އިންތިޚާބާ ގުޅޭ ޝަކުވާތައް ބަލައިގަތުން ދަރުބާރުގެ އަށް
އިންތިޚާބާ ގުޅޭ ޝަކުވާތައް ބަލައިގަތުން ދަރުބާރުގެ އަށް

ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު ހޮވުމަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފެށިގެން މިހާރު ކުރިއަށް ގެންދާ ރިޔާސީ އިންތިޚާބާ ގުޅޭ ޝަކުވާތައް ބަލައިގަތުން ދަރުބާރުގެއަށް ބަދަލުކޮށްފި އެވެ.

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ހުށަހަޅާ ޝަކުވާތައް ކުރިން ބަލައި ގަންނަނީ ބާ ޖަމާލުއްދީނުގައި ހުންނަ އިންތިޚާބާ ބެހޭ މަރުކަޒުގައި ގާއިމުކުރި ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯގަ އެވެ.

ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން ރޭ ކުރި އިއުލާންގައިވާ ގޮތުން މިއަދުން ފެށިގެން ޝަކުވާތައް ބަލައިގަންނާނީ ދަރުބާރުގޭގައި ގާއިމް ކޮށްފައިވާ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ އަށެވެ.

އިންތިޚާބާ ގުޅިގެން ހުށަހަޅުއްވާ ޝަކުވާތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު ފަހު 3:00 އަށެވެ. އަދި މިއަދު ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވޯޓު ނަގަން ފެށުނީއްސުރެ ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުމާ ހަމައަށެވެ.

މި އިންތިޚާބުގައި ވޯޓު ލުމަށް ޓަކައި ޖުމްލަ 472 ވޯޓު ފޮށި ބަހައްޓާއިރު 262,135 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.