ބެލްކަނީގައި އެލިގެން އޮއްވާ ސަލާމަތްކުރި ކުއްޖާގެ ބައްޕަ އަށް ހުކުމް އިއްވައިފި
ބެލްކަނީގައި އެލިގެން އޮއްވާ ސަލާމަތްކުރި ކުއްޖާގެ ބައްޕަ އަށް ހުކުމް އިއްވައިފި

ޕެރިސް (ސެޕްޓެމްބަރު 26) - ފްރާންސްގެ ވެރިރަށް ޕެރިހުގެ އިމާރާތެއްގެ ބެލްކަނީގައި އެލިގެން އޮއްވާ ސަލާމަތް ކުރި ހަތަރު އަހަރުގެ ކުޑަ ކުއްޖާ އަށް ހުކުމް ތަންފީޒް ކުރުން ފަސްކޮށްފައިވާ ތިން މަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

ކުޑަ ކުއްޖާގެ ބައްޕަ ކުށްވެރިވެފައި ވަނީ ދަރިން ބެލުމުގެ މަސްއޫލިއްޔަތަށް އިހުމާލްވެފައިވާތީ އެވެ. އަދި ދަރިން ބަލާނެ ރަނގަޅު ގޮތުގެ ކޯހެއް ފުރިހަމަ ކުރަން ވެސް ވަނީ އަންގައިފަ އެވެ.

ކުޑަ ކުއްޖާ ސަލާމަތްކޮށްފައި ވަނީ އެ މަންޒަރު ފެނުނު މާލީގެ ރެފިއުޖީއެއް ކަމަށްވާ މަމޫދޯ ގައްސާމާ އެވެ. އެއް ބެލްކަނީން އަނެއް ބެލްކަނީން އިމާރާތުގެ ހަތަރު ވަނަ ބުރިއަށް އަރާ އެ ކުއްޖާ ސަލާމަތް ކުރުމުން ގައްސާމާ އަށް ވަނީ އެތައް ބައެއްގެ ތައުރީފް ލިބިފަ އެވެ. ފްރާންސްގެ ރައީސް ވެސް ވަނީ އޭނާއާ ބައްދަލު ކުރައްވައިފަ އެވެ. އަދި މިހާރު ވަނީ އޭނާ އަށް ފްރާންސްގެ ރަށްވެހިކަން ދީފަ އެވެ.

ކުޑަ ކުއްޖާގެ ބައްޕަ ވަނީ އެ ކުއްޖާ އެކަނި ގޭ ތެރެއަށް ދޫކޮށްލުމަށް ފަހު ބާޒާރަށް ގޮސްފަ އެވެ. އަދި އެނބުރި އައުން ލަސްވީ ޕޯކެމޮން ގޯ ގޭމް ކުޅެން އުޅުމުން ކަމަށް ޕްރޮސެކިއުޓަރުން ބުނެފައިވެ އެވެ. ކުއްޖާގެ މަންމަ ދިރިއުޅެނީ ރިޔޫނިއަންގަ އެވެ.