މެލް ގިބްސަން "ވައިލްޑް ބަންޗް" ގެ ތެރެއަށް
މެލް ގިބްސަން "ވައިލްޑް ބަންޗް" ގެ ތެރެއަށް

މީގެ ދެ އަހަރު ކުރިން ރިލީޒްކުރި "ހެކްސޯ ރިޖް" އަށް ފަހު، ހޮލީވުޑްގެ މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު މެލް ގިބްސަން އަނެއްކާ ވެސް ފިލްމެއް ޑައިރެކްޓްކުރަން ތައްޔާރުވާން ފަށައިފި އެވެ.

ވާނާ ބްރަދާޒްއާ ގުޅިގެން 62 އަހަރުގެ އެކްޓަރު މި ފަހަރު ޑައިރެކްޓްކުރަން ހަމަޖެހިފައި ވަނީ ކުރީގެ ކްލަސިކެއް ކަމަށްވާ "ދަ ވައިލްޑް ބަންޗް" އެވެ. މީގެ ސްކްރީންޕްލޭގައި ވެސް އޭނާ ބްޔަރަން ބެގްބައިއާ ހިއްސާވާނެ އެވެ.

ނަމަވެސް "ވައިޑް ބަންޗް" ގެނެސް ދޭނީ ސީދާ ރިމެކިންއެއްގެ ގޮތުގައިތޯ ނުވަތަ ގިބްސަން ގެންނަ ބައެއް ބަދަލުތަކާ އެކު ކަމެއް އަދި ކަށަވަރެއް ނޫނެވެ.

"ވައިލްޑް ބަންޗް" އަކީ 1969 ގައި ސޭމް ޕެކިންޕަ ޑައިރެކްޓްކޮށްފައިވާ އެކްޝަން ޑްރާމާއެކެވެ. ޖުމުލަ ހަ މިިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 11 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

ގިބްސަން "ވައިލްޑް ބަންޗް" ގެނެސް ދިނުން އޮތީ މަސައްކަތުގެ ވަރަށް ކުރީ މަރުހަލާގައި ކަމަށްވާތީ އޭނާގެ ފިލްމްގެ ކާސްޓުންނަކީ ކޮބައި ކަމެއް ވެސް އަދި ނޭނގެ އެވެ. އަދި ފިލްމުގެ ޝޫޓިްނ ފަށާނެ އިރެއް ވެސް އިއުލާނެއް ނުކުރެ އެވެ.

މީގެ ކުރިން ވާނާ ބްރޮސް އިން ވަނީ މި ފިލްމްގެ ރިބޫޓް ވާޝަނެއް ވިލް ސްމިތާ އެކު ގެނެސް ދޭން ވެސް މަސައްކަތްކޮށްފަ އެވެ. އެކަމަކު ވަކި ހިސާބަކުން އެ މަސައްކަތް ހުއްޓިފައިވާތީ، ގިބްސަންގެ ފިލްމުން ވިލް ފެންނާނެތޯ ވެސް އަދި އޮތީ ސުވާލު މާކެއްގެ ތެރޭގަ އެވެ.

"ދަ ޕެޝަން އޮފް ދަ ކްރިސްޓް" އާއި "އެޕޮކެލިޕްޓޯ" ފަދަ ފިލްމުތައް ވެސް ޑައިރެކްޓް ކުރި ގިބްސަންގެ އަށް "ހެކްސޯ ރިޖް" އިން އެންމެ މޮޅު ޑައިރެކްޓަރުގެ އޮސްކާ ނޮމިނޭޝަނެއް ވެސް ލިބުނެވެ. އޭގެ ކުރިން އޭނާ އަށް 1995 ގެ "ބްރޭވްހާޓް" އިން އެންމެ މޮޅު ޑައިރެކްޓަރާއި ފިލްމްގެ އޮސްކާ ވެސް ލިބިފައިވެ އެވެ.

"ވައިލްޑް ބަންޗް" ގެ ރިމެކިން އަށް އޭނާ ތައްޔާރުވަމުން އަންނަ އިރު، ދެވަަނ ބޮޑު ހަނގުރާމައިގެ ވާހަކައެއް ކިޔައިދޭ "ޑިސްޓްރޯޔާ" އަކީ ވެސް ގިބްސަން ޕްލޭންކޮށްފައި އޮތް ފިލްމެކެވެ.