އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

އާޓިފިޝަލް ބީޗު ސަރަހައްދުގައި އުފާ ފާޅުކުރާ މީހުން ބުނާނީ އެ މީހުން އެތަނުން ދާނީ އިލެކްޝަންސް ކޮމިޝަނުން ވަގުތީ ނަތީޖާ އިއުލާން ކޮށް، އެ ނަތީޖާ ރައީސް ޔާމީން ގަބޫލު ކުރެއްވުމުން ކަމަށް. އެހެން ނޫނީ އެ ސަރަހައްދުގައި ކިތަންމެ ގިނައިރެއް ވަންދެން ވެސް ތިބޭނެ ކަމަށް ބުނޭ.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

އިދިކޮޅު ހަރަކާތުން މާލެ އާއި ރަށްރަށުގައި އުފާ ފާޅުކުރަމުން އަންނަ އިރު، އިންތިހާބުގެ ނަތީޖާއާ މެދު ރައީސް ޔާމީންގެ ފަރާތްޕުޅުން ވެސް އަދި ޕީޕީއެމުން ވެސް ރަސްމީ އެއްވެސް ވާހަކައެއް އަދި ނުދައްކާ.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

ކެމްޕޭން ތެރޭގައި އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާ ސީދާ ދެކޮޅަށް މަސައްކަތްކުރި ދައުލަތުގެ މީޑިއާ ޕީއެސްއެމުން ފުރަތަމަ ފަހަރަށް އިބޫގެ ކާމިޔާބީގެ ބަޔާން ވަނީ ގެނެސްދީފައި. އިއްޔެ އިރުއޮއްސި ހަޔަކުން ކެމްޕޭން ކުރުން މަނާވިޔަސް، މިއަދު ހެނދުނު ވެސް ޕީއެސްއެމުން ރައީސް ޔާމީންގެ ތަރައްގީގެ ޕްރޮގްރާމްތައް ގެނެސްދިން.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

އިބޫ މިހާރު ވެސް ގެންދަވަނީ އޭނާގެ ސަޕޯޓަރުންނާ އެކު އެމްޑީޕީގެ ހަރުގެ ކައިރީގައި އުފާފާޅު ކުރަމުން. ސަޕޯޓަރުން ސެލެބްރޭޓް ކުރަމުން ދާއިރު، ކާމިޔާބީގެ ލަވަތައް ހަރުގޭގައި ދަނީ ޖަހަމުން.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

ހިސާން ހުސެއިން: ރައްޔިތުން އަބަދުވެސް ތިބީ އަޅުގަނޑުމެންނާ އެކު. އެ ދުވަހު ވެސް މިއަދު ވެސް ރައްޔިތުން ތިބީ އަޅުގަނޑުމެންނާ އެކު.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

އިބޫއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށްޓަކައި އެމްޑީޕީ ހަރުގެ ކައިރީގައި ކުރިއަށް ގެންދާ އެއްވުމުގައި، އިދިކޮޅު ކޯލިޝަންގެ ބައެއް އިސްވެރިން ގެންދަވަނީ ވާހަކަ ދައްކަވަމުން. މި އެއްވުމުގައި އިބޫ ވެސް ބައިވެރިވެވަޑައިގަންނަވާ.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

ރިޔާސީ އިންތިޚާބުގައި އިބޫއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށްޓަކައި އިދިކޮޅު އިއްތިހާދުގެ ސަޕޯޓަރުން މިހާރު ވަނީ މާލޭގެ މަގުތަކަށް ނުކުމެފައި. އެގޮތުން، އެމްޑީޕީގެ ހަރުގެ ކައިރިއަށް ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވެ ދަނީ އުފާފާޅު ކުރަމުން.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

ޝަރީފް: ގާނޫނުގައި ބުނާ ހުރިހާ ކަމެއް، ގާނޫނުގައި ކަނޑައަޅާފައިވާ ތާރީޚުތަކުގައި އިއުލާން ކޮށްފައި. ރައްޔިތުން ނިންމެވި ގޮތް ކޮމިޝަނުން އިއުލާން ކުރަމުން ދާނެ ވާހަކަ ދަންނަވަން.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

ޝަރީފް: މިރޭ މި ފަށަނީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަން. ނަތީޖާ އިއުލާން ކޮށް ނިމި، ގާނޫނުގައިވާ ގޮތުގެ މަތިން ހަތް ދުވަހުގެ ތެރޭގައި ރަސްމީ ނަތީޖާ އިއުލާން ކުރާނަން. މި އަންނަ އާދިއްތަ ދުވަހުގެ ކުރިން ރަސްމީ ނަތީޖާ އިއުލާން ކުރާނަން.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

ޝަރީފް: އިންތިހާބުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް ނެތް. އޭގެ މާނަ އަކީ މި މަސައްކަތް ކުރުމުގައި އިހްލާސްތެރިކަމާ އެކުގައި، ރައްޔިތުންނަށް ހެޔޮއެދޭ މަސައްކަތްތަކެއް ކޮށްފައިވާ ކަމުގެ ދަލީލެއް.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް މީޑިއާއާ ވާހަކަ ދައްކަވަނީ

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

އިންތިހާބު ކާމިޔާބު ކުރެއްވި އިބޫ އަށް ކުރީގެ ރައީސް މުހަންމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެ

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

ރިޔާސީ އިންތިހާބު ކާމިޔާބު ކާމިޔާބުވުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުުން މަގުތަކުން ނުކުމެ އުފާ ފާޅު ކުރަމުން އެބަ ދޭ. ބައެއް ރަށްރަށުގައި ވެސް އެފަދަ ހަރަކާތްތައް ކުރިއަށް އެބަ ގެންދޭ. އާޓިފިޝަލް ބީޗު ކައިރީގައި ހުންނަ އެމްޑީޕީ ހަރުގެ ކައިރި އަށް ވެސް މީހުން އެއްވަމުން އެބަ ގެންދޭ

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

ބައިނަލްއަގުވާމީ މީޑިއާތަކާ ކެމްޕޭން އޮފީހުގައި ހުންނަވައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ބަލި ގަބޫލު ކުރައްވައި އަދި އެއްވެސް ކޯލެއް ނުކުރައްވާ ކަމަށް. އަދި އިންތިޒާރު ކުރައްވަމުން ގެންދަވަނީ އެ ކޯލަށް ކަމަށް ވެސް ވިދާޅުވި

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

އިބޫ: މިއަދު މި ބޭއްވި ރިޔާސީ އިންތިހާބަށް އިހުތިރާމް ކުރައްވައި، އެއް ސަރުކާރުން އަނެއް ސަރުކާރަށް ހަވާލުކުރުމުގެ ކަންތައް ލަސް ނުކުރައްވައި ކުރިއަށް ގެންދެވުމަށް ރައީސް ޔަމީނަށް ގޮވާލަން. އަދި ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުން ވަގުތުން ދޫކޮށްލެއްވުމަށް ވެސް ރައީސަށް ގޮވާލަން.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

އިބޫ: ގައުމު އެއްބައިވަންތަ ކުރުމަށް ޓަކައި ކުރަން ޖެހޭ މަަސައްކަތް. އިންސާފުގެ މަގަށް ވާސިލްވުމަށް އިސްކަން ދޭނަން.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

އިބޫ: އިންތިހާބު އޮމާންކޮށް އަމާންކޮށް ގެންދިއުމަށް ދިވެހިން ކުރެއްވި މަސައްކަތަށް ޝުކުރު ދަންނަވަން.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

އިބޫ: ރައީސް ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތުޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

އިބޫ: މިކާމިޔާބު މި ކުރެވުނީ ރައްޔިތުން ކުރެއްވި ބުރަ މަސައްކަތުން. އަޅުގަނޑާއި ފައިސަލް ނަސީމަށް ވޯޓު ދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

އިބޫގެ ނިއުސް ކޮންފަރެންސް: މިރެއަކީ އުފާވެރި ރެއެއް. މިރެއަކި ދިވެހިންގެ ދުއާ ﷲ އިޖާބަކޮށްދެއްވި ރެއެއް. މިރެއަކީ އިންސާފުގެ މަގަށް އަޅުގަނޑުމެންނަށް އެޅުނު ފުރަތަމަ ފިޔަވަޅު.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

"މިހާރު"ގެ ވަގުތީ ނަތީޖާގައި އިސްކޮށް އުޅުއްވާ ބޭފުޅަކު: އަޅުގަނޑުމެންގެ ހިސާބުތަކުން ފެންނަނީ ވޯޓު ލާން ނުކުތް މީހުންގެ އެވްރެޖް 89 ޕަސެންޓްގައި އުޅޭކަން. އެއަށް ބަލާއިރު ދެން ނުގުނާ އޮންނާނީ ގާތްގަނޑަކަށް 33،000 ވޯޓު. މިހާރު އިބޫ އެ އުޅުއްވަނީ 32،000 ވޯޓުގެ ތަފާތެއްގައި. މިވަރުގެ ގެޕެއް ހިއެއް ނުވޭ ރައީސް ޔާމީނަށް އަތުވާނެހެން.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ވޯޓު ލާން ނުކުތް އެވްރެޖަށް ބަލާއިރު، މިހާތަނަށް އިބޫ 30،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތެއްގައި އުޅުއްވާތީ، ރައީސް އަބްދުﷲ ޔާމީނަށް ނަތީޖާ ބަދަލުކުރެއްވިދާނެ ކަމަކަށް ނުބެލެވޭ.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

މިއަދު އޮތް ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އަށް ބަލާއިރު އިދުކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިިހު (އިބޫ) ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ހޯއްދަވައިފި.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

ތާޖުއްދީން ސްކޫލްގައި ބަހައްޓާފައިވާ ހއ. އަތޮޅުގެ ވޯޓު ފޮއްޓަށް ލާފައިވާ ވޯޓު ކަރުދާހެއްގައި ރައީސް ޔާމީންގެ ނަމާ ދިމާއަށް ގޮޅީގައި ކުރަހާފައި އޮތް ނަމަވެސް އެއީ ސައްހަ ވޯޓެއް ކަމަށް އޮފިޝަލުން ކަނޑައެޅުމަށް ފަހު، ހަމަ އެގޮތަށް އިބޫގެ ނަމާ ދިމާލަށް ގޮޅީގައި ކުރަހާފައި އޮތުމުން އެއީ ބާތިލް ވޯޓެއް ކަމަށް ނިންމި މައްސަލަ ވަނީ ހޫނުވެފައި. އަދި އިބޫގެ ނަމާ ދިމާލަށް ރަނގަޅު ފާހަގަ ޖަހާފައިވާ ހަތަރު ވޯޓު ކަރުދާހެއް ބާތިލް ކުރުމުން އެ މައްސަލަ ވެސް ވަނީ ހޫނުވެފައި.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

އިދިކޮޅު ކެންޑިޑޭޓް އިބޫ މިރޭ 11:30 ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ގޮތަށް ހަމަޖައްސައިފި.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

"މިހާރު"ގެ ވަގުތީ ނަތީޖާ އަށް ބަލާއިރު ނުގުނާ ވޯޓުގެ އަދަކީ ގާތްގަނޑަކަށް 50،000. އެހެންކަމުން ރައީސް އަބްދުﷲ ޔާމީން ބާކީ ހުރި ހުރިހާ ފޮށިތަކުން ވަރަށް ބޮޑު ތަފާތެއް ހޯއްދަވައިގެން ނޫނީ، އިބޫގެ މައްޗަށް ކާމިޔާބު ހޯއްދެވިދާނެ ކަމަކަށެއް ނުފެނޭ.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

"މިހާރު" ގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، އުޅުއްވަނީ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާ ވަރަށް ގާތުގައި. މިހާތަނަށް އިބޫ އަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދު އެއް ލައްކަ ހުރަސްކޮށްފި. ރައީސް އަބްދުﷲ ޔާމީނަށް މިހާތަނަށް ލިބިވަޑައިގެންފައި ވަނީ 72،000 ވޯޓު. ޕަސެންޓޭޖުން ބަލާ ނަމަ އިބޫ އަށް 58 އަދި ރައީސް ޔާމީން އުޅުއްވަނީ 41 ޕަސެންޓްގައި. މިއީ މިދިއަ ދެ ރިޔާސީ އިންތިހާބަށް ބަލާ އިރު ވެސް، ކުރީގައި އުޅުއްވާ ކެންޑިޑޭޓް މިހާ ބޮޑު ތަފާތެއް ނެރުއްވި ފުރަތަމަ ފަހަރު.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

ގއ. ކޮލަމާފުށިން 65 ވޯޓު ބާތިލްކޮށްފި. މި ފޮށިން ރައީސް ޔާމީނަށް 246، އިބޫ އަށް 231 ވޯޓު ލިބުނު. ބާތިލްކުރީ އިބޫ އަށް ދީފައިވާ ސައްހަ ވޯޓު ކަމަށް ބުނެ މައްސަލަ ވަނީ އީސީ އަށް ހުށަހަޅާފައި.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

މަޖީދިއްޔާގައި ހުރި އަލިފުށީ ވޯޓު ފޮށި ގުނުން ކުރިއަށް ނުގެންދެވިގެން އެތަނަށް ފުލުހުން ހިނގައްޖެ.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

ނޫރާނީ ސްކޫލްގެ ވޯޓު ފޮށި، ގުނުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

ނޫރާނީ ސްކޫލްގައި މައްސަލަ ޖެހުނު ފޮށީގެ ވޯޓު ގުނަން ފެށުމަށް، ކުރިން ހަވާލުވެ ހުރި ވެރިޔާ އެއްވެސް ކަމެއް ކޮށްފައި ނެތުމުން އަދިވެސް ވޯޓު ގުނަން ނުފެށޭ. އެ ފޮށި ގުނަން ފަށާނީ އިލެކްޝަންސް ކޮމިޝަނުން ވަކި ގޮތެއް އެންގުމުން

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

އޮބްޒާވަރުން މަޝްވަރާކޮށް، ވާހަކަ ދެއްކުމަށް ފަހު، ބާތިލްކުރި ގިނަ ވޯޓުތައް ސައްހަ ކަމަށް މިހާރު ވަނީ ނިންމާފައި.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

އައްޑޫ ހިތަދޫ 10 ނަންބަރު ފޮށީގެ ގިނަ އަދަދެއްގެ ވޯޓު ބާތިލް ކަމަށް ނިންމައިފި. ބާތިލް ކުރި ގިނަ ވޯޓަކީ އިބޫ އަށް ދީފައި ހުރި ވޯޓު.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

ނޫރާނީ ސްކޫލުގެ ފޯކަލް ޕޮއިންޓަކަށް ހުރި ޝަފީގް، ވޯޓު ނަގާ މަރުކަޒަށް ވަޑައިގެން، ފޮއްޓާ ހަވާލުވެ ހުރި ސިނާހު ވަކިކޮށް، އޭނާގެ އެހީތެރިޔަކަށް ހުރި އޮފިޝަލާ ފޮށި ހަވާލުކުރުމުން، ސިނާހު އިސްތިއުފާ ދީ އެތަނުން ހިނގައްޖެ. ދެން ތިބި އޮފިޝަލުން މިހާރު ވޯޓު ގުނަނީ.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

އައްޑޫ ނޫރާނީ ސްކޫލްގައި ވޯޓު ގުނަން ތައްޔާރުވެފައި ވަނިކޮށް ރާއްޖޭން ބޭރުގެ އޮބްޒާވަރުން މަރުކަޒަށް، ފޮއްޓާ ހަވާލުވެ ހުރި އޮފިޝަލް އެ މީހުންނަށް ނުވަދެވޭނެ ކަމަށް އަންގައިފި. އޮބްޒާވަރުން ބުނަނީ އެ މީހުންނަށް ވަދެވެން ޖެހޭނެ ކަމަށް. ބޭރުގެ އޮބްޒާވަރުން ނުވަދެ ދިއުމުން ވެސް، ފޮއްޓާ ހަވާލުވެ ހުރި އޮފިޝަލް ވޯޓު ގުނުން ކުރިއަށް ނުގެންދާނެ ކަމަށް. އޭނާގެ އެހީތެރިންނާއި ފުލުހުން ފޮށީގެ ވެރިޔާއާ ވާހަކަ ދެއްކުމުން ވެސް ވޯޓު ގުނުން ކުރިއަށް ގެންދަން އެއްބަހެއް ނުވި.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

ކޮންމެ ކަރުދާހެއް ޔޫވީ ލައިޓުން ޗެކް ކުރަމުން ވޯޓު ގުނަން ފަށައިފި. މިގޮތަށް ޗެކް ކުރަނީ ބައެއް މަރުކަޒުތަކުގައި

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

ވޯޓު ގުނަން ފަށާނީ 7:30 ގައި

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

މިއަދު ހެނދުނު 8:00 ގައި ވޯޓުލުން ފަށައި 4:00 ގައި ވޯޓު ކިއު ބަންދުކުރަން ހަމަޖައްސާފައި އޮތް ނަމަވެސް ގިނަ އަދަދެއްގެ މީހުން ތިބުމުން މިރޭ 7:00 އާ ހަމަޔަށް ވަނީ ވަގުތު އިތުރުކޮށްފައި. މިހާރު އެންމެން ވެސް އިންތިޒާރުކުރަނީ ނަތީޖާއަށް.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

7:00 ޖެހުމާ އެކު ވޯޓު ކިއޫތައް ބަންދުކޮށްފި. އެކަމަކު ފޮށިތަކުގެ ކައިރީގައި ކިއޫގައި ތިބި މީހުންނަށް ވޯޓު ލެވޭނެ.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

ގދ. މަޑަވެލިން ކަރަންޓު ކެނޑިއްޖެ. ވޯޓުލާ މަރުކަޒުގައި ހުރީ އިމަޖެންސީ ލައިޓް ދިއްލާފައި.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

ވޯޓު ކިއޫ ބަންދުކުރަން 30 މިނެޓަށް ވެއްޖެ

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

އައްޑޫގައި ވެސް ގިނަ ފޮށިތަކުގެ ކައިރީގައި މިހާރު ކިއޫއެއް ނެތް. ގިނަ ފޮށިތަކަށް 85 ޕަސެންޓަށް ވުރެ ގިނަ މީހުން ވަނީ ވޯޓު ލާފައި.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

ކުރިން އޮތީ 4:00 ގައި ކިއޫތައް ބަންދުކުރާ ގޮތަށް. އެކަމަކު ގިނަ އަދަދެއްގެ މީހުން ކިއޫގައި ތިބުމުން 7:00 އަށް ވަގުތު ވަނީ އިތުރުކޮށްފައި.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

ވޯޓުލުން ނިމެން އެއް ގަޑިއިރަށް ވެއްޖެ. އަދިވެސް ވޯޓުލާން ގޮސް މީހުން އެބަތިބި.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

ފުވައްމުލަކު ދަޑިމަގު އުތުރު ދާއިރާގެ 1 ވަނަ ފޮއްޓަށް ރަޖިސްޓްރީކޮށްފައިވާ ދެ މީހެއްގެ ވޯޓު ލާ މީހުންގެ ލިސްޓުގައި ނެތް މައްސަލައެއް ދިމާވެއްޖެ. އެކަމަކު އެ މީހުންނަށް ވޯޓު ލާން ފުރުސަތު ދިނުމުން އިދިކޮޅު މީހުން ހުރަސްއެޅުމުން ވޯޓުލުން އިރުކޮޅަކަށް މެދުކެނޑުނު. އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަކުރަމް ވިދާޅުވީ ވޯޓާސް ލިސްޓުގައި ނަން ނެތް ނަމަވެސް، ކޮމިޝަންގެ އިދާރީ ނިންމުމަކުން ނުވަތަ ކޯޓުގެ އަމުރަކަށް އެ ބަޔަކަށް ވޯޓު ދެވިދާނެ ކަމަށާއި އެގޮތަށް އަމަލުކުރާކަން ޕާޓީތަކާ ހިއްސާކޮށްފައި ވެސް ވާނެ ކަމަށް. ފުވައްމުލަކުގައި ލިސްޓުގައި ނަން ނެތް ދެ މީހުންނަށް ވޯޓު ލުމުގެ ފުރުސަތު ލިބޭނެ ކަމަށް އަކްރަމް ވިދާޅުވި.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

ބައެއް ރަށްރަށުގައި މިހާރު ވޯޓު ލާ މީހުންގެ ކިއޫއެއް ނެތް. މާލޭގައި ވެސް ބައެއް ފޮށިތަކުގެ ކައިރީގައި މިހާރު އަންނަނީ ކިއޫ ކުޑަވަމުން.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

ސ. ފޭދޫން، އަހުމަދު އަދުޝަން: ފޭދޫގައި މިހާރު ވޯޓު ލާނެ ބަޔަކު ނެތި، ފޮށިތައް ކައިރި ވަނީ ފަޅުވެފައި. މަރަދޫފޭދޫގައި ވެސް ވޯޓު ލުން ވަނީ ގާތްގަނޑަކަށް ނިމިފައި.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

މެންދުރު 1230 އާ ހަމައަށް ލައްކައަށް ވުރެ ގިނަ މީހުން ވޯޓު ލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި. މިއީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ 262،135 މީހުންގެ ގާތްގަނޑަކަށް 42 ޕަސެންޓް.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

ވޯޓު ލުމުގެ މަސައްކަތް އެހާ ބާރަށް ކުރިއަށް ނުގެންދެވޭތީ އެކަމަށްޓަކައި، އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބު ވަނީ މައާފަށް އެދިވަޑައިގެންފައި. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޯޓު ލާން އޮތް ޝައުގުވެރިކަމާއި ކެތްތެރިކަމަށް ޝުކުރު ދަންނަވާ ކަމަށް. ވޯޓު ލުން އަވަސްކުރަން އިތުރު އޮފިޝަލުން، ވޯޓު މަރުކަޒަށް ފޮނުވަމުން ގެންދަވާ ކަމަށް ވިދާޅުވި.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

ރިޔާސީ އިންތިހާބުގެ ވޯޓު ލުން މިރޭ 7 އާ ހަމައަށް ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި. އެގޮތަށް ނިންމީ ކޮމިޝަންގެ ހާއްސަ ޖަލްސާއަކަށް ފަހު. އީސީން ބުނީ އެގޮތަށް ހަމަޖެއްސީ ވީހާވެސް ގިނަ ބަޔަކަށް ވޯޓު ލުމުގެ ފުރުސަތު ދޭން ކަމަށް.

އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި
އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފި

ގއ. ވިލިނގިލީ ކޯޓުގެ އަމުރެއްގެ ދަށުން ހައްޔަރުކުރަން އުޅުނު ވިލިނގިލީ އެމްޑީޕީ ދާއިރާގެ ނައިބު ރައީސް އަޒީމް ހަސަން، ވޯޓު ލާން ކިޔޫއަށް އެރިތަނުން ހައްޔަރުކޮށްގެން ގެންގޮސްފި. "މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރަން މީގެ ހަފުތާއެއްހާ ދުވަސް ކުރިން އަމުރެއް ނެރުނީ، ރެލީއެއްގައި ދެއްކި ވާހަކައަކާ ގުޅިގެން.

ގއ. ވިލިނގިލިން، އަބްދުﷲ ޖަމީލް: މި ރަށުން ވެސް އެންމެ ބޮޑަށް ފާހަގަކުރެވެނީ ކުރީގެ އިންތިހާބުތަކާ ހިލާފަށް މި ފަހަރު އަވަހަށް ވޯޓު ލާން ނުކުމެ، ވޯޓު ލާ ކަން. އެގޮތުން ބައެއް ފޮށިތަކަށް ވޯޓު ލާ ޖުމްލަ އަދަދުގެ ބޮޑު ބައެއް މިހާރު ވަނީ އެކަން ނިންމާފައި.

ހދ. ކުޅުދުއްފުށިން، އަހުމަދު ސާއިލް އަލީ: މިއީ އުތުރުގެ އެންމެ އާބާދީ ބޮޑު ރަށް. މި ރަށުގައި ހެނދުންސުރެ ވޯޓު ލާން ނުކުތް މީހުންގެ އަދަަދު ގިނަ ކަމުން ރަށުގެ ބައެއް މީހުން ވެސް ހައިރާންވި. ރަށުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 5،682.

ހދ. ކުޅުދުއްފުށިން، އަހުމަދު ސާއިލް އަލީ: އެންމެ ފަހުން އޮތް އިންތިހާބުގައި ކުޅުދުއްފުށިން ވޯޓު ލާން މިހާ ގިނަ މީހުން ކިޔޫ ހަދާފައެއް ނުވޭ. މިހާތަނަށް ކުޅުދުއްފުށީގެ އަށް ފޮއްޓަށް 2،500 އަށް ވުރެ ގިނަ މީހުން ވޯޓު ލައިފި.

މެލޭޝިއާގައި ވޯޓު ލާން 5 ގަޑިއިރު: މެލޭޝިއާ އާއި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިން ވޯޓު ލާން ހަމަޖައްސާފައިވާ ފޮއްޓަށް ވޯޓު ލާން ދިޔަ މީހުން ގިނަވެގެން، އެތައް ގަޑިއިރެއް ހޭދަކުރަން ވަނީ ޖެހިފައި. ފަސް ގަޑި އިރާއި ބައި ކިއޫގައި ހޭދަކޮށް ވޯޓު ލުމަށް ފަހު "މިހާރު"އާ ވާހަކަ ދެއްކި ދަރިވަރަކު ބުނީ، ފޮށީ ބަހައްޓާފައި ހުރި އިމާރާތުގެ ލޮބީ އޭރިޔާ ވެސް ފުރިފައިވާ ކަމަށެވެ.
"އިމާރާތުގެ 10 ވަނަ ބުރީގައި ފޮށި ބަހައްޓާފައި ހުރީ. މިހާރު ލޮބީ އޭރިޔާ ވެސް އޮތީ ފުރިފައި. ނޭނގެ ކިހާއިރަކުން ކަމެއް ވެސް އެ މީހުންނަށް ވޯޓު ލެވޭނީ،" އެ ދަަރިވަރު ބުންޏެވެ.

ކިޔޫގައި މާ ގިނަ އިރު މަޑުކުރަން ޖެހުމުން ޝަކުވާ ވަނީ ބޮޑުވެފައި. ބައެއް މީީހުން ތިން ގަޑިއިރަށް ވުރެ ގިނަ އިރު ކިޔޫގައި މަޑުކޮށް ވޯޓު ލާފައިވޭ. "މިހާރު"ގެ ބައެއް ނޫސްވެރިންނާ ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި މައުލޫމާތު ދޭނެ އޮފިޝަލުން މަދުކަމުން ވެސް މައްސަލަތަކެއް ދިމާވޭ. ބައެއް މަރުކަޒުތަކުގެ ބޭރުގައި ވޯޓު ފޮށީގެ ނަންބަރު ޖަހާފައި ނެތުމުން، ނުބައި ކިޔޫގައި ވެސް ބައެއް މީހުންނަށް މަޑުކުރެވޭ.

ޖަމާލުއްދީން ސްކޫލްގައި ރ. އަތޮޅުގެ ވޯޓު ފޮއްޓަކަށް ވޯޓުލާން ކިއޫގައި ހުރި އަންހެނަކު އަނބުރައިގަނެގެން ވެއްޓިއްޖެ. ކިއޫގައި ގިނައިރު ތިބެންޖެހުމުގެ ޝަކުވާ ބޮޑު.

ގއ. ވިލިނގިލިން، އަބްދުﷲ ޖަމީލް: ވަރަށް ގިނަ އަދަދެއްގެ މީހުން ވަނީ ވޯޓު ލާން ނުކުމެފައި. މި ރަށުގައި ބަހައްޓާފއިވާ ތިން ވޯޓު ފޮށި ދޮށުގައި ވެސް ގިނަ ބަޔަކު ވަނީ ކިއޫ ޖެހިފައި. ރަށު މީހުން ބުނަނީ ކުރީ އިންތިހާބުތަކާ އަޅާބަލާ އިރު މީހުން ގިނަ ކަން ފާހަގަކުރެވޭ ކަމަށް.

ބައެއް ކިޔޫތައް ދިގުވެ، ވޯޓު ލާން ގިނަ ވަގުތެއް ހޭދަކުރަން ޖެހޭތީ ބައެއް މީހުން ޝަކުވާ ކުރަމުން އެބަދޭ. ގިޔާސުއްދީން ސްކޫލާއި ކަލާފާނު ސްކޫލުގެ އިތުރުން މަޖީދިއްޔާ ސްކޫލުގައި ހުރި ބައެއް ކިޔޫތަކުގައި ތިބި މީހުން ބުނަނީ ރޯއަވީގައި ކިޔޫގައި ޖެހިގެން ތިބޭތާ ވަރަށް ގިނަ އިރު ވެއްޖެ ކަމަށް. ބައެއް މީހުން ބުނަނީ ހެނދުނު 9 ޖެހިއިރު ވޯޓު ލާން ކިޔޫގައި ޖެއްސި ގޮތަށް އަދިވެސް ވޯޓު ފޮއްޓާ ހަމައަށް ނުދެވޭ ކަމަށް. އެ މައްސަލަ އެ ދިމާވަނީ ބެލެވޭ ގޮތުގައި ހެނދުނު ވޯޓު ލާން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވޯޓު ލާން ނުކުތުމާ ގުޅިގެން.

ވޯޓު ލާފައި، ކަރުދާސްކޮޅު ދެއްކުމުން ފުވައްމުލަކުގައި މީހަކު ވަނީ ހައްޔަރުކޮށްފައި. މިއީ މިހާރު ކުރިއަށް ދާ ރިޔާސީ އިންތިހާބުގައި ވޯޓާ ގުޅިގެން މީހަކު ހައްޔަރުކުރި ފުރަތަމަ. ވޯޓު ކަރުދާސްކޮޅު އެގޮތަށް ދެއްކުމަކީ ގާނޫނީ ކުށެއް.

ވޯޓު ލުމަށް ފަހު އިނގިލީގައި ޖަގާ ފާހަގަ ވަރަށް ފަސޭހައިން ފޮހެވޭ ކަމުގެ ވާހަކަތަކެއް ފެންމަތިވެއްޖެ. ބައެއް މީހުން ބުނަނީ ފާހަގަ ޖަހާތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަރަށް ފަސޭހައިން ފޮހެލެވޭ ކަމަށް. އެކަމަކު އިލެކްޝަންސް ކޮމިޝަނުން ބުނަނީ ފާހަގަ ފޮހެވުނަސް އިރުކޮޅަކުން އަނެއްކާ ވެސް ކުލަ އަރާނެ ކަމަށް.

މި އަހަރުގެ އިންތިހާބުގެ ކަންކަން ހިނގާ ގޮތް ބަލަން ޓްރާންސްޕޭރަންސީގެ ފަރާތުން 400 އެއްހާ އޮބްޒާވަރުންނާއި ވޮލަންޓިއަރުން ހަރަކާތްތެރިވޭ.

ޓްރާންސްޕޭރަންސީން ބުނީ ވޯޓު ލާ ހުރިހާ މަރުކަޒެއްގައި ވެސް އޮފިޝަލުން ހާރިޒުވެ ތިބި ކަމަށް. އަދި ވޯޓު ލާން ފެށުމުގެ ކުރިން ވޯޓު ކަރުދާސް ގުނާ ހަމަކުރި ކަމާއި ވޯޓު ފޮށިތައް ހުރީ ހުސްކޮށް ކަމަށް ވެސް، އެ ޖަމިއްޔާ އިން ބުނޭ.

މި އިންތިހާބުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށާއި އެއްވެސް ހަމަނުޖެހުމެއް ނުހިންގުމަށް ރައްޔިތުންގެ ކިބައިން ފުލުހުން އެދެފި. ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެއްވެސް ހަމަނުޖެހުމެއް ހިންގުމަށް ފުލުހުން ފުރުސަތު ނުދޭނެ ކަމަށާއި ފުލުހުންގެ ފޯސް އޮފީ ތައްޔާރަށް ކަމަށް.

ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނީ ވޯޓު ލުން ފެށިފައި ވަނީ ޖުމްލަ ގޮތެއްގައި ރަނގަށް ކަމަށް. އެގޮތުން 97 ޕަސެންޓް މަރުކަޒުގައި، ހެނދުނު 0830 ގައި ވަނީ ވޯޓު ލުން ފަށާފައި ކަމަށް އެ ޖަމިއްޔާ އިން ބުނޭ.

ރިޔާސީ އިންތިޚާބުގެ ކަވަރޭޖް ބޭރުގެ ބޮޑެތި މީޑިއާތަކުން ވެސް ގެނެސްދެމުން އެބަދޭ. ދުނިޔޭގެ އެންމެ މަޝްހޫރު މީޑިއާތައް ކަމަށްވާ ބީބީސީ އާއި އަލްޖަޒީރާ އާއި ރޮއިޓާސްގެ އިތުރުން އެމެރިކާގެ ފޮކްސް ނިއުސްގެ އިތުރުން އިންޑިއާގެ އެންމެ މަޝްހޫރު އެއް މީޑިއާ ކަމަށްވާ ޓައިމްސް އޮފް އިންޑިއާ ހިމެނޭ.

އާ ގާނޫނުއަސާސީ ތަސްދީގުކޮށް 2008 ގައި، ސިޔާސީ ޕާޓީތަކަށާއި އަމިއްލަ ގޮތުން ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބުނު ފަހުން، ވޯޓު ލާ މީހުންގެ އަދަދު އަންނަނީ މަތިވަމުން. ފުރަތަމަ އިންތިޚާބުގައި 2008 ގެ ދެ ވަނަ ބުރުގައި، ވޯޓު ލުމުގެ ހައްގު ލިބުނު 209،294 މީހުންގެ ތެރެއިން 86 ޕަސެންޓް ވޯޓު ލާފައިވޭ. އޭގެ ފަހުން 2013 ގައި އޮތް އިންތިހާބުގެ ދެ ވަނަ ބުރުގައި، ވޯޓު ލުމުގެ ހައްގު ލިބުނު 239،165 މީހުންގެ ތެރެއިން 91 ޕަސެންޓް ވޯޓު ލި. މިއަދު ކުރިއަށް ދާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 262،135. މިއީ އެންމެ ފަހުގެ އިންތިހާބަށް ވުރެ 22،970 އިތުރު އަދަދެއް.

ބައެއް އެހެން އިންތިހާބުތަކާ ހިލާފަށް މިހާތަނަށް އައިއިރު ވަރަށް ގިނަ ބަޔަކު ވަނީ ވޯޓު ލާން ނުކުމެފައި. ވޯޓު ފޮށިތައް ކައިރީގައި ހެނދުނުން ފެށިގެން ކިޔޫ ހަދާލައިފައި އޮތް އިރު މިހާރު ވެސް ވަރަށް ގިނަ ބަޔަކު ވޯޓުލާން ނުކުންނަމުން އެބަދޭ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، ހެނދުނު އެހާ ގިނަ ބަޔަކު ނުކުތީ މެންދުރު ފަހު ގިނަ ބަޔަކު ވޯޓު ލާން ނުކުމެ ބާރުބޮޑުވެދާނެތީ

ޓެބްލެޓުން ނަންތައް ޗެކްކޮށް މާކު ކުރާ ގޮތަށް ކުރިން ހަމަޖައްސާފައި ވިޔަސް، ވޯޓު ލާ ބައެއް މަރުކަޒުތަކުގައި ޓެބްލެޓްގެ މަސައްކަތް ނުކުރާތީ ނަން ޗެކްކުރަމުން ދަނީ މެނުއަލްކޮށް

ހުރިހާ ރަށެއްގައި ވެސް ވޯޓުން ލުން ދަނީ ވަރަށް އޮމާންކޮށް. އެއްވެސް ރަށެއްގައި އެެއްވެސް ހަމަނުޖެހުމެއް ނެތް.

ފުރަތަމަ ފަހަރަށް ވޯޓު ލީ ޒުވާނަކު: ގައުމުގެ ކަންކަމަށް ގޮތް ނިންމުމުގެ ފުރުސަތު އެބަ އޮތޭ ޒުވާނުންގެ އަަތްމަތީގައި. ހައްގުތައް ލިބިފައޭ އޮތީ ދިވެހިންނަށް، އަދި އެ ހައްގުގެ ބޭނުން ކުރަމުންދާ ތަން އަޅުގަނޑަށް ފެންނަނީ. ގިނަ މީހުން ތިބީ ވަރަށް އުފާވެރިވެފައި. އަޅުގަނޑު ވެސް ވަރަށް އުފާވޭ.

ވޯޓު ލާން ފެށިތާ ދޮޅު ގަޑިއިރުވީއިރު ވޯޓު ލާ މަރުކަޒުތައް ކައިރީގައި މިހާރު ވަރަށް ދިގު ކިޔޫއެއް އެބައޮތް.

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވޯޓު ލައްވައިފި. އިބޫ ވޯޓު ލެއްވީ އިމާދުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ލާ ފޮއްޓަށް. އެއީ ޅ. ހިންނަވަރު ރައްޔިތުންގެ ތެރެއިން މާލޭގައި ވޯޓު ލާ މީހުންނަށް ބަހައްޓާފައިވާ ފޮށި.

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ފައިސަލް ނަސީމް ދާދި ދެންމެއަކު ވޯޓު ލައްވައިފި. ފައިސަލް ވޯޓު ލެއްވީ އަރަބިއްޔާގައި ބަހައްޓާފައިވާ ފޮއްޓަށް.

ރައީސް އަދި ޕީޕީއެމްގެ ކެންޑިޑޭޓް ދާދި ދެންމެއަކު ވޯޓު ލައްވައިފި. ރައީސް ވޯޓު ލެއްވީ ސީއެޗްއެސްސީގެ ވޯޓު ފޮއްޓަށް. އަދި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވެސް މިހާރު ވަނީ ވޯޓު ލައްވައިފައި.

ޓެބްލެޓަށް ދިމާވި މައްސަލައަކާ ގުޅިގެން މެލޭޝިޔާ އާއި ލަންކާގެ ވޯޓު ލުން އަދި ނުފަށާ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން ބުނީ ޓެބްލެޓްގެ މައްސަލަ ދިމާވިއަސް އާންމު އުސޫލުން ވޯޓު ލުމުގެ ކަންތައްތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް. އަދި ޓެބްލެޓްތަކަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރަމުން އަންނަ ކަމަށް އީސީން ބުނޭ

ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު ހޮވުމަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދާދި ދެންމެއަކު ވޯޓު ލުން ފަށައިފި އެވެ.

މި އިންތިހާބުގައި ވޯޓު ލުމަށް ޓަކައި ރާއްޖޭގައި ޖުމްލަ 472 ވޯޓު ފޮށި ބަހައްޓާއިރު 262,135 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ވޯޓު ލުން ކުރިއަށް ދާނެ އެވެ. މި އިންތިހާބުގައި މިއަދު ވޯޓު ލުން ފެށި އިރު ހެނދުނު 8 ޖެހުމުގެ ކުރިން ފޮށިތައް ކައިރީގައި ވަނީ ކިޔޫ ހަދަން ފަށައިފަ އެވެ.