އުނދުނުގެ ހޫނުމިން ބަލަން މާ ފަސޭހަ ގޮތެއް
އުނދުނުގެ ހޫނުމިން ބަލަން މާ ފަސޭހަ ގޮތެއް

ކެއްކުމަކީ ވަރަށް ޚާއްސަ ހުނަރުވެރިކަމެކެވެ. ކޮންމެ ކޮންމެ މީހަކަށް ހުރިހާ ބާވަތެއްގެ ކާތަކެތި އެންމެ ފުރިހަމައަށް ކައްކަން ނޭނގިދާނެއެވެ. ނަމަވެސް އެކަށީގެންވާ ވަސީލަތްތައް ލިބިފައިވާ ނަމަ ކެއްކުމުގައިވެސް ކުޅަދާނަކަން ދެއްކިދާނެއެވެ.

އުނދުނުގެ ހޫނުމިން ބަލަން މާ ފަސޭހަ ގޮތެއް
އުނދުނުގެ ހޫނުމިން ބަލަން މާ ފަސޭހަ ގޮތެއް

ކެއްކުމުގައި އެންމެ ގިނަ ފަހަރަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ތަވާމަތީގެ ހޫނުމިން ހުންނަ ވަރު ވަޒަންނުކުރެވުމެވެ. އަވަންތެރެއަށް އެއްޗެއް ފިހަންލާ ނަމަ، ހޫނުމިން ހުންނަ ވަރު ޔަގީންކުރެވެއެވެ. ހޫނުމިނާއި ފިހަން ހޭދަކުރާނެ ވަގުތު، ނަމްބަރުތަކުން ފެންނަން ހުރެއެވެ. އެކަމަކު އުނދުންމަތީގައި މިގޮތަށް ހޫނުމިން އެނގޭނެ ގޮތެއް ނޯވެއެވެ. ޕޭންޕާފެކްޓަކީ މިކަމަށް މިހާރު ހޯދާފައިވާ ހައްލެކެވެ.

އުނދުނުގެ ހޫނުމިން ބަލަން މާ ފަސޭހަ ގޮތެއް
އުނދުނުގެ ހޫނުމިން ބަލަން މާ ފަސޭހަ ގޮތެއް

ކެއްކުމަށް ލޯބިކުރާ މީހެއް ކަމަށްވާ ކޭ ހޯ އަކީ، ކައްކާއިރު އުނދުންމައްޗަށް އުދާ ތަވަ އާއި ތެލިފަދަ ތަކެތީގެ ހޫނުމިން ކަށަވަރު ނުކުރެވިގެން އެތައް ފަހަރަކު އެތައް ދަތިތަކެއް ތަހައްމަލުކުރަންޖެހިފައިވާ މީހެކެވެ. އޭނާއަށް މިކަންކަން ހަމައަކަށް އަޅުވަން ފެނުނީ ޕޭންޕާފެކްޓެވެ. މިއީ އުނދުނާ ދިމާ ފާރުގައި ބަހައްޓާ ތާމަލް ކެމެރާއެކެވެ. އާދައިގެ ކެމެރާއާ ޚިލާފަށް ތާމަލް ކެމެރާއަށް އިހުސާސްވާނީ އިންފްރާރެޑްގެ ހޫނުކަމެވެ. ތެލިތަވާ ފަދަ ތަކެއްޗަށް ހޫނުވެގެން އަރާ އާތްވަކީ އިންފްރާރެޑްގެ ހޫނެވެ. ކޭ ހޯގެ އުފެއްދުމުގައި އުނދުނަށް ހޫނުވާ މިންވަރު ވަޒަންކުރަނީ މި ބުނި އިންފްރާރެޑްގެ ހޫނުމިނުންނެވެ.

ޕޭންޕާފެކްޓް އިންސްޓޯލްކުރުމަކީ މާ އުނދަގޫ ކަމެއްނޫނެވެ. އުނދުނާ ދިމާ ފާރުގައި މީގެ ބުޑުގަނޑު ހަރުކުރާނީއެވެ. ބުޑުގަނޑުގައި މި ޑިވައިސް އަޅުވާނެ ޖާގަ ހުންނާނެއެވެ. ރަގަޅަށް އެއް ގަޑިއިރު ޗާޖުކުރުމަށްފަހު މީގެ ޖާގައިގަ ބަހައްޓާލުމަށްފަހު ތަވާ ހޫނުކުރަންވީ މިންވަރު ޕޭންޕާފެކްޓް ޑިވައިސްގެ ޓަޗްސްކްރީނުން އިޚްތިޔާރުކުރަންވީއެވެ. ސްމާޓްފޯނު އެޕުންވެސް މި ގޮތަށް އެ ޑިވައިސްއާ ކުޅެވޭނެއެވެ. ރަގަޅަށް ޗާޖުކޮށްގެން ތިން ގަޑިއިރު ބޭނުންކުރެވޭނެއެވެ.

ޕޭންޕާފެކްޓް ބޭނުންކުރަން ފެށުމަކީ ކެއްކުމަށް ލިބުނު އިތުރު ކުރިއެރުމެއްކަމަށް ކޭ ހޯ ދެކެއެވެ. ކެއްކުމުގެ ތެރޭގައި އެއްފަރާތަކަށް ޖެހިލަންވިޔަސް އެއްވެސް ކަންބޮޑުވުމެއް ނެތެވެ. ކޮންމެ ތާކު އިނަސް ފޯނުން ދާނީ އުނދުންމަތީ ހުރި ރިހަތެލީގެ ހާލު ބަލަމުންނެވެ. މާ ބޮޑަށް ހޫނުވާނަމަ އިންޒާރުގެ އަޑު އިއްވާނެއެވެ.