ވެލިގާގެ ބާޒާރުމަތީ ފިހާރަ އާ ތަނަކަށް ބަދަލުކޮށްފި
ވެލިގާގެ ބާޒާރުމަތީ ފިހާރަ އާ ތަނަކަށް ބަދަލުކޮށްފި

ވެލިގާ ހާޑްވެއާގެ ބާޒާރުމަތީ ފިހާރަ އާ ތަނަކަށް މިއަދު ބަދަލުކޮށް، އަލުން ހުޅުވައިފި އެވެ.

ވެލިގާގެ ބާޒާރުމަތީ ފިހާރަ އާ ތަނަކަށް ބަދަލުކޮށްފި
ވެލިގާގެ ބާޒާރުމަތީ ފިހާރަ އާ ތަނަކަށް ބަދަލުކޮށްފި

ފުޅާ ދާއިރާއެއްގައި ހާޑްވެއާގެ ވިޔަފާރިކުރާ ކުންފުނިން ބޮޑުތަކުރުފާނު މަގު، ކަސްޓަމްސް ކައިރި ހުޅުވި ފިހާރައަކީ "ވެލިގާ ހާޑްވެއާ 3" އެވެ. އެ ފިހާރަ މީގެ ކުރިން ހިންގަމުން އައީ އަތޮޅު ފިހާރަތައް ހުންނަ ތަނުގަ އެވެ. އެތަނުގައި ވެލިގާ އިން ފިހާރައެއް ހުޅުވީ މެއި 2012 ގަ އެވެ.

ވެލިގާގެ ބާޒާރުމަތީ ފިހާރަ އާ ތަނަކަށް ބަދަލުކޮށްފި
ވެލިގާގެ ބާޒާރުމަތީ ފިހާރަ އާ ތަނަކަށް ބަދަލުކޮށްފި

ހަ އަހަރަށް ފަހު އާ ތަނެއްގައި އެ ފިހާރަ ހުޅުވިއިރު އެއީ ކުރީގެ ފިހާރާއާ އަޅާބަލާއިރު ދެގުނަ ޖާގަ ބޮޑު ތަނެކެވެ.

ވެލިގާގެ ބާޒާރުމަތީ ފިހާރަ އާ ތަނަކަށް ބަދަލުކޮށްފި
ވެލިގާގެ ބާޒާރުމަތީ ފިހާރަ އާ ތަނަކަށް ބަދަލުކޮށްފި

އެ ކުންފުނިން ބުނީ ވެލިގާ ހާޑްވެއާގެ އެހެން ހުރިހާ ފިހާރަތަކުން ލިބޭ ހުރިހާ މުދަލެއް އަލަށް ހުޅުވި ފިހާރައިން ވެސް ލިބޭނެ ކަމަށެވެ.

"ވެލީގާ ހާޑްވެއާ ބާޒާރު އަލުން ހުޅުވިއިރު ކަސްޓަމަރުންނަށް އިތުރަށް ލިބޭނެ ފަސޭހަތަކަށް ބަލާއިރު، ހާއްސަކޮށް ދަތުރުވެރިންނަށް ރަށުތެރެ އަށް ނުގޮސް ބާޒާރުމަތިން ބޭނުންވާ މުދާ ގަންނަން ލިބުން ހިމެނެ އެވެ. އަދި ހަމައެއާ އެކު ކަސްޓަމަރުންނަށް މުދާ ފޯރުކޮށްދިނުމުގައި ވެސް އަވަސްވެ، ކަސްޓަމަރުންނަށް ލިބޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ވެގެންދާނެ އެވެ." ވެލިގާއިން ނެރުނު ބަޔާނެއްގައިވެ އެވެ.

އާ ފިހާރަ ހުޅުވުމާ ބެހޭ ގޮތުން ވެލިގާ ހާޑްވެއާގެ ޑިރެކްޓަރު އައްބާސް މުހައްމަދު ވިދާޅުވީ، އާ ފިހާރަ އަކީ ކުރީގެ ފިހާރައާ އަޅާބަލާއިރު ޖާގަ ވަރަށް ބޮޑު ތަނެއް ކަމަށެވެ.

"ކުރިން ޖާގައިގެ ގޮތުން ކުޑަވީމާ ވަރަށް މަދު އެއްޗެއް މިގެން ގުޅެވެނީ. މިހާރު އެކަމަށް ވެސް ހައްލެއް ލިބިގެން މި ދިޔައީ. މިހާރު ވެލިގާގެ އެހެން ފިހާރަތަކުން ލިބޭ ހުރިހާ އެއްޗެއް މިތަނުން ވެސް ކަސްޓަމަރުންނަށް ލިބެން ހުންނާނެ. އަދި މި ސަރަހައްދަކީ ކާޕެންޓްރީތަކާއި ވޯކްޝޮޕްތައް ވެސް ގިނަ ސަރަހައްދެއް. އެހެންވީމާ މި ފިހާރާއިން އެ ފަރާތްތަކަށް ވެސް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ. އަތޮޅުތަކުން އަންނަ ދަތުރުވެރިންނަށް ވެސް މާލެ ތެރެއަށް ނުގޮސް ހުރިހާ އެއްޗެއް ގަނެ ހަމަކޮށް، މިހާރު މިތަނުން ނިންމާލެވޭނެ،" އޭނާ ވިދާޅުވި އެވެ.

ވެލިގާ ހާޑްވެއާ އަށް މި އަހަރު 10 އަހަރު ފުރުނުއިރު މިހާތަނަށް ވެލިގާ ހާޑްވެއާގެ ފަސް ފިހާރައެއް ހުޅުވާފައިވެ އެވެ. އަދި މީގެ އިތުރުން ފާހާނާ އާއި ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންވާ ތަކެއްޗަށް ހާއްސަ ފިހާރައެއް "ބްލަންކް"ގެ ނަމުގައި ހުޅުވާފައިވެ އެވެ.

ވެލިގާ ހާޑްވެއާ އަކީ 2008 ވަނަ އަހަރު ހާޑްވެއާގެ ވިޔަފާރީގެ ތެރެއަށް ވަން ކުންފުންޏެކެވެ.