އަދިވެސް ކިޔަންވީ ސްމާޓްފޯނޭތަ؟
އަދިވެސް ކިޔަންވީ ސްމާޓްފޯނޭތަ؟

އަހަރެމެން އެ އަށް އަދިވެސް ސްމާޓްފޯނޭ ކިޔަންވީ އެވެ. ޓެލެފޯނެއް ގޮތުގައި ބޭނުންކުރެވެނީ މަދު ފަހަރަކު ކަމުގައި ވިޔަސް އެވެ. ސްކްރީން ބިޔަ ފޯނުތައް، 24 ގަޑިއިރު އަތުގައި އޮތަސް، ފޯނު ކޯލެއް ކުރެވެނީ މަދު ފަހަރަކު އެވެ. ފޯނުކުރުމަށް ވުރެ އެހެން ބޭނުންތަކުގައި ސްމާޓްފޯން ބޭނުންކުރެވޭ މިންވަރު ގިނަ އެވެ.

ސްމާޓްފޯނަކީ މިހާރު ޓެލެފޯނެއް ނޫނެވެ. އެއީ ބާރުގަދަ ކޮމްޕިއުޓަރެކެވެ. މަސައްކަތްތައް ފަހިކޮށްދޭ އެހީތެރިއެކެވެ. ގެއާއި އޮފީހުގަ އެވެ. އިޖުތިމާއީ މައިދާންތަކުގަ އެވެ.

ޓެލެފޯނަށް ވާ ބައި ސްމާޓްފޯނުން ނަގާށެވެ. ސްމާޓްކަމަށް ހީނަރުކަމެއް ނާންނާނެ އެވެ. ސްކައިޕް އެ އޮތީ އެވެ. ވައިބާ އާއި ފޭސްބުކް ފަދަ ސޯޝަލް އެތައް އެޕްލިކޭޝަނެކެވެ. އީމެއިލަށް ވުރެ ޓެކްސްޓް މެސެޖް އަދި މާ ފަސޭހަ އެވެ. ވީޑިއޯ ކޯލް އެވެ. ޑޮކިއުމަންޓް އެޑިޓްކޮށް ކުރަހައި ކުލަ ވެސް ޖައްސަންވީ އެވެ.

ޑެސްކްޓޮޕްތަކާއި ލެޕްޓޮޕްތައް އެބަ ހުއްޓެވެ. އެ އާލާތްތަކަށް ވުރެ ގިނައިން ސްމާޓްފޯން ބޭނުންކުރެވެ އެވެ. އަތްފޯރާ ފަށުގައި އަބަދު ގެންގުޅެވޭތީ އެވެ. ޖީބާއި އަތްދަބަހުގަ އެވެ.

ލެޕްޓޮޕެއް ހަމަ އެހާ މުހިންމު ހެއްޔެވެ؟ ހިތު ހުރި ހުރިހާ ކަމެއް ސްމާޓްފޯނުން ކުރެވެ އެވެ. ޑެސްކްޓޮޕް ކޮމްޕިއުޓަރެއް ވެސް ބޭނުމެއް ނެތެވެ. ލެޕްޓޮޕާއި ޑެސްކްޓޮޕް ކޮމްޕިއުޓަރުގެ މައްޗަށް ސްމާޓްފޯން ވެރިވެގަންނާނެ ދުވަސް ދުރެއް ނޫނެވެ. އެކަން ކުރުމަށްޓަކައި ސްމާޓްފޯނަށް ބަދަލުތަކެއް ގެންނާކަށް ވެސް ނުޖެހެ އެވެ. އެކަމަކު ބައެއް ކަހަލަ "އެކްސެސޮރީޒް" ބޭނުންވެ އެވެ.

ސެމްސަންގް "ގިއާ ވީއާރު" މަސައްކަތްކުރާ ގޮތް ދެކެބަލާށެވެ. ވީޑިއޯ ދައްކާލާނަމެވެ. އެ ފެންނަ ގޮތަށް ބޮޑު ސްކްރީނެއްގެ ފަހަތުގައި ސްމާޓްފޯން ތަތްކޮށްލާށެވެ. އެއީ "ސްމާޓްފޯން ޕަވާޑް" ކޮމްޕިއުޓަރެކެވެ. މި ބުނީ "ގިއާ ވީއާރު" ޓެކްނިކް ބޭނުންކޮށްގެން، ސްމާޓްފޯނެއް ކޮމްޕިއުޓަރަކަށް ބަދަލުކޮށްލެވިދާނެ ވާހަކަ އެވެ. ސްމާޓްފޯނުތައް އެހައި ވެސް ގާބިލެވެ. އެ ވަރަށް "ކޮމްޕިއުޓިން ޕަވާ" ހުންނާނެ އެވެ. މި ބުނި ކަހަލަ އާލަތެއް އުފައްދާފައި ހުރި ނަމަ، ދެއްކި ވާހަކަ އަނބުރާ ގެނައީ އެވެ.