20 ސެޕްޓެމްބަރ 2018 - 13:24

ވޮލްޓަސްއަށް 64 އަހަރު ފުރުމާ ގުޅިގެން، އެސްޓާސް އިން ހާއްސަ ހެޔޮ އަގެއްގައި އެ އެއާކޯން ވިއްކަން ފަށައިފި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާ ދާއިރާއެއްގައި ވޮލްޓަސްގެ އެއާކޯން ވިއްކާ ފިހާރައިން ބުނީ ވޮލްޓަސްއަކީ ފިނިކުރުމުގެ ޓެކްނޮލޮޖީގައި 60 އަހަރުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެއް ކަމަށެވެ. އަދި އެ މުނާސަބަތާ ގުޅުވައިގެން ކުރިޔަށް ގެންދާ ހާއްސަ އޮފާގެ ދަށުން އެއާކޯން ވަރަށް ހެޔޮއަގުގައި އެއާކޯން ލިބެން ހުންނާނެ ކަމަށް ވެސް އެސްޓާސް އިން ބުންޏެވެ.
އެ މުނާސަބަތާ ގުޅިގެން އެސްޓާއިސް 12،000 ބީޓީޔޫގެ އެއާކޯނެއް ވިއްކަނީ 6،999ރ. އަށެވެ. އަދި 18،000 ބީޓީޔޫގެ އެއާކޯނެއް 9،499ރ. އަށް ވިއްކާއިރު، 24،000 ބީޓީޔޫގެ އެއާކޯނެއް ވިއްކަނީ 11،999ރ. އަށެވެ.
ވޮލްޓަސް އަކީ އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި، ޓާޓާ ގްރޫޕްގެ ބިޒްނަސް ޔުނިޓެކެވެ. ވޯލްޓަސްއަކީ ވިއްކާ އަދަދަކަށް ބަލާއިރު އިންޑިއާގައި އެންމެ ގިނައިން ވިކޭ އެއާކޯންއަކީ ވޮލްޓަސް އެވެ.
އެސްޓާސް ގައި އޭސީގެ މަސައްކަތްކުރަން ހުނަރުވެރި އަދި އެތައް އަހަރެއްގެ ތަޖުރިބާހުރި ޓީމެއް އަންނަނީ ބޭނުންކުރަމުންނެވެ. އަދި އެތަނުން އޭސީގެ ސްޕެއާ ޕާޓްސްގެ އިތުރުން ވިޔަފާރި ބޭނުންތަކަށް ހާއްސަ ހެވީ ޑީއުޓީ އެއާކޯން ވެސް އެތަނުން މިހާރު ލިބެންހުރެ އެވެ.