މައުމޫންގެ މައްސަލައިގައި އަޑުއެހުމެއް ބޭއްވުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި
މައުމޫންގެ މައްސަލައިގައި އަޑުއެހުމެއް ބޭއްވުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަފާލާތުގެ ދަށުން މިނވަންކޮށްދިނުމަށް އެދި ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް އަދިވެސް ނުބާއްވާތީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

މައުމޫންގެ މައްސަލައިގައި އަޑުއެހުމެއް ބޭއްވުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި
މައުމޫންގެ މައްސަލައިގައި އަޑުއެހުމެއް ބޭއްވުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި

"އެ މައްސަލައިގައި މިހާތަނަށް ވެސް އަޑުއެހުމެއް ބާއްވާފައި ނުވާތީ ސުޕްރީމް ކޯޓުގައި އަޅުގަނޑުމެން އެދިފައިވަނީ އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ހައި ކޯޓުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި،" ރައީސް މައުމޫންގެ ވަކީލު މައުމޫން ހަމީދު ވިދާޅުވި އެވެ.

މީގެ އިތުރުން ވަކީލު މައުމޫން ވިދާޅުވީ އިއްޔެ ބައެއް ސިޔާސީ ލީޑަރުން ކްރިމިނަލް ކޯޓުން ދޫކޮށްލި އިރު އެބޭފުޅުންނާ ރައީސް މައުމޫނާ ދެމެދު ތަފާތުކުރުމެއް ގެންގުޅެފައިވާ ކަމަށެވެ.

"އެ ބޭފުޅުން ދޫކޮށްލީ އަޑުއެހުމެއް ބޭއްވުމެއް ނެތި. ވައްދާފައި ރަޖިސްޓްރާ ދޫކޮށްލި ކަމުގެ ލިޔުން ދެއްވީ. އެހެންވީމަ އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. އަދި ހަމަ އެ އުސޫލުން ރައީސް މައުމޫނާ މެދު ވެސް އަމަލުކުރުމަށް އަޅުގަނޑުމެން ވާނީ އެދިފައި،" އޭނާ ވިދާޅުވި އެވެ.

ރައީސް މައުމޫން ދޫކޮށްލުމުގެ މައްސަލައިގައި އިއްޔެ ކްރިމިނަލްް ކޯޓަށް ހާޒިރު ކުރުމަށްފަހު އަލުން ޖަލަށް ގެންދިޔައީ މައްސަލައާ މެދު ގޮތެއް ނުނިންމަ އެވެ.

އެ މައްސަލައިގައި އަޑުއެހުމެއް ބޭއްވުމަށްޓަކައި ޝަރީއަތުގެ މަޖިލިސް ތައްޔާރު ކުރުމަށްފަހު އަޑުއަހާ މީހުން ވެސް ކޯޓަށް ވެއްދި އެވެ. ނަމަވެސް ފަހުން ކޯޓުން ނިންމީ އެ މައްސަލައިގައި އަޑުއެހުމެއް ނުބޭއްވުމަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމާއި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާނު އަދި ކުރީގެ ޕޮލިސް ކޮމިޝަނާ އަހުމަދު އަރީފް ދޫކޮށްލައިފަ އެވެ. އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މެންބަރު އަހުމަދު މަހްލޫފް ވެސް ވަނީ މިއަދު ކޯޓުން ދޫކޮށްލައިފަ އެވެ.

އިއްޔެ ކޯޓަށް ހާޒިރު ކުރުމަށް ފަހު، ބަންދުން ދޫކުރުމާމެދު ގޮތެއް ނުނިންމާ އަނބުރާ ޖަލަށް ގެންގޮސްފައި ވަނީ މައުމޫންގެ އިތުރުން، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދެވެ.