އަދީބުގެ ބަޔާންތަކާ ގުޅިގެން ވަކީލް ސިރާޖު ހައްޔަރުކޮށްފި
އަދީބުގެ ބަޔާންތަކާ ގުޅިގެން ވަކީލް ސިރާޖު ހައްޔަރުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މޫސާ ސިރާޖު މިރޭ ހައްޔަރުކޮށްފި އެވެ.

އޭނާގެ ވަކީލް މަހުފޫޒް ސައީދު ވިދާޅުވީ ސިރާޖު ހައްޔަރުކުރީ، ރައީސް އަބްދުﷲ ޔާމީން ޖިނާއީ ކުށްތަކެއް ކުރި ކަމެއް ބުނެ އަދީބާ ހަވާލާ ދެއްވައި ދޮގު ވާހަކަތަކެއް ފެތުރި ކަމަށް ބުނާ މައްސަލައިގައި ކަމަށެވެ.

އޭނާ ހައްޔަރުކުރީ ހޮޓެލް ޖެން އިން ނުކުތް ތަނާ ކޯޓު އަމުރެއްގެ ދަށުންނެވެ.

ސިރާޖު ގެންދަވަނީ ރައީސް ޔާމީނަށް ރައްދުވާ ގޮތަށް، އަދީބުގެ ފަރާތުން ތަފާތު ބަޔާންތައް ނެރެމުންނެވެ.