20 ސެޕްޓެމްބަރ 2018 - 07:03

ބްރެޑް ޕިޓާއި އެންޖެލީނާ ޖޮލީގެ ވަރީގެ މައްސަލަ އާއި ދަރިންގެ ކަސްޓަޑީއާ ގުޅޭ ގޮތުން އަދިވެސް ހަނގުރާމައެއްގެ ތެރޭގައި އުޅުނަސް، ފިލްމީ މަސައްކަތުގައި ޖޮލީގެ މަސައްކަތްތަކަށް ހުއްޓުމެއް ނެތެވެ. ދާދި ފަހުން "މެލެފިޝަންޓް 2" ގެ ގެ ޝޫޓިން ނިންމައިލި ބަތަލާ މިހާރު ވަނީ އަނެއްކާ ވެސް އާ ފިލްމަކަށް ސޮއިކޮށްފަ އެވެ.
އޭނާ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ މި ފިލްމަކީ "ދަ ކެޕްޓް" އެވެ. މިއީ 2014 ގައި ޖޭމްސް ސްކޮޓް ނެރުނު ވާހަކަ އަށް ބިނާކޮށް ހަދާ ފިލްމެކެވެ. މި ތުރިލާގެ ރައިޓްސް ގަނެފައި ވަނީ އިންޕެރޭޓިވް އެންޓަޓައިންމަންޓުންވެ.
ވެރައިޓީން ބުނި ގޮތުގައި "ދަ ކެޕްޓް" އަށް ޖޮލީ ސޮއި ކުރި އިރު، އޭނާ މިހާރު އަންނަނީ "ކަމް އަވޭ" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އެ ފިލްމްގައި ޖޮލީގެ ބަތަލަކީ މި އަހަރު ރިލީޒް ކުރި "ކްރިންޖޯ" ގެ އެކްޓަރު ޑޭވިޑް އޮޔެލޮވޯ އެވެ.
"ދަ ކެޕްޓް" ގެ ސްކްރީންޕްލޭ ލިޔަނީ އެލިސް ބާޗް އެވެ. ނަމަވެސް ފިލްމު ޑައިރެކްޓް ކުރާނެ މީހަކާއި ޝޫޓިން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.
ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މިހާރު މަސައްކަތް ކުރަމުން އަންނަ ޖޮލީ، 43، އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިގެން ދިޔަ ފިލްމަކީ ޑައިރެކްޓްކޮށް، ޕިޓާ އެކު 2015 ގައި ކުޅުނު "ބައި ދަ ސީ" އެވެ.