ވޯޓު ލާން ފެށުން ޖުމްލަ ގޮތެއްގައި ރަނގަޅު: ޓްރާންސްޕޭރަންސީ
ވޯޓު ލާން ފެށުން ޖުމްލަ ގޮތެއްގައި ރަނގަޅު: ޓްރާންސްޕޭރަންސީ

ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ކުރިއަށް ދާއިރު، ވޯޓު ލާން ފެށުން ދިޔައީ ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

ވޯޓު ލާން ފެށުން ޖުމްލަ ގޮތެއްގައި ރަނގަޅު: ޓްރާންސްޕޭރަންސީ
ވޯޓު ލާން ފެށުން ޖުމްލަ ގޮތެއްގައި ރަނގަޅު: ޓްރާންސްޕޭރަންސީ

ޓްރާންސްޕޭރަންސީ އިން ނެރުނު ބަޔާނެއްގައި ބުނީ ވޯޓުލާ މަރުކަޒުތަކުގެ ތެރެއިން 97 ޕަސަންޓު މަރުކަޒުތަކުގައި ވޯޓުލުން 8:30 ގައި ފަށާފައިވާ ކަމަށެވެ. އަދި 66 ޕަސަންޓު މަރުކަޒުތަކުގައި ވޯޓުލުން ފަށަން ކަނޑައަޅާފައިވާ ވަގުތަށް ވުރެ 10 މިނިޓު ފަސްވި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ވޯޓު ލާން ފެށުން ޖުމްލަ ގޮތެއްގައި ރަނގަޅު: ޓްރާންސްޕޭރަންސީ
ވޯޓު ލާން ފެށުން ޖުމްލަ ގޮތެއްގައި ރަނގަޅު: ޓްރާންސްޕޭރަންސީ

ވޯޓު ލާ ހުރިހާ މަރުކަޒެއްގައި ވެސް އޮފިޝަލުން ހާރިޒުވެ ތިބި ކަމަށާއި ވޯޓު ލާން ފެށުމުގެ ކުރިން ވޯޓު ކަރުދާސް ގުނާ ހަމަކުރި ކަމާއި ވޯޓު ފޮށިތައް ހުރީ ހުސްކޮށް ކަމަށް ވެސް، އެ ޖަމިއްޔާ އިން ބުންޏެވެ.

މީގެ އިތުރުން، ޓްރާންސްޕޭރަންސީން ބުނީ، 70 ޕަސަންޓު ވޯޓު މަރުކަޒުތަކުގައި ދެ ކެންޑިޑޭޓުންގެ މަންދޫބުން ހާޒިރުވެ ތިބި ކަމަށެވެ. އެއް ކެންޑިޑޭޓްގެ މަންދޫބުން 20 ޕަސަންޓު ވޯޓު މަރުކަޒުތަކުގައި ހާޒިރުވެ ތިބި އިރު ހަތް ޕަސަންޓު ވޯޓު ފޮށިތަކުގައި އެއްވެސް ކެންޑިޑޭޓެއްގެ މަންދޫބުން ނެތް ކަމަށް ބަޔާނުގައިވެ އެވެ.

ޓްރާންސްޕޭރަންސީން ގެންދަނީ މާލެ އާއި ބައެއް ރަށްރަށުގެ އިތުރުން ބައެއް ރިސޯޓުތަކާއި ސިނާއީ ސަރަހައްދުތަކާއި ސްރީ ލަންކާގައި ވެސް އޮބްޒާވަރުން ބޭނުންކޮށްގެން އިންތިހާބު ކުރިއަށް ދާ ގޮތް ބަލަމުންނެވެ.

ޓްރާންސްޕޭރަންސީން ބުނި ގޮތުގައި 97 ޕަސަންޓު ވޯޓުލާ ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވެ އެވެ. އަދި ވޯޓުލާ ފޮށިތަކުގެ 99 ޕަސަންޓު ފޮށިތައް ތައްޔާރުކޮށްފައި ވަނީ ލާ ވޯޓުގެ ސިއްރުކަން ކަށަވަރުވާ ގޮތަށް ކަމަށާއި އެކަން އެހާ ސާފުނުވަނީ އެއް ޕަސަންޓު ފޮށީގައި ކަމަށް ވެސް ބަޔާނުގައިވެ އެވެ. އެ ޖަމިއްޔާ އިން ބުނީ އެ ފޮށިތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

"ވޯޓުލުން ކުރިއަށް ދާއިރު، އަދި އޭގެ ފަހުން ވެސް ސުލްހަވެރިކަމާއި ހަމަޖެހުން ގާއިމުވެފައި އޮތުމަކީ ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އިލްތިމާސްއެކެވެ. ޓްރާންސްޕޭރަންސީން އުންމީދު ކުރަނީ ވީހާވެސް ގިނަ ރައްޔިތުން ވޯޓުލުމަށް ވަޑައިގަތުމެވެ،" ބަޔާނުގައިވެ އެވެ.

މި އިންތިޚާބުގައި ވޯޓު ލުމަށް ޓަކައި ޖުމްލަ 472 ވޯޓު ފޮށި ބަހައްޓާފައިވާ އިރު 262,135 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އި