26 ސެޕްޓެމްބަރ 2018 - 14:08

ވޮޝިންޓަން (ސެޕްޓެމްބަރު 26) - އެމެރިކާ އާއި އެމެރިކާގެ ބައިވެރިންނަށް ގެއްލުން ދޭން އުޅޭ ނަމަ އީރާނުން އެ އުޅެނީ އަލިފާނާ ކުޅެން ކަމަށް ވިދާޅުވެ އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޯލްޓަން އިންޒާރު ދެއްވައިފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން ދަަނީ ނަފްރަތާއި ގެއްލުމާއި ހަލާކާއި މަރުގެ އޮށް އިންދަމުންދާ ކަމަށް އދ.ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ. ޓްރަމްޕަށް ރައްދު ދެއްވައި އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ އެމެރިކާ އިން އުޅެނީ އީރާނުގެ ސަރުކާރު ވައްޓާލަން ކަމަށް ވިދާޅުވެފަ އެވެ.
ބޯލްޓަން ވިދާޅުވީ އީރާނުގެ އަނިޔާވެރި "މުއްލާ" ސަރުކާރުން ދޮގު ހަދާ މަކަރު ހަދާ ނަމަ އޭގެ ހިތި ނަތީޖާ ފެންނާނެ ކަމަށެވެ. އދ. އަށް ކަނޑައަޅާފައި ހުރި އެމެރިކާގެ ކުރީގެ ސަފީރު ބޯލްޓަން ވިދާޅުވެފައި ވަނީ އެމެރިކާގެ މެސެޖް ވަރަށް ސާފު ކަމަށެވެ.
"އެމެރިކާ އާއި އެމެރިކާގެ ބައިވެރިންގެ ހުރަސްކޮށް އެ މީހުންނަށް ގެއްލުން ދޭ ނަމަ އެއީ އަލިފާނާ ކުޅުން. އެކަމުގެ އަދަބުގެ ވޭން ބޮޑުވާނެ. އަޅުގަނޑުމެން މިތިބީ ބަލަން. އީރާނުގެ ފަހަތުން ދާނަން،" ނިއު ޔޯކުގައި ބޭއްވި އީރާނާ ދެކޮޅު ބައްދަލުވުމެއްގައި ބޯލްޓަން ވިދާޅުވި އެވެ.
އެމެރިކާ އިން އީރާނާ ދެކޮޅަށް ނަފްސާނީ ހަނގުރާމައެއް ފަށާފައިވާ ކަމަށް ތެހެރާނުން ތުހުމަތު ކުރެ އެވެ.