26 ސެޕްޓެމްބަރ 2018 - 17:53

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާ، އެމްއެންޑީއެފްގެ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ބައްދަލު ކުރައްވައިފި އެވެ.
ޝަމާލް އިބޫއާ ބައްދަލު ކުރެއްވި އިރު، މި ސަރުކާރުން ޝަމާލު ވަކި ކުރެއްވީ ސިފައިންގެ ވެރިންނާ ދެކޮޅަށް ލިޔުމެއް ތައްޔާރުކުރި ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލައާ ގުޅިގެން ސިފައިންގެ އިތުރު އޮފިސަރުންތަކެއް ވެސް ވަކިކުރި އެވެ.
ޝަމާލް އިބޫއާއެކު ބޭއްވި ބައްދަލުވުމުގެ ތަފުސީލެއް ހާމައެއް ނުކުރެ އެވެ.
ޝަމާލް އިބޫއާ ބައްދަލުކުރި އިރު، އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވެސް އިއްޔެ ވަނީ އިބޫއާ ބައްދަލުކުރައްވައިފަ އެވެ.