ސްވިޒަލެންޑުގެ ކާގޯ ބޯޓެއް ކަނޑުފޭރިއްޖެ
ސްވިޒަލެންޑުގެ ކާގޯ ބޯޓެއް ކަނޑުފޭރިއްޖެ

އަބޫޖާ (ސެޕްޓެމްބަރު 24) - ސްވިޒަލެންޑުގެ ކާގޯ ބޯޓެއް 12 ފަޅުވެރިންނާ އެކު ނައިޖީރިއާގެ ކަނޑުގެ ސަރަހައްދުން ފޭރިއްޖި އެވެ.

މަސައޮއެލް ޝިޕިން އިން ބުނީ އެ ކުންފުނީގެ އެމްވީ ކްލަރުސް ކާގޯ ބޯޓު ދަތުރުކުރީ ނައިޖީރިއާގެ ވެރިރަށުން ގޮދަން ފުށް ބަރުކޮށްގެން ހާކޯޓް ބަނދަރަށް ކަމަށެވެ. މަސައޮއެލް އިން ބުނީ ކަނޑުފޭރޭ މީހުން ވަނީ ބޯޓުގެ ކޮމިއުނިކޭޝަން ސިސްޓަމުގެ ބޮޑު ބައެއް ހަލާކުކޮށްލާފައި ކަމަށެވެ. ބޯޓުގައި ތިބި ފަޅުވެރިން ނިސްބަތްވާ ގައުމުތައް ހާމަކޮށްފައެއް ނުވެ އެވެ.

ޝިޕިން ކުންފުނިން ބުނީ ކަނޑުފޭރިގަތް ބޯޓުގައި ތިބި ފަޅުވެރިން ސަލާމަތް ކުރެވޭތޯ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ފައިސާގެ ބޮޑެތި އަދަދުތަކަށް ޑިމާންޑް ކުރުމަށް ކިޑްނެޕް ކުރުމަކީ ނައިޖީރިއާގައި އާއްމު ކަމެކެވެ. މީގެ ކުރިން ކަނޑުފޭރުމުގެ ހަރަކާތްތައް ބޮޑަށް ހިންގާފައި ވަނީ ސޯމާލިއާގެ ކަނޑުފޭރޭ މީހުންނެވެ.