ރިޔާޒާއި ސިނާނާއި އިލްހާމްގެ އިތުރުން ކުރީގެ ސީޕީ އަރީފް މިނިވަންކޮށްފި
ރިޔާޒާއި ސިނާނާއި އިލްހާމްގެ އިތުރުން ކުރީގެ ސީޕީ އަރީފް މިނިވަންކޮށްފި

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ތިން މެމްބަރަކާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް މިރޭ މިނިވަންކޮށްފި އެވެ.

ރިޔާޒާއި ސިނާނާއި އިލްހާމްގެ އިތުރުން ކުރީގެ ސީޕީ އަރީފް މިނިވަންކޮށްފި
ރިޔާޒާއި ސިނާނާއި އިލްހާމްގެ އިތުރުން ކުރީގެ ސީޕީ އަރީފް މިނިވަންކޮށްފި

ކްރިމިނަލް ކޯޓުން މިނިވަންކުރީ، ސުޕްރީމް ކޯޓުން ފެބްރުއަރީ މަހު ނެރުނު އަމުރަށް ފަހު، ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ އިތުރުން މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނެވެ.

ރިޔާޒާއި ސިނާނާއި އިލްހާމްގެ އިތުރުން ކުރީގެ ސީޕީ އަރީފް މިނިވަންކޮށްފި
ރިޔާޒާއި ސިނާނާއި އިލްހާމްގެ އިތުރުން ކުރީގެ ސީޕީ އަރީފް މިނިވަންކޮށްފި

އެ ތިން މެމްބަރުންނާއި އަރީފް ވެސް ކްރިމިނަލް ކޯޓުން މިނިވަންކުރީ އެ ބޭފުޅުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އެ ކޯޓުން ކުރިން ނިންމާފައިވާ ނިންމުން ރިވިއު ކުރަން އެ ބޭފުޅުންގެ ފަރާތުން ކޯޓަށް ހުށަހެޅުމުންނެވެ.

ކްރިމިނަލް ކޯޓުން ބުނީ އެ ބޭފުޅުން ބަންދުން ދޫކޮށްލަން ފުލުހުންގެ އިއުތިރާޒެއް ނެތް ކަމަށް ދައުލަތުން ކޯޓަށް ވަނީ އަންގާފައި ކަމަށެވެ. އެ ބޭފުޅުން ކުރިން ބަންދުކުރީ، ފުލުހުން ހުށަހެޅި ސަބަބުތަކަށް ބިނާކޮށް، ދައުލަތުން އެދިގެންނެވެ.

ރިޔާޒް މިނިވަންކުރަން އަމުރުކުރީ ވަކިން އަޑުއެހުމެއް ބޭއްވުމަށް ފަހު އިރުއޮއްސުނު ހާއިރެވެ. ދެން ތިބި ދެ މެމްބަރުނާއި އަރީފް މިނިވަން ކުރަން އަމުރުކުރީ މިރޭ 10:30 ހާއިރެވެ.

ރިޔާޒާއި އިލްހާމާއި ސިނާނާއި އަރީފްގެ އިތުރުން އެހެން ބައެއް ސިޔާސީ އިދިކޮޅު ބޭފުޅުންނާއި ޖަލަށްލާފައިވާ ސުޕްރީމް ކޯޓުގެ ކުރީގެ ދެ ފަނޑިޔާރުންގެ ބަންދު ރިވިއު ކުރަން ހުށަހަޅާފައިވާތީ މިރޭ އެ ބޭފުޅުން ވެސް ކޯޓަށް ގެނަ އެވެ. އެކަމަކު އެ ބޭފުޅުންނަކީ ކުށް ސާބިތުވެ، ހުކުމް ތަންފީޒު ކުރާ ބޭފުޅުންނަށް ވާތީ މިރޭ އެ ބޭފުޅުންގެ މައްސަލާގައި ގޮތެއް ނުނިންމަ އެވެ.

ޖަލަށްލާފައި ތިބި އިދިކޮޅު ބައެއް ބޭފުޅުން މިއަދު ހަވީރު ކޯޓަށް ހާޒިރުކުރާތީ އިދިކޮޅު ގިނަ ސަޕޯޓަރުންތަކެއް ކްރިމިނަލް ކޯޓު ހިމެނޭ ސަރަހައްދަށް އެއްވެ، އުފާ ފާޅު ކުރަމުން ދިޔަ އެވެ.