މި ސެކިއުރިޓީ ކެމެރާއިން ބޭކާރު މަންޒަރުތައް ރެކޯޑެއް ނުވާނެ
މި ސެކިއުރިޓީ ކެމެރާއިން ބޭކާރު މަންޒަރުތައް ރެކޯޑެއް ނުވާނެ

ވައްކަމާއި ފޭރުމުގެ އަމަލުތަކުން ރައްކާތެރިވުމަށް ތަފާތު ވަސީލަތްތައް ބޭނުންކުރެއެވެ. އެކަމަކު ގިނަ ސެކިޔުރިޓީ ކެމެރާތަކަކީ އިންސްޓޯލްކުރުމުގައި މާ ފަސޭހަ އެއްޗެއް ނޫނެވެ.

މި ސެކިއުރިޓީ ކެމެރާއިން ބޭކާރު މަންޒަރުތައް ރެކޯޑެއް ނުވާނެ
މި ސެކިއުރިޓީ ކެމެރާއިން ބޭކާރު މަންޒަރުތައް ރެކޯޑެއް ނުވާނެ

އެކަމަކު އައިކްލައުޑް ކެމެރާއަކީ ފަސޭހަ އެއްޗެކެވެ.

މި ސެކިއުރިޓީ ކެމެރާއިން ބޭކާރު މަންޒަރުތައް ރެކޯޑެއް ނުވާނެ
މި ސެކިއުރިޓީ ކެމެރާއިން ބޭކާރު މަންޒަރުތައް ރެކޯޑެއް ނުވާނެ

އެމެރިކާގެ ކެލިފޯނިޔާގެ ކުންފުންޏަކުން މިފަހަރު އުފެއްދި މި ސިސްޓަމްގެ އެންމެ ޚާއްސަ ސިފައަކީ ބުޅަލެއް ނުވަތަ މީދަލެއް ކެމެރާ ކުރިމައްޗަށް އެރިޔަސް އެ ސިސްޓަމުން އެކަން ދެނެގަނެ، ނުރައްކަލެއްކަމަށް ހިތާ ބޭކާރު ވަގުތު ރިކޯޑުކުރަން ހޭދަނުކުރާނެކަމެވެ. މީގެ ކުރިން މިފަދަ ސިސްޓަމްތަކުގައި ޖެހޭ އެންމެ ބޮޑު އެއް މައްސަލައަކީ މިއެވެ. ޖަނަވާރެއް ކެމެރާ ކުރިމައްޗަށް އެރިޔަސް، އިންޒާރުގެ މެސެޖު ފޮނުވުމާއި، ގޭގެ ވެރިމީހާ ބޭކާރު ގޮތުގައި ކަންބޮޑުވުމާއި ނުރައްކަލުގެ މަންޒަރު ރެކޯޑުކުރުމުން ސިސްޓަމުން ބޭކާރު ވަގުތުތައް ހޭދަކުރާތީއެވެ.

މި ކެމެރާ އާންމުކޮށް ހުންނާނީ ސްޓޭންޑްބައި މޯޑްގައެވެ. ރޭގަނޑަށް އަނދިރީގައި ފެންނަ މޯޑް މަސައްކަތްކުރާނެއެވެ. މި ހާލަތުގައި ވެސް ހަ މަސްދުވަހު ބެޓެރީގެ ބާރު ހިފަހައްޓައިދެއެވެ. މީގައި ހުންނަނީ ޗާޖުކުރެވޭ ކަހަލަ ބެޓެރީއެކެވެ. މިއީ 6000 އެމްއޭއެޗްގެ ބާރު ހުންނަ ބެޓެރީއެކެވެ.

ނުދަންނަ މީހަކު އައިކްލައުޑްގެ ލެންސްގެ ކުރިމައްޗަށް އަރައިފި ނަމަ 10 ސިކުންތާއި 30 ސިކުންތާ ދެމެދުގެ ދިގުމިނުގައި ވީޑިއޯ ރިކޯޑްކޮށް، ގޭ ވެރިފަރާތުގެ ފޯނަށް ފޮނުވާލައެވެ. ޖަނަވާރެއް އޭގެ ކުރިމައްޗަށް އެރިޔަސް މިގޮތަށް އިންޒާރުގެ މެސެޖެއް ނުފޮނުވާނެއެވެ. މި ވީޑިޔޯއަކީ 1080ޕީގެ ރިޒޮލިޔުޝަންގައި ނަގާ ވީޑިއޯއެކެވެ. މީގެ ކެމެރާއަށް 110 ޑިގްރީގެ ސަރަހައްދެއް ބަލައިލެވެއެވެ. އަދި ދެފަރާތުން މުއާމަލާތުކުރެވޭނެއެވެ. އައިކްލައުޑް ކެމެރާގެ ދިގުމިނުގައި ހުންނަނޯ 17 ސެންޓިމީޓަރެވެ. ވަށަމިނުގައި 5 ސެންޓިމީޓަރު ހަމައެއް ނުވެއެވެ. ބަރުދަނުގައި އެންމެ 300 ގްރާމެވެ. މި ކެމެރާގެ އިންޓާނަލް މެމޮރީގައި 8 ޖީބީގެ ވީޑިއޯ ރައްކާކުރެވެއެވެ.

އައިކްލައުޑް ކެމެރާ ސިސްޓަމް މަސައްކަތްކުރަނީ އައިއޯއެސްއާއި އެންޑްރޮއިޑަށް ވެސް ފައްކާކޮށްފައިވާ އެޕެއްގެ އެހީގައެވެ. އެޕް މެދުވެރިކޮށް ކެމެރާއިން މަންޒަރު ބަލައިލެވެއެވެ. ބޭނުން ނަމަ ކައިރިކޮށް، ދުރުކޮށްވެސް ހެދެއެވެ. އަދި ނޮޓިފިކޭޝަންވެސް ލިބެއެވެ.

މި ކެމެރާ އިންސްޓޯލްކުރުމަކީ ވެސް ވަރަށް އާދައިގެ ކަމެކެވެ. ބޭނުން ތާކު މީގެ ބުޑުގަނޑުގެ ގޮތުގައި ބޭނުންކުރާ ފޮތި ތަތްކޮށްލުމުން އެ ނިމުނީއެވެ. ދެން އޭގެ މަތީގައި ކެމެރާ އަޅުވާނީއެވެ. މި ކެމެރާ ފަރުމާކޮށްފައިވަނީ އާންމުކޮށް ގެއަށް ވަދެ އުޅޭ ގާތްތިމާގެ މީހުންގެ ފޮޓޯ ރައްކާކުރެވޭ ގޮތަށެވެ. އޭރުން އިންޒާރުގެ މެސެޖު ފޮނުވާނީ ހަގީގަތުގައި ވެސް ނުދަންނަ މީހުން ގެއަށް އައުމުންނެވެ.