ނަވާޒް ޝަރީފާއި ދަރިކަނބަލުން ޖަލުން ދޫކޮށްލަން ކޯޓުން އަންގައިފި
ނަވާޒް ޝަރީފާއި ދަރިކަނބަލުން ޖަލުން ދޫކޮށްލަން ކޯޓުން އަންގައިފި

އިސްލާމްއާބާދު (ސެޕްޓެމްބަރު 19) - ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް އާއި ދަރިކަނބަލުން މަރިޔަމް ނަވާޒްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ސަސްޕެންޑް ކުރުމަށް ފަހު އެ ދެބަފައިން ޖަލުން ދޫކޮށްލަން ޕާކިސްތާނުގެ ކޯޓަކުން މިއަދު އަންގައިފި އެވެ.

ޖިއޯ ޓީވީ އާއި އެހެން ބްރޯޑްކާސްޓަރުން ބުނެފައި ވަނީ ކޮރަޕްޝަނުގެ ކުށުގައި ނަވާޒް ޝަރީފުގެ މައްޗަށް އިއްވާފައިވާ 10 އަހަރުގެ ޖަލު ހުކުމާއި މަރިޔަމްގެ މައްޗަށް އިއްވާފައިވާ ހަތް އަހަރުގެ ޖަލު ހުކުމް ސަސްޕެންޑް ކުރަން އެންގީ އިސްލާމްއާބާދު ހައި ކޯޓުން ކަމަށެވެ.

އަނބިކަނބަލުން ކުލްސުމުގެ ޖަނާޒާގައި ބައިވެރިވުމަށް ނަވާޒް އާއި މަރިޔަމް މިދިޔަ ހަފުތާގައި ވަނީ ޕެރޯލުގެ ދަށުން ފަސް ދުވަހަށް ޖަލުން ނެރެފަ އެވެ.

ނަވާޒް ޖަލަށްލާފައި ވަނީ އަނބިކަނބަލުންގެ އަރިހުގައި ލަންޑަނުގައި ހުންނެވުމަށް ފަހު މިދިޔަ ޖުލައި މަހު އިސްލާމްއާބާދު އެއާޕޯޓުން ހައްޔަރު ކުރުމަށް ފަހު އެވެ.