ދުނިޔޭގެ އެންމެ މޮޅު ބްރޭންޑް ޓްރާންސްފޯމޭޝަންސްތަކުގެ އެވޯޑު ދިރާގަށް
ދުނިޔޭގެ އެންމެ މޮޅު ބްރޭންޑް ޓްރާންސްފޯމޭޝަންސްތަކުގެ އެވޯޑު ދިރާގަށް

ދުނިޔޭގެ އެންމެ މޮޅު ބްރޭންޑް ޓްރާންސްފޯމޭޝަންގެ އެވޯޑް، "ރީބްރޭންޑް 100 ގްލޯބަލް އެވޯޑްސް" ދިރާގަށް ލިބިއްޖެ އެވެ. މިއީ މިފަދަ ޝަރަފުވެރި ބައިނަލްއަގުވާމީ އެވޯޑެއް ދިވެހި ކުންފުންޏަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

ދުނިޔޭގެ އެންމެ މޮޅު ބްރޭންޑް ޓްރާންސްފޯމޭޝަންސްތަކުގެ އެވޯޑު ދިރާގަށް
ދުނިޔޭގެ އެންމެ މޮޅު ބްރޭންޑް ޓްރާންސްފޯމޭޝަންސްތަކުގެ އެވޯޑު ދިރާގަށް

ދިރާގުން ބުނިގޮތުގައި "ރީބްރޭންޑް" އަކީ ދުނިޔޭގެ ބްރޭންޑް ޓްރާންސްފޯމޭޝަންތަކާ ބެހޭ ގޮތުން ދިރާސާކުރާ އެންމެ ފުންނާބު އުސް ފަރާތެވެ. އެގޮތުން "ރީބްރޭންޑް 100 ގްލޯބަލް އެވޯޑްސް" އަކީ "ރީބްރޭންޑް" އިން ދުނިޔޭގެ ބްރޭންޑް ޓްރާންސްފޯމޭޝަންތަކުގެ މެދުގައި ބާއްވާ އެންމެ ޝަރަފުވެރި އެވޯޑެވެ.

އެ އެވޯޑުގެ ފަނޑިޔާރުންގެ ޕެނަލް ގައި ހިމެނެނީ ކަމަށް ގާބިލު އަދި އިންޑަސްޓްރީގެ ބައިނަލްއަގުވާމީ ތަޖުރިބާކާރުންނެވެ. އަދި މި ޕެނަލުން 42 ގައުމެއްގެ 37 އިންޑަސްޓްރީގެ ބްރޭންޑްތައް ދިރާސާ ކޮށްފައިވާ ކަމަށް ވެސް ދިރާގުން ބުންޏެވެ.

މިއަހަރުގެ "ރީބްރޭންޑް 100 ގްލޯބަލް އެވޯޑްސް"އާ ހަވާލާދީ ދިރާގުން ބުނިގޮތުގައި، އެވޯޑް ދިނުމުގައި ބަލާފައިވާ މައިގަނޑު ކަންތައްތަކަކީ އެންމެ ފުރިހަމައަށް ބްރޭންޑް ޓްރާންސްފޯމޭޝަންގެ ސްޓެރެޓެޖީތައް އެ ކުންފުންޏެއްގެ ސްޓްރެޓިޖިކް މަގުސަދާއި ކުންފުނީގެ އަމާޒާއި އެންމެ ގުޅޭ ގޮތަށް ކުރިއަށް ގެންގޮސްފައިވާ ވޭތޯ އެވެ.

"ގިނަ ބައިނަލް އަގުވާމީ ބްރޭންޑްތަކަކާއެކު މިފަދަ އެވޯޑެއްގައި ދިވެހި ކުންފުންޏެއް ހިމެނި، ދިރާގުގެ ނަން ފަވާލެވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބުނު ނުހަނު ބޮޑު އުފަލަކާއި ޝަރަފެއް. އަޅުގަނޑުމެންގެ ބްރޭންޑަށް ގެނެވުނު ބަދަލާއެކު ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ކަސްޓަމަރުން ބްރޭންޑަށް މި ގެނައި ބަދަލު ބަލައިގަތް ކަމީ އަޅުގަނޑުމެން ވަރަށް އުފާ ކުރާ ކަމެއް،" ސީނިއާ މެނޭޖަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވި އެވެ.

މިރުޝާން ވިދާޅުވީ އެ ކުންފުނިން ގެނައި ބަދަލަކީ ހަމައެކަނި ކުންފުނީގެ ލޯގޯ އާއި ކުލައަށް ގެނައި ބަދަލެއް ނޫން ކަމަށާއި އެ ބަދަލާއެކު ކުންފުނިން ދޭ ހިދުމަތްތައް ކަމަށްވާ ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ފަދަ ހިދުމަތްތަކަށް ވެސް އިންގިލާބީ ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން އައިޕީ ޓީވީ އަދި މޯބައިލް މަނީގެ ހިދުމަތް ފަދަ އާ ޑިޖިޓަލް ހިދުމަތްތައް ތަޢާރަފްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ބަދަލަކީ ކުންފުނީގެ ސްޓްރެޓިޖިކް މަގުސަދާއި އަމާޒަށް ފެތޭގޮތަށް ގެނައި ބަދަލެއް. މި އައު ބްރޭންޑިން އިން ހާމަ ވެގެން ގޮސްފައި ވަނީ ދިރާގަކީ އަބަދުވެސް ކަސްޓަމަރުންނަށް އަޅާލައި، އިތުބާރުހިފޭ، ފެންވަރު ރަނގަޅު، ފަސޭހަ އަދި މުސްތަގުބަލާ ރައްޓެހި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިއޮންނާނެ ކުންފުންޏެއްކަން،" މިރުޝާން ވިދާޅުވި އެވެ.

ދިރާގުން ވަނީ މި ދިޔަ އަހަރު މޭ 24 ވަނަ ދުވަހު، ކުންފުނީގެ މައިގަނޑު ކުލައަކަށް އޮރެންޖް ހިޔާރުކޮށް މުޅިން އާ ލޯގޯއެއް ތައާރަފްކޮށްފަ އެވެ. ޒަމާނީ ވިސްނުމާއި، އުޖާލާ މުސްތަގުބަލަކާ އެކުވެރިކަން ރަމްޒުކޮށްދޭ ގޮތަށް ދިރާގުގެ އެބްރޭންޑް ކަށަވަރުކޮށްދީފައި ވަނީ ދިރާގަކީ ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅި ކުރިއަރުވާ ނުވަތަ ލައިފްސްޓައިލް ޑްރިވަން ޑިޖިޓަލް ސާވިސަސް ކުންފުންޏެއް ކަން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ޓޭކް އޮން ޓުމޯރޯ" ނުވަތަ "މުސްތަޤްބަލަށް ފުރިހަމައަށް ތައްޔާރު" މި ޝިޔާރު ހިޔާރުކޮށް، މި ބްރޭންޑިންގަކީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއެކު ދިރިއުޅުމަށް އަންނަ ކުރިއެރުންތަކަށް ދިރާގު ތައްޔާރަށް އޮތްކަން ދޭހަކޮށްދޭ ބަދަލެކެވެ. އާ ބްރޭންޑިންގ އާއެކު ދިރާގުގެ މަޤްސަދަކަށް ވެގެން ދިޔައީ ކަސްޓަމަރުން ބާރުވެރިކޮށް މި ޑިޖިޓަލް މުސްތަޤްބަލުގެ ބޭނުން އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމެވެ.