19 ސެޕްޓެމްބަރ 2018 - 14:26

ޕިއޮންޔަން (ސެޕްޓެމްބަރު 19) - ނޯތު ކޮރެއާގެ މިސައިލް ޓެސްޓްކުރާ އެންމެ މުހިންމު ސަރަހައްދު ބަންދުކުރަން އެ ގައުމުން އެއްބަސްވެފައިވާ ކަމަށް ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިން ވިދާޅުވެއްޖެ އެވެ.

ޕިއޮންޔަންގައި ދެ ލީޑަރުން ބޭއްވި ބައްދަލުވުމަށް ފަހު ކޮރެއަން ޕެނިންސުލާ އިން ނިއުކްލިއާ ހަތިޔާރު ނައްތާލުމަށް އެއްބަސްވެފައިވާ ކަމަށް ވެސް މޫން ވިދާޅުވި އެވެ.
ސައުތު ކޮރެއާ އަށް ވަޑައިގަތުމުގެ ދައުވަތު މޫން ދެއްވުމުން ކިމް ވަނީ އެ ދަތުރަށް ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. މިއީ ނޯތު ކޮރެއާގެ ލީޑަރު ސައުތު ކޮރެއާ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެ ދަތުރު މި އަހަރު ނިމުމުގެ ކުރިން ކުރައްވާނެ ކަމަށް ބެލެވެ އެވެ.
ކިމް ވިދާޅުވެފައި ވަނީ ޓޮންޗަން-ރި މިސައިލް އިންޖީން ސައިޓް ބަންދުކުރާނެ ކަމަށާއި އެކަން ކުރާނީ ބައިނަލްއަގުވާމީ ތަޖްރިބާކާރުންގެ ހާޒިރުގައި ކަމަށެވެ. ނޯތު ކޮރެއާ އިން ކުރިން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ޖޫން މަހު ކިމް ސަމިޓް ބޭއްވުމުގެ ކުރިން ޕަންގީ-ރި ޓެސްޓް ސައިޓް ނައްތާލައިފަ އެވެ.