މެސީ އާއި ރޮނާލްޑޯ އަށް ފާޑުކިއުން އަމާޒުވެއްޖެ
މެސީ އާއި ރޮނާލްޑޯ އަށް ފާޑުކިއުން އަމާޒުވެއްޖެ

މެޑްރިޑް (ސެޕްޓެމްބަރު 26) – ފީފާގެ އެވޯޑް ހަފުލާ އަށް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ ހާޒިރުނުވުމަކީ ފުޓްބޯޅައަށް އިހުތިރާމްކުޑަކުރުން ކަމަށް ފީފާގެ އޮފިޝަލަކު ބުނެފި އެވެ.

މިދިޔަ 10 އަހަރު ފީފާގެ އެވޯޑްތައް ހާސިލްކުރަމުން ދިޔައީ ރޮނާލްޑޯ އާއި މެސީ އެވެ. މި ފަހަރު ރޮނާލްޑޯ ހާޒިރުނުވިއިރު އޭނާ އަށް ލިބުނީ ދެ ވަނަ އަށެވެ. މެސީ ވާދަނުކުރި ނަމަވެސް އޭނާ ވަނީ ހާޒިރުވާނެ ކަމަށް ކުރިން ބުނެފަ އެވެ. މިވަގުތު ދުނިޔޭގެ ފުޓްބޯޅައިގައި ތިބި އެންމެ މޮޅު ދެ ކުޅުންތެރިން ހަފުލާ އަށް ނުދިއުމަކީ އެހެން ކުޅުންތެރިންނަށް އިހުތިރާމްކުޑަކުރުން ކަމަށް އެއް ބަޔަކު ދެކެ އެވެ.

"މި އަމަލުން އެ ކުޅުންތެރިން ފުޓްބޯޅައިގެ އިހުތިރާމް އެ ކުޑަކޮށްލަނީ. ފަހަރުގައި އެ ކުޅުންތެރިންނަށް ނޭގެނީ މިކުރެވެނީ ކީއްކަމެއް،" ފީފާގެ އޮފިޝަލް ބުންޏެވެ.

ރެއާލް މެޑްރިޑާއި އޭސީ މިލާނުގެ ކުރީގެ ކޯޗު ފަބިއޯ ކަޕެއްލޯ ބުނީ ކާމިޔާބުވިޔަސް އަދި ނުވިޔަސް އެތަނަށް ހާޒިރުވާން ޖެހޭނެ ކަމަށާއި ނުވުމަކީ އިހުތިރާމްކުޑަކުރުން ކަމަށެވެ.

ރޮނާލްޑޯ އެރޭ ހާޒިނުވީ އިޓާލިއަން ލީގުގެ މެޗު ހަފުތާ ބަންދުގައި އޮތުމުންންނެވެ. އެކަމަކު އޭގެ ކުރިން އޮތް ޔުއެފާ އެވޯޑަށް ވެސް އޭނާ ނުދެ އެވެ. އަދި ރޮނާލްޑޯ އަށް އެވޯޑް ނުލިބުމުން އޭޖެންޓް ޖޯޖް މެންޑެޒް ވަނީ ފާޑުކިއައިފަ އެވެ. މެސީ ހާޒިރުނުވީ އާއިލީ ސަބަބަކާ ހުރެ ކަމަށް ވާހަކަދެކެވެ އެވެ.