ފެންވައިރުކުރާ މީހުންނަށް ޓެކްނިކަލް ޓްރެއިނިން ޕްރޮގްރާމެއް އެލިއާ އިން ބާއްވައިފި
ފެންވައިރުކުރާ މީހުންނަށް ޓެކްނިކަލް ޓްރެއިނިން ޕްރޮގްރާމެއް އެލިއާ އިން ބާއްވައިފި

ފެންވައިރުކުރާ މީހުންނަށް ހާއްސަކޮށްގެން ޓެކްނިކަލް ޓްރެއިނިން ޕްރޮގްރާމެއް އެލިއާ އިންވެސްޓްމެންޓްސް އިން މިއަދު ބާއްވައިފި އެވެ.

ފެންވައިރުކުރާ މީހުންނަށް ޓެކްނިކަލް ޓްރެއިނިން ޕްރޮގްރާމެއް އެލިއާ އިން ބާއްވައިފި
ފެންވައިރުކުރާ މީހުންނަށް ޓެކްނިކަލް ޓްރެއިނިން ޕްރޮގްރާމެއް އެލިއާ އިން ބާއްވައިފި

އެލިއާ އިން ބުނީ އެ ޓްރެއިނިންގެ ސެޝަންގައި ފާހާނާއަށް ބޭނުންވާ އާލާތްތައް އުފެއްދުމުގައި ދުނިޔޭގެ ނަން މަޝްހޫރު "ކޯލާ" ބްރޭންޑްގެ ޓެކްނިކަލް ޓީމުގެ އިސްވެރިންނާއި އެލިއާގެ މުވައްޒަފުން ވެސް ބައިވެރިވި ކަމަށެވެ.

ފެންވައިރުކުރާ މީހުންނަށް ޓެކްނިކަލް ޓްރެއިނިން ޕްރޮގްރާމެއް އެލިއާ އިން ބާއްވައިފި
ފެންވައިރުކުރާ މީހުންނަށް ޓެކްނިކަލް ޓްރެއިނިން ޕްރޮގްރާމެއް އެލިއާ އިން ބާއްވައިފި

"މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ކޯލާގެ އުފެއްދުންތައް އެންމެ ފުރިހަމަ ގޮތަށް އިންސްޓޯލްކުރަން ދަސްކޮށްދިނުން. މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ފެންވައިރު ކުރުމާއި އިންސްޓޮލޭޝަންގައި ދިމާވާ އުނދަގޫތައް މަދުކޮށް، ބައިވެރިން މިކަންތައްތަކަށް އަހުލުވެރިކޮށް، ކޯލާ އުފެއްދުންތައް ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ މަގު ފަހި ވެގެންދާނެ ކަމަށް އެލިއާއިން ގަބޫލުކުރޭ،" އެ ކުންފުނިން ބުންޏެވެ.

އެ ޓްރެއިނިންގް ސެޝަން ކުރިއަށްދިޔައީ މިއަދު ހަވީރު 6 ން ރޭގަނޑު 9 އަށް ސިޓްރޮން ރެސްޓޯރަންޓްގަ އެވެ. އަދި މި ޓްރެއިނިންގް ސެޝަންގައި އެކިއެކި މުއައްސަސާތަކުން ފެންވައިރުކުރާ މީހުންނާއި އެކަމާ ގުޅުންހުރި ކުންފުނިތަކާއި ސަރުކާރުގެ ބައެއް އިދާރާތަކުން ބައިވެރިވި އެވެ.

މިއީ އެލިއާއިން މި ޓްރެއިން ބާއްވާ ދެވަނަ ވަނަ އަހަރެވެ.

އެލިއާ އިންވެސްޓްމެންޓްސް އިން ދުނިޔޭގެ ނަން މަޝްހޫރު ކޯލާ ބްރޭންޑްގެ ސެނިޓަރީ އާލަތްތައް ރާއްޖެއަށް އެތެރެކޮށް ވިއްކަންފެށީ 2013 އިން ފެށިގެންނެވެ. އަދި މިދިޔަ ޖުލައި މަހު މަޖީދީމަގުގައި އަލަށް ހުޅުވި އެލިއާ ސްޓޯރުން ކޯލާގެ ޒަމާނީ އުފެއްދުންތައް ލިބެން ހުންނާނެ އެވެ.