ޕީޕީއެމްގެ ކުރިމަގު ކަނޑައެޅުމުގެ ކޮންގްރެސް ހުކުރު ދުވަހު ފަށަނީ
ޕީޕީއެމްގެ ކުރިމަގު ކަނޑައެޅުމުގެ ކޮންގްރެސް ހުކުރު ދުވަހު ފަށަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައި އުފެއްދި ޕީޕީއެމްގެ ތެރޭގައި ހިޔާލު ތަފާތުވުން ބޮޑުވެ، އެންމެ ފަހުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ޕާޓީގެ ހިންގުން ހަވާލުކުރީ ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީންއާ. އޭގެ ފަހުން އުފެދުނު މައްސަލަގަނޑުގެ ތެރެއިން، ޕީޕީއެމްގެ ރައީސްކަމުންނާއި މެމްބަރުކަމުން ވެސް މައުމޫން ވަނީ ވަކިކޮށްފައި. ކޯޓުގެ ނިންމުމާ އެކު، ޕީޕީއެމް މިހާރު ހިންގަވަނީ ޕާޓީގެ މުސްތަޝާރުގެ ހައިސިއްޔަތުން ރައީސް ޔާމީން.

ޕީޕީއެމްގެ ކުރިމަގު ކަނޑައެޅުމުގެ ކޮންގްރެސް ހުކުރު ދުވަހު ފަށަނީ
ޕީޕީއެމްގެ ކުރިމަގު ކަނޑައެޅުމުގެ ކޮންގްރެސް ހުކުރު ދުވަހު ފަށަނީ

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީ އަށް ފަހު، އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ޕާޓީގެ އިސްވެރިން ވިދާޅުވެފައި ވަނީ، ޕީޕީއެމްގެ މިސްރާބު ކަނޑައަޅަން، ވަރަށް އަވަހަށް ކޮންގްރެސްއެއް ބާއްވަން ކައުންސިލުން ނިންމާފައިވާ ކަމަށް. އަދި، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ނޮވެމްބަރު 17 ގައި ހުވާކުރެއްވުމާ އެކު، ޕީޕީއެމަކީ އިދިކޮޅު ޕާޓީގެ ގޮތުގައި ހަރަކާތްތެރިވާން ފަށާނެ ކަމަށް އެ ޕާޓީގެ އިސްވެރިން އިއްޔެ ވިދާޅުވި.

ޕީޕީއެމްގެ ކުރިމަގު ކަނޑައެޅުމުގެ ކޮންގްރެސް ހުކުރު ދުވަހު ފަށަނީ
ޕީޕީއެމްގެ ކުރިމަގު ކަނޑައެޅުމުގެ ކޮންގްރެސް ހުކުރު ދުވަހު ފަށަނީ

ޕީޕީއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ނުވަތަ ޚާއްސަ ގޮތުން ބާއްވާ ގައުމީ ޖަލްސާ އަންނަ ހުކުރާއި ހޮނިހިރު ދުވަހު ބާއްވަން އެ ޕާޓީގެ ކައުންސިލުން އިއްޔެ ނިންމާފައިވާތީ، އެކަން ދެންމެ އާންމުކޮށް އިއުލާން ކޮށްފި. މި ޖަލްސާ ބާއްވާނީ މާލޭގައި ކަމަށް ޕީޕީއެމުން ނެރުނު އިއުލާނުގައި ވޭ.

އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންނާ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ބައްދަލުކުރައްވަނީ. ޖުމްހޫރީ ޕާޓީގެ މައި އޮފީސް މ. ކުނޫޒްގައި ކުރިއަށް ގެންދާ މި ބައްދަލުވުމަކީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު، އިބޫ އެ މެމްބަރުންނާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރު.

ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައެއް ނިމެންދެން، ގާނޫނީ ވަކީލް ހުސްނުއްސުއޫދު ވަކީލު ކަމުން މިއަދުން ފެށިގެން ސަސްޕެންޑު ކޮށްފި. ޖުޑީޝަލް ޑިޕާޓްމަންޓުން ނެރުނު އިއުލާނެއްގައި ބުނީ، ސުއޫދު ސަސްޕެންޑު ކުރީ އިއްޔެ ކުރެއްވި ޓުވީޓަކާއި އޭނާއާ ހަވާލާދީ ވީނިއުސްގައި ލިޔުނު ލިޔުމަކާ ގުޅިގެން، އެ މައްސަލަ ބަލަމުން އަންނާތީ ކަމަށް.

ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ގޭ ބަންދުކޮށްފައި ހުރި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް، ކްރިމިނަލް ކޯޓުން މިއަދު މިނިވަންކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލިހުގައި އެއްވެސް ޝަރުތަކާ ނުލައި މަހްލޫފް ދޫކޮށްލަން އަމުރު ކުރީ އޭނާގެ ބަންދުގެ މުއްދަތު ރިވިއުކޮށް ދިނުމަށް އެދި މަހްލޫފްގެ ވަކީލުން އިއްޔެ ސިޓީއެއް ހުށަހަޅާފައިވަނިކޮށެވެ. މަހްލޫފް ގޭބަންދުގައި ބަހައްޓަން އަމުރު ކުރީ އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމުގެ ތުހުމަތުގައި މިދިޔަ އޭޕްރީލް މަހުގެ 4 ގަ އެވެ.

ޝަރީއަތުގެ އަޑުއެހުމުގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ ވަކީލު ވިދާޅުވީ މަހްލޫފް ބަންދުގައި ހުންނެވި މުއްދަތުގެ ތެރޭގައި ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމެއް ހިނގާފައި ނުވާ ކަމަށެވެ. އެހެންވެ، މަހްލޫފް ދޫކޮށްލުމަށް އިއުތިރާޒެއް ނުކުރާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

އެހެންވެ، މި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ މަހްލޫފް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތުމުން، އެއްވެސް ޝަރުތަކާ ނުލައި އޭނާ ދޫކޮށްލުމަށް އަމުރު ކުރައްވައިފަ އެވެ. މަހްލޫފް ދޫކޮށްލަން އަމުރު ކުރުމާއެކު، އޭނާގެ މޫނު މަތިން ހިނިތުންވުން ފެނިގެން ދިޔަ އެވެ.

މަހްލޫފް ކޯޓަށް ހާޒިރު ކުރާތީ ކްރިމިނަލް ކޯޓު ސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައިވެ އެވެ. އޭގެ ތެރޭގައި މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) ހިމެނިވަޑައިގަންނަވަ އެވެ.

ދައުލަތުން މަހްލޫފްގެ މައްޗަށް ދައުވާ ކުރީ އިދިކޮޅު ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ގޮވާލައި މިދިޔަ ފެބްރުއަރީ ދެ ވަނަ ދުވަހު މާފުށީ ޖަލު ކައިރީގައި މުޒާހަރާ ކުރި މައްސަލައިގަ އެވެ.

މަހްލޫފްގެ ވަކީލުން ވިދާޅުވީ މާފުށީ ޖަލުގައި މުޒާހަރާ ކުރުމަކީ އެއްވެސް ގާނޫނަކުން މަނާ ކަމެއް ނޫން ކަމަށެވެ. އަދި ދައުލަތުން މި މައްސަލަ މަހްލޫފާ ދެކޮޅަށް ހުށަހެޅީ ފުރިހަމަ ކުރަން ޖެހޭ އިޖުރާއާތުތައް ފުރިހަމަނުކޮށް ކަމަށްވާތީ އެ މައްސަލަ ބާތިލު ކޮށްދިނުމަށް ވެސް ވަކީލުން އެދިވަޑައިގެންނެވި އެވެ.

ނަމަވެސް، އަލީ އާދަމް ވަނީ ވަކީލުން ފާހަގަ ކުރެއްވި މައްސަލައާ މެދު އަންނަ ބުރާސްފަތި ދުވަހުގެ ގޮތެއް ނިންމާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ކޯޓުގައި މަހްލޫފްގެ އިތުރު މައްސަލައެއް ވެސް ވަނީ ތާވަލުކޮށްފަ އެވެ. އެކަމަކު، އެއީ ކޮން މައްސަލައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

މަހުލޫފްގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ޓެރަރިޒަމްގެ ދައުވާގެ އިތުރުން، މުޒާހަރާއެއްގައި ބައިވެރިންނަށް މާސްކް ބެހި މައްސަލައިގައި، ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާ އާއި މަހްލޫފް ކުރެއްވި ޓުވީޓަކާ ގުޅިގެން، ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާ ހިމެނެ އެވެ.

މަހްލޫފްގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރެއިން ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާގެ އަޑުއެހުންތައް ނިންމާލައި، އެ މައްސަލައިގެ ހުކުމް ކުރަން މިހާރު އޮތީ ތައްޔާރުވެފަ އެވެ.