އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް
އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް

ރައީސް: އަޅުގަނޑުމެން ދެމަފިރިން މި ކުރަނީ އިހުލާސްތެރި މަސައްކަތް. އަޅުގަނޑު އުޅޭކަށް ގަނޑުވަރެއް އަޅައިފައެއް ނުހުންނާނެ. އަޅުގަނޑުގެ މުސާރަ އާއި އިނާޔަތް ބޮޑުކުރަން ހުށަހަޅައިފައެއް ނޯންނާނެ. މި އޮޑީގައި މިހިރީ ފިސާރި ކައްޕިއެއް. އެކަމަކު މިއޮޑި އަށް ތިޔަބޭފުޅުން ތެޔޮ އަޅައިދެއްވާ.

އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް
އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް

ރައީސް: މިމަހުގެ 23 ގައި އަޅުގަނޑުމެން މި ނިންމަނީ އެންމެ ކަމެއް ނޫން. އަޅުގަނޑުގެ ނިޔަތުގެ ތެދުވެރިކަން ތިޔަބޭފުޅުން ގަބޫލު ކުރައްވާ. އަޅުގަނޑުމެން ބޭނުންވަނީ ދިވެހިން ބޭނުންވާ ކަންކަން ފުއްދައިދޭން. އަޅުގަނޑުމެން މި ދަނީ ވެސް އެކަންކަން ފުރިހަމަކޮށްދެމުން.

އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް
އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް

ރައީސް: އަޅުގަނޑުމެންގެ ރާއްޖެ އަޅުގަނޑުމެންނަށް ދެއްވާ! މި ގައުމަށް ހަމަޖެހުމަށް ބޭނުންވާ. އަޅުގަނޑުމެން ބޭނުންވާ މުސްތަގުބަލު އަޅުގަނޑުމެން ބޭނުން.

އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް
އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް

ރައީސް: އަޅުގަނޑުގެ ފަސް އަހަރު ނިމޭއިރު އެއްވެސް ރަށެއް ނޯންނާނެ ކަނޑުމަގުން 30 މިނެޓުން އެއާޕޯޓަަކަށް ނުދެވޭނެ.

އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް
އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް

ރައީސް: ކަަރަންޓުގެ އަގު ހެޔޮކޮށްދޭނަން. އެކަން ކުރާނެ ގޮތުގެ ޕްލޭނެއް އަޅުގަނޑުމެންގެ އެބައޮތް އެކަން ކުރާނެ ގޮތް ވެސް އެބައޮތް

އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް
އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް

ރައީސް: ފެން ކުންފުނި ހިއްސާ ވިއްކާލީ. ފެން ކުންފުނި ވިއްކާލީމަ ކިހާ ހާލެއްގައިތޯ މި ދަނީ. ފެނުގެ އަގު ރަށްރަށާ އެއް ހަމައަކަށް އަޅުގަނޑު ގެނެސްދީފިމެއްނޫންތޯ. މިއީ އެއްވެސް ރައީސަކަށް ނުވި ކަމެއް. ފެން ކުންފުނި ވެސް މިހާރު މިއޮތީ މޮހޮނަށް އޮޑި ދޭ އުސޫލުން. އިރާދަކުރެއްވިއްޔާ 5 އަހަރުގެ ތެރޭގައި ފެން ކުންފުނީގެ މެޖޯރިޓީ ހިއްސާ ހޯދައިދީ ފެނުގެ އަގު ހެޔޮކޮށްދޭނަން،

އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް
އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް

ރައީސް: އަޅުގަނޑުމެން (ރައީސް މައުމޫންގެ) ސަރުކާރުން ވަކިވީ 55 ޕަސެންޓް އެއީ ސަރުކާރުގެ ހިއްސާ. އަނެއް 45 ޕަސެންޓް އެއީ ކޭބަލް އެންޑް ވަޔަލެސް. އެއީ ރާއްޖޭގެ އެންމެ ފައިދާ ބޮޑު ކުންފުނި. އެކަމަކު އެއިން 7 ޕަސެންޓް ހިއްސާ ވިއްކާލީ އަގުލަބިއްޔަތާއެކު. އިނގިރޭސި ޝާހީ އާއިލާގެ ބޭފުޅަކު ރާއްޖެ ވަޑައިގެން ރައީސް ނަޝީދާ މަޝްވަރާ ކުރެއްވުމަށް ފަހު. 7 ޕަސެންޓް ވިއްކާލީ އެންމެ 44 މިލިއަން ޑޮލަރަށް. އެއީ ކޯންޗެއްތޯ. މިއީ އަޅުގަނޑުމެންނަށް ދޮޅު އަހަރުގެ ޑިވިޑެންޓް. އެ ހަތް ޕަސެންޓް ގެއްލުމާ އެކު އަޅުގަނޑުމެންނަށް 55 މިލިއަން އަހަރަކު ގެއްލެމުން މި ދަނީ.

އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް
އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް

ރައީސް: މިއަދު ބާލިދީ އެއާޕޯޓަށް މި ޖެއްސީ އޭ 380 ގެ މަތިންދާ ބޯޓު. އޭގައި މި ގެނައީ ގައުމީ ޗެމްޕިއަން ޓީމު.

އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް
އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް

ރައީސް: މިރޭ މި ނެރުނީ އަޅުގަނޑުމެންގެ އާމްދަނީ ދެ ގުނަ މައްޗަށް ޖައްސާނެ މެނިފެސްޓޯއެއް. އެއީ 10 ހާސް ޑޮލަރު ލިބެންޏާ 20 ހާސް ޑޮލަރަށް މަތިކޮށްދޭނެ މެނިފެސްޓޯއެއް.

އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް
އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް

ރައީސް: މިރޭ މި ނެރުނީ އުންމީދުން ފުރިގެންވާ މެނިފެސްޓޯއެއް. އެއީ ކުރީގެ މެނިފެސްޓޯގެ އިތުރު ބައެއް.

އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް
އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް

ރައީސް: ޒުވާނުންނަށް އެންމެ ދަތިވެފައި އޮންނާނީ ވަޒީފާ. ކައިވެންޏާ ހަމައަށް ދިޔައީމަ ކޮންމެ ފިރިހެން ކުއްޖަކު ވެސް ބޭނުންވާނެ އޭނާގެ ގާލް ފްރެންޑަށް ތިއްތި ދައްކައިގެން. އެ މީހަކަށް ލިބެންވާ އާމްދަނީ ނުލިބެންޏާ ދެން ފަށާނީ ވައްކަން ކުރަން. އެހެންވީމަ، ގެދޮރުވެރިކަމަށް ވުރެ އިސް މި ވަނީ ވަޒީފާ.

އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް
އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް

ރައީސް: ހަތަރު ފަސް ލީޑަރެއްގެ ޖާދޫގައި މުގޯލި އަޅައިގެން އުޅޭ ބަޔަކަށް ދިވެހި ރައްޔިތުން ހަދައިގެން އެ އުޅުއްވަނީ ކީއްވެގެންތޯ؟ ކީއްވެގެންތޯ މިނިވަން ކަމާ އެކު ދިރިނޫޅެވެންވީ ކީއްވެގެންތޯ؟

އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް
އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް

ރައީސް: ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލުގައި އެމްއާރުއައި އެންމެ މެޝިނެއް ބަހައްޓައިގެން އެތައް އަހަރަކު ހިންގައިފި. މިއީ އެންމެ ދެ މިލިއަނެއްހާ ޑޮލަރު އިނގޭތޯ. ކީއްވެގެންތޯ އެމްޑީޕީ ސަރުކާރަށް މިކަން ނުވީ. ކީއްތޯ ވާނީ ޖީއެމްއާރަށް އެއާޕޯޓް ވިއްކައިގެން ލިބުނު ލާރިން ވެސް އެކަންކޮށްލެވުނު ނަމަ.

އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް
އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް

ރައީސް: ކުޅުދުއްފުށީ ރައްޔިތުންނަށް އެއާޕޯޓް ލިބިގެން އެ ދަނީ މުޒާހަރާކޮށްގެންތޯ. މުޒާހަރާ ކުރަން ޖެހޭތޯ މިހާރު. ރާއްޖޭގެ ރަށްރަށަށް ނަރުދަމާ ލިބެމުން ދަނީ މުޒާހަރާކޮށްގެންތޯ، ނުވަތަ ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހަޅައިގެންތޯ.

އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް
އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް

ރައީސް: ނަރުދަމާގެ ފަސޭހަކަން 75 ޕަސެންޓަށް އެބަ ލިބޭ. މި ސަރުކާރުގައި މި އަޅަމުން ދަނީ 12 އެއާޕޯޓް.

އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް
އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް

ރައީސް: އާބާދީގެ ދެބައިކުޅަ އެއްބަޔަށް މި ސަރުކާރުން ސާފު ބޯފެން ފޯރުކޮށްދީފިން.

އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް
އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް

ރައީސް: ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ފިޔަވައި އެހެން މީހުން ބޭނުންވާ ކަންކަން އެ މީހުންގެ މެނިފެސްޓޯއަކު ނެތް. އެކަން އެހެން ކުރާކަށް އިބްރާހިމް މުހަންމަދު ސޯލިހަކަށް ކެރިވަޑައެއް ވެސް ނުގަންނަވާނެ

އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް
އިބޫއަކީ ހަމައެކަނި ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން މީހާ: ރައީސް

ރައީސް: ކޯލިޝަނެއްގައި ހަތަރު ލީޑަރުން ލީޑް ކުރައްވައިފައި އެ މައްސަލަ ހައްލު ކުރާނެ ގޮތް މިހާރު އެބައޮތް. އޭގައި އޮތީ ރައްޔިތުންގެ މަޖިލީހުން ހެކިވާން ޖެހޭނެއޭ އެ ކޯލިޝަން. ބައްލަވާ ރައްޔިތުންގެ މަޖިލީހަކީ ދޭދޭ މީހުންގެ ވަރި ކައިވެނި ސާބިތު ކުރާ ތަނެއް ނޫން. އިބްރާހިމް މުހަންމަދު ސޯލިހަކީ އެންމެ މީހެއް ނޫން. ހަމައެކަނި ކޭކުފޮތި ފަޅާލުަމަށް ޓަކައި ވަޅި ހިފަހައްޓާ މީހެއް އެއީ.

ރައީސް: އަޅުގަނޑު މި އުފާ ހާސިލް ކުރަނީ އެތައް ކަމަކުން. އަޅުގަނޑު ރޭ ނިދަން އޮވެފައި ވެސް ހިތަށް އެރީ ހާދަ އުފާވެރިއޭ. ކީއްވެގެންތޯ އުފާ ނުވާންވީ. ކާކުތޯ ގަބޫލުކުރާނީ މިވަރުގެ ރަންވޭއެއް އެޅޭނެ ކަމަށް.

ރައީސް: މި ޖަލްސާ އަށް އަޅުގަނޑުމެން ބޭނުންވާ ވަރަކަށް މީހުނެއް ނުގެނެވުނު.

ރައީސް: މި ކުރިއަށް އޮތް ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި މި ދަނީ ރާއްޖޭގެ މުސްތަގުބަލު ކަނޑައެޅުމުގެ ވޯޓަށް. އަޅުގަނޑު އެދެނީ އަޅުގަނޑަށާއި ޑރ. ޝަހީމަށް ވޯޓު ދެއްވުން

ރައީސް: ހަވީރުން ފެށިގެން ދަންވުމާ ހަމައަށް މި ދަނީ ހަމަ އަސުރުމާ ކުލަ. އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައެއް އޮތްތަނެއް މިތަނަކުން ނުފެނޭ

ރައީސް ވާހަކަފުޅު ދައްކަވަނީ: މިތަނަށް އެއްވެ މިތިބީ އެހެން ދީންތަކަށް ނޫނެކޭ ބުނަން. ކުންފުނިތައް ވިއްކާ މީހުންނަށް ނޫނެކޭ ބުނަން.

ކުރިއަށް އޮތް ފަސް އަހަރުގެ ޕީޕީއެމްގެ މެނިފެސްޓޯ ރައީސް ނެރެދެއްވައިފި

ޑރ. ޝަހީމް: އެމްޑީޕީ އަށް މި ގައުމުގެ ވެރިކަން ނުދޭން އާދޭސްް ދަންނަވަން. ޝެއިހު އިލްޔާސް ވެސް ފާޑުފާޑުގެ ވާހަކަ ދައްކައިގެން މީހުން ހައްލަން ނޫޅުއްވާ. ތިޔަބޭފުޅުން ހިތްވަރުގަދަ ކުރައްވާ އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަވާ. ކަންކަން އޮޅުވާލައްވަން ނުހައްދަވާ

ޑރ. ޝަހީމް: ދީނީ އިލްމުވެރިން ޓެރަރިސްޓުންނަށް ހެދީ އެމްޑީޕީން.

ޑރ. ޝަހީމް: އެމްޑީޕީ އަކީ ދިވެހިރާއްޖޭގެ އިސްލާމީ ވަހުދަތު ނަގާލަން އުޅުނު ބަޔަކު. އެކަން އެންމެ ރަނގަޅަށް އެނގި ވަޑައިގަންނާނީ ޝެއިހު އިމްރާނާއި ރައީސް މައުމޫނަށް. ރާއްޖެއިން އިސްލާމް ދީން ފޮހެލަން އެމްޑީޕީން ވަނީ މަސައްކަތްތަކެއް ކޮށްފައި.

ޑރ. ޝަހީމް: މިއީ އަފުގާނިސްތާނެއް ނޫން، ހަނގުރާމަވެރި ހަތަރު ލީޑަރުން ގޮވައިގެން އުޅޭކަށް. މި ގައުމަށް ބޭނުން ވަނީ ދެވަނައެއް ނެތް ފަދަ ހަރުދަނާ ލީޑަރެއް

ޑރ. މުހަންމަދު ޝަހީމް: މިއީ ރާއްޖޭގެ ސިޔާސީ ހަޔާތް ބަދަލުކޮށްލި ހަފުލާއެއް.

އަބްދުއްރަހީމް އަބްދުﷲ: މިތާނގައި އެބަތިބި 50،000 މީހުން. އެކިރަށްރަށުން މީހުން އައީ ތަރައްގީ ގަބޫލު ކުރާތީ. މިތާނގައި މިތިބީ ރާއްޖޭގެ އިސްލާމް ދީން ބާއްވައި، ގައުމުގެ މިނިވަންކަން ބާއްވަން ބޭނުންވާ މީހުން. އަޅުގަނޑުމެންގެ ޖަލްސާތަކަށް މީހުން ގެންނަނީއެއް ނޫން. އަޅުގަނޑުމެންގެ ޖަލްސާ އަށް މީހުން ގެންނަނީ. މިތާނގައި މިތިބީ އަޅުވެތިކަމާ ދެކޮޅު ރައްޔިތުން. މިތާނގައި މިތިބީ އެއް ޖިންސުން ގުޅުން ހިންގަން ބޭނުން ނުވާ ރައްޔިތުން.

ރީކޯ މޫސާ މަނިކު: ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތްތަނާ ދެ އަހަރުގެ ތެރޭގައި އެމަނިކުފާނުގެ ކޯލިޝަން ރޫޅިގެން ހިނގައްޖެ. އެ ބަޔަކު ބޭނުންވާ ކަމެއް ނުވެގެން އެ ބަޔަކު ވަކިވެގެން ދިޔައީ. އެހެންވީމަ ކޯލިޝަން ރާއްޖޭގައި ނުހިނގާނެ ކަމަށް މިއޮތީ ފެންނަން. ގާނޫނުއަސާސީގައި ވެސް ވެރިކަން ކުރަން ޖެހޭނީ އެކަކުކަން މި އޮންނަނީ އެހެންވެ.

މުހަންމަދު ޝައިނީ: ރައީސް ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފި. މި ތަނުން ދައްކައިދޭ މަންޒަރު އެއީ. އިލެކްޝަނަކުން ކާމިޔާބު ނުވާނެ ބަޔަކު ދައްކާ ހުރިހާ ވާހަކައެއް އިދިކޮޅުން ދައްކަން ފަށައިފި. ރައްޔިތުންގެ ވޯޓެއް ހޯދުމުގެ ބަދަލުގައި މި ދަނީ ފަރަންސޭސިވިލާތަށް އިނގިރޭސިވިލާތަށް. އެ މީހުން ބުނަނީ ސިފައިން ވެސް މިތާނގައި ބޭތިއްބޭނޭ. އިސްލާމް ދީން ނޫން އެހެން ދީން ވެސް ބޭއްވޭނޭ. ރައީސް ނަޝީދު ވިދާޅުވެފައި އޮތީ ތިމަންނަގެ ސިޔާސަތުތައް ކުރިން އޮންނާނީ ބުނެފައޭ. އެއީ ސިޔާސަތަކީ. އެމްޑީޕީ އަށް ވޯޓު ނުދޭންވީ އެ މީހުން ޔަހޫދީ ދީން މިތާނގައި ކިޔަވައިދޭން އުޅުނީތީ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު: އަޅުގަނޑުމެން އެއްވެ މިތިބީ މާތްވެގެންވާ އިސްލާމް ދީނާއި ގައުމު ހިމާޔަތް ކުރުމަށް ޓަކައި ރައީސް ޔާމީން ދެ ވަނަ ދައުރަކަށް ހޮވުމަށް. އިރާދަ ކުރެއްވިއްޔާ 23 ސެޕްޓެމްބަރުގައި ހޮވާނީ ރައީސް ޔަމީން. ބޭރު ފަރާތްތަކާ ޑީލް ހަދައިގެން އަންނަ ބަޔަކަށް ރާއްޖޭގެ ސިޔާދަތެއް ނުހިފޭއްޓޭނެ. ޕަޕެޓްތަކަކަށް ވެރިކަމެއް ނުކުރެވޭނެ.

ސައީދު: ރައީސް ޔާމީން މި ގައުމު އެބަ ލީޑް ކުރޭ. މީހަކީ އެއީ. އަޅުގަނޑުމެން ކޮން ރަންވޭއަކަށްތޯ މި ޖެއްސީ. ކިހާ ވަރެއްގެ ބޯޓެއްގައިތޯ މި ޖެއްސީ. އިރާދަކުރެއްވިއްޔާ 17 ނޮވެމްބަރުގައި ހުވާ ކުރައްވާނީ ރައީސް ޔާމީން

ސައީދު: މިރޭ އެންމެން ވައުދެއް ވާން ޖެހޭ. މިތާނގައި ތިބި ކޮންމެ މީހަކު އިތުރަށް ފަސް މީހުން ހޯދަން ޖެހޭ

މިނިސްޓަރު މުހަންމަދު ސައީދު ވާހަކަ ދައްކަވަނީ

ޕީޕީއެމުން ބުނާ ގޮތުން މިރޭ 40،000 އަށް ވުރެ ގިނަ މީހުން ބައިވެރިވޭ

އެތައް ސަތޭކަ ބަޔަކާ އެކު ޕީޕީއެމްގެ ބޮޑު ޖަލްސާ މާފަންނު ސްޓޭޑިއަމްގައި ދެންމެއަކު ފަށައިފި އެވެ.

"ސައިޒް ދައްކާލުމަށް" ޕީޕީއެމްގެ ބޮޑު ޖަލްސާއެއް މި ބާއްވަނީ އިދިކޮޅު ފަރާތްތަކުން ކާނިވާ ސަރަހައްދުގައި ވަރަށް ގިނަ އަދަދެއްގެ މީހުންނާ އެކު މި މަހު ޖަލްސާއެއް ބާއްވައިވަނިކޮށް އެއަށް ރައްދު ދިނުމުގެ ގޮތުންނެވެ. މިރޭ ޕީޕީއެމްގެ ޖަލްސާ އަށް އެކި ރަށްރަށުން ވެސް އެތައް ސަތޭކަ ބަޔަކު މާލެ ގެނަ އެވެ. ސްޓޭޑިއަމް ސަރަހައްދުގައި ޕީޕީއެމުން ޖަހާފައިވާ ހުރިހާ ގޮނޑިއެއްހެން ފުރި، އެ ސަރަހައްދުގައި ވަރަށް ގިނަ ބަޔަކު ކޮޅަށް ވެސް އެބަތިއްބެވެ.

މިރޭގެ ޖަލްސާގައި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.