެސް ބޭނުންކުރާ 900 މިލިއަނަށް ވުރެ ގިނަ ފޯނުގައި، އެ ފޯނުތަކުގެ ފުރިހަމަ ކޮންޓްރޯލް ހެކަރުންނަށް ލިބޭ ފަދަ ސީރިއަސް މައްސަލައެއް އެބަހުރިކަން ދިރާސާ ޓީމަކުން ފާހަގަކޮށްފި އެވެ.
"ޗެކްޕޮއިންޓް" ރިސާޗަރުންނަށް މިބަގް ފާހަގަވެފައި ވަނީ އެމެރިކާގެ ކުއެލްކޮމް އިން ފޯނުތަކަށް އުފައްދާ ޕްރޮސެސަރުގައި ހިންގާ ސޮފްޓްވެއާތަކާ ބެހޭ ގޮތުން ކުރި ދިރާސާއެއްގަ އެވެ. އެންޑްރޮއިޑްގެ 900 މިލިއަނަށް ވުރެ ގިނަ ފޯނުގައި ކުއެލްކޮމް ޕްރޮސެސަރު ބޭނުންކޮށްފައިވެ އެވެ.
ފޯނުތަކުން މި މައްސަލަ ފެނުނު ކަމުގައި ވިޔަސް ހެކަރުންނަށް މިކަން ފާހަގަވެ، މައުލޫމާތުން ވައްކަންކުރާ މީހުން އެ ބައިގަނޑުގެ ބޭނުން ނަހަމަ ގޮތެއްގައި މިހާތަނަށް ހިފާފައިވާ ކަމެއް ނޭނގެ އެވެ.
"ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ފެނިދާނެ މި ބާގަނޑުގެ ތެރެއިން ދެމިގަނެ އޭގެ ބޭނުންކުރަމުން ދާތަން،" ޗެކްޕޮއިންޓްގެ ހެޑް އޮފް މޮބިލިޓީ ޕްރޮޑަކްޓް މެނޭޖަރު މައިކަލް ޝައުލޯވް ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ ފޯނު ފަދާ އާލާތްތަކުން ބަގް ހޯދުމަށް ނުބައި ނިޔަތުގައި އަދި ރަނގަޅު ނިޔަތުގައި މަސައްކަތްކުރާ މީހުން ވެސް އަވަސްވެ ގަންނަ ކަމަށެވެ.
ނުރައްކާތެރި ބަގް ހުރި ފޯނުތަކުގެ ތެރޭގައި ބްލެކްބެރީ ޕްރިވް، ބްލެކްފޯން 1 އަދި 2، ގޫގުލް ނެކްސަސް އެކްސް، ނެކްސަސް 6، ނެކްސަސް 6ޕީ، އެޗްޓީސީ ވަން، އެޗްޓީސީ އެމް9، އެޗްޓީސީ 10، އެލްޖީ ޖީ4، އެލްޖީ ޖީ5، އެލްޖީ ވީ10، ނިއު މޮޓޯ އެކްސް، ވަން ޕްލަސް ވަން، ވަން ޕްލަސް ޓޫ، ވަން ޕްލަސް ތްރީ، ގެލެކްސީ އެސް7 އަދި އެސް7 އެޖް (އެމެރިކާ ވާޝަން) އަދި ސޮނީ އެކްސްޕީރިއާ ޒެޑް އަލްޓްރާ ހިމެނެ އެވެ.
ބަގްގެ ސަބަބުން، ހެކަރުންނަށް މަޑުމަޑުން ފޯނު ތެރެއަށް ވަދެގަނެ، ފޯނު އެއްކޮށް ކޮންޓްރޯލް ކުރެވިދާނެ އެވެ.