20 ސެޕްޓެމްބަރ 2018 - 13:01

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކުޑަކުއްޖަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
ފުލުހުން ހޯދަމުން އަންނަނީ، މާލެ، މ.ރަންބޮލި، ޢަބްދުﷲ އިޝާން ނައުޝާދު 16 އެވެ.
ނައުޝާދާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، އެ ޑިޕާޓުމެންޓްގެ ނަމްބަރު 9790163 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.