22 ސެޕްޓެމްބަރ 2018 - 16:10

އަމުރުގައި ވާ ގޮތުން މާދަމާގެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން މީހުންނަށް ރިޝްވަތު ދެއްވާ ކަމަށް ތުހުމަތުކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އީވާ އަބްދުﷲ ގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) އަށް. ސާބެ އެކަން ކުރައްވަނީ އިތުރު ބަޔަކާ ބައިވެރިވެގެން ކަމަށް ވެސް، އަމުރުގެ ތަފުސީލުގައި ވޭ. އިމާރާތް ފާސްކުރުމުގެ ހުއްދަ ދީފައި ވަނީ ފުލުހުން އެ މަސައްކަތް ފަށާތާ 14 ގަޑި އިރު. އަމުރު ހިނގާނެ މުއްދަތެއް ކަމަށް ބުނެފައި ވަނީ 24 ގަޑިއިރު.

ކޯޓު އަމުރު ހޯަދަން ފުލުހުން އެދުނީ، އެ އަމުރުގައި ވާ ގޮތުން، އެ އިމާރާތުގެ "7،6،5،4،3،2،1 ވަނަ ފަންގިފިލާގައި މައްސަލައާ ގުޅޭ ފައިސާގެ މުއާމަލާތާ ގުޅުން ހުރި އެންމެހާ ލިޔެކިޔުންތަކާއި ރިޝްވަތުގެ ގޮތުގައި ދިނުމަށް ބަހައްޓާފައި ހުރި ފައިސާ އާއި އަދި މި ނޫނަސް މި މައްސަލައާ ގުޅުން ހުރި އެންމެހާ ލިޔެކިޔުމާއި ތަކެތި ބަލާ ފާސްކުރަން."

އެ އިމާރާތަށް ފުލުހުން ވަދެ، އާންމުންނަށް ތަން ބަންދުކުރީ މިއަދު ހަވީރު ކަމަށް ވިޔަސް، ކްރިމިނަލް ކޯޓުން އަމުރު ނެރެފައި ވަނީ މިރޭ 20:45 ގައި. ކޯޓު އަމުރެއް ނެތި ފުލުހުން އެތަނަށް ވަނުމުން، އެމްޑީޕީގެ ވަކީލުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފައި.

ސޯލްޓް ކެފޭ ހުންނަ ޝައިންޓްރީ ބިލްޑިންގައި ހިންގަމުން އަންނަ، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ކެމްޕެއިން އޮފީހަށް ފުލުހުން ވަދެ ފާސްކުރަނީ، އިންތިހާބަށް ރިޝްވަތު ދިނުމުގެ ކަންކަން ހިންގާތީ ކަމަށް، ކޯޓު އަމުރުގައި ވަނީ ބުނެފައި.

އިބޫގެ ކެމްޕޭން އޮފީހުގައި ފުލުހުން ހަރަކާތްްތެރި ވަނީ ކޯޓު އަމުރެއް ނެތި ކަމަށާއި އެއީ ހިސޯރު ކުރުމެއް ކަމަށް ގާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވެއްޖެ. ކޯޓު އަމުރާ ބެހޭ ގޮތުން ފުލުހުންނާ ސުވާލު ކުރުމުން ފުލުހުން އެއްވެސް އެއްޗެކޭ އަދި ނުބުނޭ. އިބޫގެ ކެމްޕޭން އޮފީސް ހުންނަ ސޯލްޓް އިމާރާތުގެ ދޮރުމަތީގައި މިހާރު ވެސް ފުލުހުން އެބަތިބި

އިބޫގެ ކެމްޕެއިން އޮފީސް ކައިރިއަށް އިތުރު ފުލުހުން ހިނގައްޖެ

އިބޫގެ ކެމްޕެއިން އޮފީސް ހިންގާ އިމާރާތުގެ ތިރީގައި އަދިވެސް ފުލުހުން އެބަ ހަރަކާތްތެރިވޭ. އެކަމަކު އޮފީސް ތެރެއަށް އެއްވެސް ބަޔަކު ނުވައްދާތީ، އޮފީހުގައި ފުލުހުން ހަރަކާތްތެރިވާ ގޮތުގެ އެއްވެސް މައުލޫމާތެއް އަދިއެއް ނުލިބޭ.
މާދަމާ ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިބޫގެ ކެމްޕެއިން އޮފީހަށް ފުލުހުން ވަދެއްޖެ އެވެ.
އިބޫގެ ކެމްޕެއިން އޮފީސް ހުންނަނީ ސޯލްޓް ކެފޭ ރެސްޓޯރަންޓް ހިންގާ ޝައިން ޓްރީ ބިލްޑިންގްގެ ފަސްވަނަ ފްލޯގަ އެވެ.
ފުލުހުން ދެންމެ ކުރި ޓުވީޓެއްގައި ބުނީ ސޯލްޓް ކެފޭ ހިންގާ ޝައިން ޓްރީ ބިލްޑިންގްގައި ހިނގަމުން ދިޔަ ގާނޫނާ ޚިލާފު ކަންތައްތަކެއް ހުއްޓުވުމަށް އެތަނަށް ވަދެ އެކަން ހުއްޓުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ތަފްސީލެއް ނުދެ އެވެ.
އިބޫގެ ކެމްޕެއިން އޮފީހަށް ފުލުހުން ވަދެފައިވާއިރު، އިންތިޚާބުގެ ކެމްޕެއިން ނިންމައިލުމުގެ ގޮތުން އިބޫ އާއި އިދިކޮޅު ކޯލިޝަންގެ އިސްބޭފުޅުން ގެންދަވަނީ ޕެރޭޑެއް މާލޭގައި ބާއްވަމުންނެވެ. އެހެންވެ، އިބޫ އާއި ކޯލިޝަންގެ އިސްވެރިން އޮފީހުގައި ވަޑައިގެން ނެތެވެ.
ޝައިން ޓްރީ ބިލްޑިންގަށް އެއްވެސް ބަޔަކަށް ނުވަދެވޭ ގޮތަށް ފުލުހުން މިހާރު ވަނީ ބަންދުކޮށްފަ އެވެ.
ތަފްސީލް އަންނަނީ...