22 ސެޕްޓެމްބަރ 2018 - 08:50

މި އަހަރުގެ ކުރީކޮޅު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި "ބްލެކް ޕެންތާ" ގެ ޑައިރެކްޓަރު ރަޔަން ކޫގްލާ އާއި ވާނާ ބްރަދާޒް އަނެއްކާ ވެސް އާ ފިލްމެއް ގެނެސްދޭން އަތުގުޅާލައިފި އެވެ. އެމެރިކާގެ މަޝްހޫރު ފުޓްބޯޅަ ތަރި ލެބްރޮން ޖޭމްސް މި ފިލްމުގައި ބޮޑު ރޯލެއް ކުޅޭނެ އެވެ.
މި ފަހަރު ރަޔަން ޑައިރެކްޓް ކުރާ ފިލްމެއް ނޫނެވެ. އޭނާ ޕްރޮޑިއުސަރެއްގެ ޒިންމާ ނަގާ ފިލްމަކީ ލީޑް ރޯލަށް ޖޭމްސް އާއި ބަގްސް ބަނީ ހިމަނައިގެން ގެނެސް ދޭން ނިންމާފައިވާ "ސްޕޭމް ޖޭމް" ގެ ސީކްއެލް އެވެ.
މި ފިލްމްގެ ފުރަތަމަ ބައި ޖޯއީ ޕައިޓްކާ ޑައިރެކްޓްކޮށް ގެނެސް ދިނީ 1996 ގަ އެވެ.
"ސްޕޭސް ޖޭމް" ސީކްއެލް ޑައިރެކްޓް ކުރަން ހަވާލުކޮށްފައި ވަނީ އެޗްބީއޯގެ "ރެންޑަމް އެކްޓްސް އޮފް ފްލައިނެސް" ގެ މޭސްތިރިޔާ ޓެރެންސް ނެންސްއާ އެވެ.
އޭނާ ޑައިރެކްޓްކޮށްފައިވާ ފިލްމްތަކުގެ ތެރޭގައި "އޭން އޯވަސިމްޕްލިފިކޭޝަން އޮފް ހާ ބިއުޓީ" އާއި "ސްވިމިން އިން ޔޯ ސްކިން އެގެއިން" ގެ އިތުރުން "ޔުނިވިޓިލެން" ހިމެނެ އެވެ.
"ފްރުޓްވިލް" އާއި "ކްރީޑް" ފަދަ ފިލްމްތައް ޑައިރެކްޓް ކުރި ރަޔަންގެ ކުރިއަށް އޮތް ފިލްމަކީ ނޮވެމްބަރު 21 އަށް ތާވަލުކޮށްފައިވާ ސިލްވެސްޓާ ސްޓެލޯން އާއި މައިކަލް ބީ ޖޯޑަންދެ "ކްރީޑް 2" އެވެ.
"ސްޕޭސް ޖޭމް" ގެ ސީކްއެލްވެގެން ދާނީ ޖޭމްސް، 33، ފިލްމެއްގެ ބޮޑު ރޯލަކުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. އޭނާ ކުރިން ވަނީ އެމީ ޝޫމާ އާއި ބިލް ހެޑާގެ 2015 ގެ ކޮމެޑީ ފިލްމު "ޓްރެއިންރެކް" ގައި ނަފުސީ ރޯލެއް ކުޅެފަ އެވެ.
"ސްޕޭން ޖޭމް" ގެ ސީކްއެލް ގެނެސް ދެނީ ޖޭމްސްގެ ކުންފުނި ސްޕްރިންގް ހިލް އެންޓަޓައިންމަންޓް ވެސް ހިއްސާވާ ގޮތަށެވެ.