ކިޔަންވީ ކޮން ނަމެއް: ރައީސް އިބޫތަ؟ ރައީސް ސޯލިހްތަ؟
ކިޔަންވީ ކޮން ނަމެއް: ރައީސް އިބޫތަ؟ ރައީސް ސޯލިހްތަ؟

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ތަފާތު، އަދި ޝައުގުވެރި އެތައް ކަމެއް ހިނގައިފި އެވެ؛ އާ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށި ފަހުން، މިވީ 10 އަހަރުގެ ތެރޭގައި، އިންތިޚާބުގެ ފުރަތަމަ ބުރުން ރައީސަކު އިންތިޚާބު ވުމެވެ. އެ ރައީސާއި ނައިބު ރައީސަކީ މާލެ ނޫން އެހެން ދެ ރަށަކަށް ނިސްބަތްވާ ދެ ބޭފުޅުންނަށް ވުމެވެ. އެއާ އެކު، ސިޔާސީ ޕާޓީތަކުގެ ނިޒާމް އުފެދުނު ފަހުން، އެއް ކެންޑިޑޭޓަކަށް، އެންމެ ގިނަ ވޯޓު ކާމިޔާބު ކުރެއްވުމުގެ ފަޚުރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހޯއްދެވުމެވެ.

ކިޔަންވީ ކޮން ނަމެއް: ރައީސް އިބޫތަ؟ ރައީސް ސޯލިހްތަ؟
ކިޔަންވީ ކޮން ނަމެއް: ރައީސް އިބޫތަ؟ ރައީސް ސޯލިހްތަ؟

ތާރީޚީ މި ބަދަލުގެ ތެރޭގައި، ޝައުގުވެރި އެހެން ކަމެއް ވެސް އެބަ އޮތެވެ. ރާއްޖޭގެ ހަތް ވަނަ ރައީސަށް މުޚާތަބު ކުރަންވީ ނަންފުޅަކާ މެދުގަ އެވެ.

ކިޔަންވީ ކޮން ނަމެއް: ރައީސް އިބޫތަ؟ ރައީސް ސޯލިހްތަ؟
ކިޔަންވީ ކޮން ނަމެއް: ރައީސް އިބޫތަ؟ ރައީސް ސޯލިހްތަ؟

ރައީސް އިބޫ ހެއްޔެވެ؟ ރައީސް އިބްރާހީމް ހެއްޔެވެ؟ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުވަތަ ރައީސް ސޯލިހު ހެއްޔެވެ؟

މީގެ ތެރެއިން، އެންމެ ގިނަ ބަޔަކަށް ކަމުދަނީ ކޮން ނަމެއްތޯ ބަލަން ޓުވިޓާގައި ޕޯލްތައް ވެސް ހުޅުވާލައިފި އެވެ. އެ ޕޯލްތަކުގައި، އެކި މީހުންގެ ޚިޔާލު ތަފާތެވެ. ގިނަ ބަޔަކަށް ރައީސް އިބޫ ކަމުދިޔަސް ރައީސް ސޯލިހް ކިޔަން ހުށަހަޅާ މީހުން ވެސް މަދެއް ނޫނެވެ. އެއް ބަޔަކު ދެކޭ ގޮތުގައި ރައީސް އިބްރާހިމް ވެސް ގުޅެ އެވެ.

ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ވަނަމުން މުޚާތަބު ކުރި ރައީސަކު ނެތެވެ. ރައީސުންގެ ތެރޭގައި އާއްމުކޮށް، ވަނަމުން މުޚާތަބުކޮށް އުޅުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ. އެމަނިކުފާނު ސިޔާސީ މަސައްކަތް ފެއްޓެވީއްސުރެން ފެށިގެން ވެސް އާއްމުން ދަންނަ ނަމަކީ އަންނި އެވެ. އެކަމަކު ވެރިކަމަށް ވަޑައިގަތުމުން މުޚާތަބު ކުރީ، ރައީސް ނަޝީދުގެ ނަންފުޅުންނެވެ.

މީގެ 25 އަހަރު ކުރިން، ޅ. އަތޮޅު މެމްބަރުގެ ގޮތުގައި އިބޫ ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގެންނެވި އިރު ވެސް އެންމެން އެމަނިކުފާނު ދަންނަނީ އިބޫގެ ގޮތުގަ އެވެ. އިބޫގެ ގާތް ބޭފުޅުން ވިދާޅުވާ ގޮތުގައި، އެއީ، ސްކޫލް ދައުރުގައި ގާތް އެކުވެރިން ކިޔަން ފެށި ނަމެކެވެ. އޭގެ ފަހުން އާއިލާ ތެރޭގައި ވެސް އެ ނަންފުޅު މަޝްހޫރު ވީ އެވެ.

އެކަމަކު "އާއިލާގެ އެންމެން އިބޫއޭ ކިޔަސް މަންމަ ކިޔަނީ، އިބްރާހީމް. މަންމަ އަށް ޚާއްސައީ އެ ނަން،" އިބޫގެ އާއިލާގެ ބޭފުޅަކު ވިދާޅުވި އެވެ.

މުހިއްމީ، ރައީސަށް މުޚާތަބު ކުރަންވީ ނަމެއް ނޫނެވެ؛ އެކަމަކު، މުޚާތަބު ކުރަންވީ ނަންފުޅާ މެދު އުފެދުނު ޝައުގުވެރިކަމުންނާއި ހުވާކުރެއްވުމަށް ފަހު ރީނދޫ ޓައީގެ ބަދަލުގައި އިބޫ، ތުރުކުރަންވީ ޓައީގެ ކުލައާ މެދު އުފެދުނު ބަހުސުން ވެސް އެނގެނީ އެމަނިކުފާނާ ދޭތެރޭގައި ރައްޔިތުންގެ އުއްމީދުތައް ހުރި މިންވަރެވެ. އެންމެ ގާތް ރައީސްގެ ގޮތުގައި ދެމިހުންނެވުމަށް ރައްޔިތުން ބޭނުންވެފައި ތިބި މިންވަރެވެ. އިބޫގެ ވައުދަކީ، "ތަފާތު ކުރުމެއް ނެތި، އެންމެންގެ ރައީސަކަށް ވެވަޑައިގަންނަވާނެ" ކަމެވެ. އެ ޔަގީންކަމާ އެކު ރައީސް އިބޫގެ ނަންފުޅުން މުޚާތަބު ކުރުން މައްސަލައެއް ނޫނެވެ.

ނޫން ނަމަ، ރައްޔިތުންނާ އޮތް ގާތް ކަމުގައި، މުޚާތަބު ކުރަންވީ ނަންފުޅެއް އިބޫ އަމިއްލަފުޅަށް ވިދާޅުވެ ދެއްވާށެވެ. އޭރުން، ގިނަ ބަޔަކަށް ލިބޭ ހިތްހަމަޖެހުން މާ ބޮޑުވާނެ އެވެ.