ވޯޓު ކިޔޫގައި އެތައް އިރެއް، އެކަމަކު އުފަލުން!
ވޯޓު ކިޔޫގައި އެތައް އިރެއް، އެކަމަކު އުފަލުން!

ވޯޓުލާ ހިތުން، އަބްދުﷲ ރަޝީދު، 52، އަށް ރޭ ލޮލުފިޔައެއް ވެސް ނުޖެހެ އެވެ. ފަތިސްނަމާދުން ފޭބިގޮތަށް މިސްރާބު ޖެހީ، އޭނާ ވޯޓުލާން ޖެހޭ ފޮށި ބަހައްޓާފައިވާ މަޖީދީއްޔާ ސްކޫލަށެވެ. ވޯޓުލުމަށް ވުރެ މުހިއްމު ކަމެއް މިއަދަކު އޭނާއަކަށް ނެތެވެ. ހިތުލައިގެން ހުރީ ސަފުގެ އެންމެ ކުރިން ޖާގަ ކަށަވަރުކޮށް އަވަހަށް ވޯޓުލާށެވެ. އެކަމަކު، ފެނުނީ އޭނާ އަށް ވުރެން މާކުރިން އެތައް ބަޔަކު ކިޔޫގައި ހަމަޖެހިލާފައި ތިބި ތަނެވެ.

ވޯޓު ކިޔޫގައި އެތައް އިރެއް، އެކަމަކު އުފަލުން!
ވޯޓު ކިޔޫގައި އެތައް އިރެއް، އެކަމަކު އުފަލުން!

"ގާތްގަނޑަކަށް ތިން ގަޑިއިރު މި ވަނީ މިތަނުގައި ހުންނަތާ. ކިޔޫ ދިގު، އަނެއްކާ ވަރަށް ލަސްކޮށް ވޯޓުލުން ދަނީވެސް،" އޭނާ ބުންޏެވެ.

ވޯޓު ކިޔޫގައި އެތައް އިރެއް، އެކަމަކު އުފަލުން!
ވޯޓު ކިޔޫގައި އެތައް އިރެއް، އެކަމަކު އުފަލުން!

"އެހެންވިޔަސް، ވޯޓުލާފައި އަހަރެމެން މިތަނުން ދުރަށް ދާނީ."

ވޯޓު ކިޔޫގައި އެތައް އިރެއް، އެކަމަކު އުފަލުން!
ވޯޓު ކިޔޫގައި އެތައް އިރެއް، އެކަމަކު އުފަލުން!

މިއީ ވޯޓުލާ މަރުކަޒުތަކުގައި ތޮއްޖެހިގެން ތިބި މީހުންގެ ޝުއޫރު ހުރި ގޮތެވެ. ދިގޫ ކިޔޫއެއް ނެތް، އެންމެ މަރުކަޒެއް ވެސް މާލޭގައި ނެތެވެ. ހެނދުނު ކިޔޫގައި ޖެއްސި މީހުންނަށް މެންދުރުވިއިރު ވެސް ވޯޓު ފޮއްޓާ ހަމައަށް ނުފޯރަ އެވެ.

ވޯޓު ކިޔޫގައި އެތައް އިރެއް، އެކަމަކު އުފަލުން!
ވޯޓު ކިޔޫގައި އެތައް އިރެއް، އެކަމަކު އުފަލުން!

އެކަމަކު އެ މީހުންގެ މާބޮޑު ޝަކުވާއެއް ނެތެވެ؛ ކެތްތެރިކަމާ އެކު ސަފުތަކުގައި ތިބީ ވޯޓުގައި ބައިވެރިވުމަށެވެ. ގައުމުގެ މުސްތަގުބަލް ކަނޑައެޅުމުގައި ކޮންމެ ފަސް އަހަރަކުން އެއްފަހަރު ލިބޭ މި ފުރުސަތު ގެއްލުވައިލަން ބޭނުން ނުވާތީ އެވެ.

ވޯޓު ކިޔޫގައި އެތައް އިރެއް، އެކަމަކު އުފަލުން!
ވޯޓު ކިޔޫގައި އެތައް އިރެއް، އެކަމަކު އުފަލުން!

"ގައުމާ ދޭތެރޭ އުއްމީދުތަކެއް ކުރެވޭ، އެ އުއްމީދުތައް ހާސިލްވާނީ ވޯޓުން،" އަލީ އާސިފް ބުންޏެވެ.

ވޯޓު ކިޔޫގައި އެތައް އިރެއް، އެކަމަކު އުފަލުން!
ވޯޓު ކިޔޫގައި އެތައް އިރެއް، އެކަމަކު އުފަލުން!

އާ ގާނޫނުއަސާސީ އަށް 2008 ގައި، އަމަލުކުރަން ފެށިފަހުން ރާއްޖޭގައި މިހާތަނަށް ބޭއްވި ދެ ރިޔާސީ އިންތިޚާބުގައި ވެސް ވޯޓުލާން ގިނަ އަދަދެއްގެ ބަޔަކު ނުކުމެފައިވެ އެވެ. އިލެކްޝަންސް ކޮމިޝަންގެ ހިސާބުތަކުން ދައްކާ ގޮތުގައި އެ ދެ އިންތިޚާބުގައި ވެސް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 80 ޕަސެންޓަށް ވުރެ މަތިން ވޯޓުލާފައިވެ އެވެ.

މި އިންތިޚާބުގެ ކިޔޫތަކުން ފެންނަ މަންޒަރަކީ، ކުރީގެ ދެ އިންތިޚާބަށް ވުރެން މި އިންތިޚާބުގައި ހެނދުނާ ވޯޓުލާން ނުކުތް މީހުންގެ އަދަދު ވެސް ގިނަ ކަމެވެ. އެހެންކަމުން، މި އިންތިޚާބުގައި ކުރީ ދެ އިންތިޚާބަށް ވުރެ މާ ގިނަ މީހުން ވޯޓުލާން ނުކުންނާނެ ކަމަށް ބެލެވެ އެވެ.

"އަބަދަކު ނުލިބޭ މި ފުރުސަތެއް، ކޮންމެ ފަސް އަހަރަކުން މި ލިބެނީ. އެހެންވީމަ މި ފުރުސަތު ގެއްލުވާލާކަށް ބޭނުމެއް ނޫން،" ކަލާފާނު ސްކޫލުގެ ކިޔޫއެއްގައި ހުރި މީހަކު ބުންޏެވެ.

ޑިމޮކްރަސީ އާއި ސިޔާސީ ކަންކަމަށް ދިވެހިން ހޭލުންތެރި އެވެ. މި ވޯޓަކީ ގައުމަށްޓަކައި އަދާކޮށްދޭން ޖެހޭ ފަރުދީ ޒިންމާއެއް ކަމަށް އެ މީހުން ދެކެ އެވެ. ވޯޓުލާން "އަހަރެމެން މިއައީ، ގައުމުގެ މިސްރާބު ކަނޑައެޅުމުގައި ހިއްސާވާން" ކަމަށް ބުނަނީ އެހެންވެ ކަން ޔަގީނެވެ.

"ވޯޓަކީ ހައްގެއް، އެ ހައްގު ގެއްލުވާލަން ބޭނުން ނުވޭ،" އަހްމަދު ނާސިހް ބުންޏެވެ.

މި ވޯޓުގައި ބައިވެރިވެވޭތީ އެންމެ ބޮޑު އުފަލެއް ލިބޭ އެއް ބަޔަކީ އުމުރުން 18 އަހަރު ފުރި އަލަށް ވޯޓުލާ ޒުވާނުންނެވެ. ދައުލަތް ހިންގުމުގައި އެ މީހުންގެ ބަސް ބުނުމުގެ ފުރުސަތު މި ލިބުނީ ވަރަށް އަލަށެވެ.

"އަހަރެންގެ ކެންޑިޑޭޓަށް ވޯޓު ލައިފިން. ކޮންމެ ގޮތަކަށް ރިޒަލްޓް ނުކުތަސް އޯކޭ ދެން. އެއީ މެޖޯރިޓީ ބޭނުންވާ ގޮތަށް ނިމޭނީ. މީގައި މުހިއްމީ ބައިވެރިވުން،" ޒުވާނަކު ބުންޏެވެ.

ބައެއް މީހުން ވަޒީފާއަށް ސަލާން ބުނެ ނުވަތަ ޗުއްޓީ ނަގައިގެން ވެސް ތިބީ ވޯޓުލާން ނިކުމެ އެވެ.

"މި އައީ އއ. އަތޮޅު ރިސޯޓަކުން. އެ ރިސޯޓުގައި ވޯޓު ލާން ސަތޭކަ މީހުން ރަޖިސްޓްރީ ނުކުރާތީ ފޮއްޓެއް ނުބަހައްޓާ. އެހެންވެ ވަރަށް ގިނަ ބަޔަކު މި އައީ މާލެ އަށް ހަމަ ވޯޓުލާން،" މަޖީދިއްޔާގައި، އައްޑޫ މީހުންނަށް ބަހައްޓާފައިވާ ފޮއްޓަކަށް ވޯޓުލާން ގޮސް ހުރި މީހަކު ބުންޏެވެ.

ކިޔޫގައި އެތައް އިރަކު އިންތިޒާރުގައި ތިބެން ޖެހުނަސް މައްސަލައެއް ނެތެވެ. ވޯޓުލާން ގޮސް ހުރި ކޮންމެ މީހެއްގެ ވެސް އުއްމީދަކީ އެ މީހަކު ބޭނުންވާ ކޮޅަށް ނަތީޖާ ނުކުތުމެވެ. އަދި ގައުމުގެ ހިންގަން އެ މީހުން ރުހޭ ކެންޑިޑޭޓަކާ އެކު ކުރިއަށްދާށެވެ.