18 ސެޕްޓެމްބަރ 2018 - 15:49

ސާފް ސުޒުކީ ޗެމްޕިއަންޝިޕްގެ ތަށި، ދިވެހި ގައުމީ ޓީމު ކާމިޔާބު ކުރުމުން އެ ޓީމަށް މަރުހަބާ ކިޔުމުގެ ގޮތުންނާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ހުޅުމުގެ ގޮތުން ހުޅުލޭގައި ބޭއްވި ރަސްމިއްޔާތު ނިމިއްޖެ.

ރައީސް ޔާމީންގެ ވާހަކަފުޅު ނިންމަވާލައްވައިފި. ރަސްމިއްޔާތު ނިންމުމުގެ ގޮތުން އެމްއެންޑީއެފްގެ ބްރާސް ބޭންޑުގައި ގައުމީ ސަލާމް ކުޅެނީ

ރައީސް ޔާމީން: ތި ކުދިންނާ އެކު މުޅި ގައުމުގެ ނިސްބަތުން ބަލައިފިއްޔާ ކައްޕިއެއްގެ ގޮތުގައި އަޅުގަނޑު ހުންނާނަން

ރައީސް ޔާމީން: ޒުވާނުން ކަމަކާ ކުރިމަތި ލައިފިއްޔާ އެކަމަށް ދިވެހި ސަރުކާރުން ހިތްވަރު ދޭނަން. ކޮންމެ ކަމަކީ ވެސް ކާމިޔާބު ކުރެވޭނެ ކަމެއް.

ރައީސް ޔާމީން: މި އެއާޕޯޓާ އެކު ވިސްނަނީ އަހަރަކު ލިބޭ އާމްދަނީ 82 ބިލިއަން އަށް އިތުރު ކުރަން

ރައީސް ޔާމީން: މިއަދު ޚާރިޖީ އަދި ދާޚިލި ސިޔާސަތުގެ ތެރެއަށް ބޭރުގެ ނުފޫޒު ފޯރުވަމުން ދާއިރު ވިސްނަންޖެހޭ ކިތަންމެ ކަމެއް އެބަހުރި

ރައީސް ޔާމީން: ޖީއެމްއާރާ އެއާޕޯޓް ހަވާލު ކުރުމުގެ ކުރިން އެތަނުން 150 މިލިއަން 200 މިލިއަން ރުފިޔާ އަހަރަކު ލިބުނު

ރައީސް ޔާމީން: މިއަދު މި ފެންނަނީ ދިވެހިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ.

ރައީސް ޔާމީން: އޭރު އެންމެ 45 ލާރި ހަދިޔާކޮށްގެން އެއާޕޯޓް ހެދި ނަމަވެސް މިއަދު އެއާޕޯޓް ތަރައްގީ މި ކުރަނީ އެއް ހާސް މިލިއަން ޑޮލަރުގެ މަޝްރޫއަކުން

ރައީސް ޔާމީން: އެއާޕޯޓް މިނިވަންކޮށް ތަރައްގީ ކުރުމަށް ކުރީގެ ރައީސް ނާސިރާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި މަސައްކަތް މިއަދު ވެސް އަޅުގަނޑުމެން ފާހަގަ ކުރަންޖެހޭނެ

ރައީސް ޔާމީން: އޭރުގެ ހާލަތު އޮތް ގޮތުން ސަރުކާރުން އެކަމަށް ހުޅުވި ފަންޑަށް ބައެއް މީހުން ހަދިޔާކުރި އެންމެ 45 ލާރި ވެސް. ބައެއް މީހުން އެއް ރުފިޔާ ވެސް ހަދިޔާ ކުރި. އެއީ އޭރުގެ ހާލަތު

ރައީސް ޔާމީން: އޭރު އެއާޕޯޓް ހެދީ އުދެއްޔާ ފަކީރާ ހިފައިގެން އޭރުގެ ޒުވާނުން ކުރި މަސައްކަތުން. އޭރު އިގްތިސާދީ ފުދުންތެރިކަން ނެތީމާ އެ ވަރުގެ ކުޑަ އެއާޕޯޓެއް ހަދަން ޖެހުނީ.

ރައީސް ޔާމީން: ކަމަކާ އިޚްލާސްތެރިކަމާ އެކު ކުރިމަތިލީމާ ﷲ އެ ކަމަށް މަގު ފަހި ކޮށްދެއްވާ

ރައީސް ޔާމީން: ދިވެހި ޒުވާން ކުދިންނަށް ދޭ ނަސޭހަތަކީ މި ކަންކަމާ މެދު ވިސްނާށޭ. އަޅުގަނޑުމެން ކުރާ ކޮންމެ ކަމަކަށް ބޭރުގެ އިސްތިއުމާރީ ނުފޫޒު ފޯރުވަމުންދޭ
ރައީސް ޔާމީން: ރާއްޖެ އަށް ލިބުނު މިނިވަންކަމާ އެކު ކުރަން ޖެހުނު އެންމެ މުހިންމު ކަމަކަށް އިނގިރެސިންގެ އެހީއާ ނުލައި ރާއްޖޭން ބޭރަށް ދަތުރު ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމެއް. އެކަމަށް އެންމެ ބުރަ މަސައްކަތެއް ކުރެއްވީ އޭރުގެ ރައީސް މަރުހޫމް އިބްރާހީމް ނާސިރު
ރައީސް ޔާމީން: މި މަޝްރޫއު ކުރިއަށް ގެންދެވުނީ ބޭރުގެ މާލީ ފަންޑުތަކުން ދިވެހި ސަރުކާރަށް ކުރާ އިތުބާރުގެ ސަބަބުން. މިއިން އެނގެނީ ބޭރު ދުނިޔޭގައި ދިވެހިރާއްޖޭގެ ރަހުމަތްތެރިން އެބަ ތިބި ކަން. މުޅި ދުނިޔޭގައި އޮތް އެންމެ ފެންވަރު ރަނގަޅު ރަންވޭ ހަދައި ނިންމީ އެ ގައުމުތަކުގެ އެހީއާ އެކު
ރައީސް ޔާމީން: އަބީދާބީ ފަންޑުގެ އެހީއާ ނުލައި މިވަރުގެ ބޮޑު މަޝްރޫއެއް ކާމިޔާބެއް ނުކުރެވުނީސް
ރައީސް ޔާމީން: އަހަރުމެންގެ ޓީމު މި ސަރަހައްދުން ބޭރަށް ދާން ވެއްޖެ. އެއީ ވެސް ކުރެވޭނެ ކަމެއް
ރައީސް ޔާމީން: މުޅި މާލެ ތިޔަ ކުދިންގެ އިންތިޒާރުގައި އުތުރު އަރަނީ. ތިޔަ ހުރިހާ ކުދިން އަހަރެމެންނަށް ތިޔަ ގެނެސްދިން އުފަލަށް މަރުހަބާ ކިޔަން
ރައީސް ޔާމީން: ފުޓްބޯޅައިގެ ކާމިޔާބަކީ މުޅި ޓީމު އެކުގައި ކުރާ މަސައްކަތުގެ ނަތީޖާ.
ރައީސް ޔާމީން: 2008 ގައި ތަށި ގެނައި އިރު ވެރިކަމުގައި ހުރީ ރައީސް މައުމޫން އަބްދުލްގައްޔޫމް. މިއަދު ތަށި އުފުލައިލި އިރު މި ހުރީ އަޅުގަނޑު (މައުމޫންގެ ކޮއްކޮ). މިއީ ވެސް އިއްތިފާގެއް
ރައީސް ޔާމީން: އެ ދުވަހު އެ ދުވަހު އުފުލައިލީ އަސްއަދު އަބްދުލްޣަނީ، މިއަދު ތަށި އުފުލައިލީ އޭނާގެ ކޮއްކޮ އަކްރަމް އަބްދުލްޣަނީ. މިއީ ވެސް އިއްތިފާގެއް
ރައީސް ޔާމީން: އަހަރެމެންނަށް ތިޔަ ހޯދައިދިން ފަޚުރަކީ ދުވަހަކު ވެސް ހަނދާން ނެތޭނެ ފަޚުރެއް ނޫން. ފުރަތަމަ ސާފް ޓްރޮފީ އުފުލައިލީ 2008 ގައި. އަނެއްކާ 2018 ގައި އެ ޓްރޮފީ އުފުލައިލީ
ރައީސް ޔާމީން: މިއަދު އެއާޕޯޓްގެ ރަންވޭ މި ހުޅުވީ. މި ސަރަހައްދުގައި ވެސް އޮތް އެންމެ ފެންވަރު ރަނގަޅު ރަންވޭ މި އޮތީ ރާއްޖޭގައި. މިއީ ކުޑަ ޝަރަފެއް ނޫން. މިއަދު ލިބޭ އުފާވެރިކަން ކިޔައިދޭކަށް ނޭނގޭ
ރައީސް ޔާމީން: މިއަދު ޒުވާން ޓީމު ދައްކައިދިނީ ފުރުސަތު ހޯދައިދިނީމާ ދުނިޔޭގެ ފެންވަރުގައި ވެސް ކާމިޔާބު ހޯދައިދޭނީ ޒުވާނުންކަން
ރައީސް ޔާމީން: އަކްރަމް ގަބޫލު ކުރަންވާނެ، މި ރައީސް މިއީ މިފަހަރުގެ ވޯލްޑް ކަޕްގެ ތަށި އެންމެ ފުރަތަމަ އުފުލައިލި ރައީސް
ރައީސް ޔާމީން: މި ރަސްމިއްޔާތާ ގައުމީ ޓީމު ހޯދި ކާމިޔާބާ ދިމާވުމަކީ ވަރަށް ރަނގަޅު އިއްތިފާގެއް
މިހާރު ވާހަކަފުޅު ދައްކަވަނީ ރައީސް އަބްދުﷲ ޔާމީން
އާދިލް މޫސާ: މުއްދަތު ހަމަވުމުގެ ކުރިން މަޝްރޫއު ފުރިހަމަ ކުރުމަށް ރައީސްގެ ގެންދެވީ ކޮންމެ ދުވަހަކު ވެސް ގުޅުއްވައިގެން މަސައްކަތް ބައްލަވަމުން
އާދިލް މޫސާ: މުވައްޒަފުން މި ބޮޑު މަޝްރޫއު ކުރިއަށް ގެންދަނީ މި މަޝްރޫއުގެ މުހިންމުކަން އެނގޭތީ. މި ނަގާފައިވާ ލޯނު އަނބުރާ ދެއްކޭނެ ކަމުގެ ޔަގީންކަން އެމްއޭސީއެލް އަށް އެބަ އޮތް
އާދިލް މޫސާ: ބޭރުގެ ގައުމަކުން މިހާ ބޮޑު ލޯނެއް ދޭނީ އެ ލޯނު ދެއްކޭނެ ކަމާ މެދު އެ ގައުމުތަކަށް ޔަގީންކަން އޮންނާތީ
މި މަޝްރޫއުގެ ނިމޭއިރު 7.5 މިލިއަން ޓޫރިސްޓުންނަށް މަތިކުރުމަކީ ރައީސް ޔާމީންގެ އަމާޒެއް
ކުރީގެ ސަރުކާރުން އެއަޕޯޓް ތަރައްގީ އަށް ހޭދަކުރީ 95 މިލިއަން ޑޮލަރު. މިހާރު މި ހިންގާ މަޝްރޫއުގެ އަގަކީ އެއް ބިލިއަން ޑޮލަރު
ޖީއެމްއާރު އޮތް ދުވަސް ވަރު ލިބުނީ އަހަރަކު 15 މިލިއަން ރުފިޔާ. އެކަމު މިހާރު އެއް ބިލިއަން އެބަ ލިބޭ. މިއީ ރައީސް ޔާމީންގެ ދުރު ވިސްނުން ފުޅު
ޖީއެމްއާރާ އެއާޕޯޓް ހަވާލު ކުރި މަޝްރޫއުަގައި އައު ރަންވޭއެއް ހެދުމަށް ހަމަޖެހިފައެއް ނެތް.
މި ތާރީޚީ އިވެންޓް މި ފެނުނީ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލައި އެމްއޭސީއެލްއާ ހަވާލު ކުރުމުން
އާދިލް މޫސާ: ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު ޖެއްސި މަންޒަރު ދެންމެ ފެނުނު އިރު އެއީ ހުވަފެނެއް ނޫން
ކީރިތި ގުރުއާންގެ ބަރަކާތުން ޖަލްސާ ފެށުމަށް ފަހު ރަސްމިއްޔާތު ތައާރަފް ކުރުމުގެ ގޮތުން މިހާރު ވާހަކަ ދައްކަވަނީ އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ އާދިލް މޫސާ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތަރައްގީ ކުރި އައު ރަންވޭ ރަސްމީކޮށް ހުޅުވުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތު ފެށިއްޖެ
ގައުމީ ޓީމު ސާފް ޗެމްޕިއަންޝިޕްގެ ތަށި ހިފައިގެން ހުޅުލެ އިން މާލެ އަށް އަންނަ ވަގުތު ޓީމަށް މަރުހަބާ ކިޔުމަށް އެތައް ހާސް ބަޔަކު މިހާރު ތިބީ ސިނަމާލޭ ބްރިޖަށް ޖަމާވެފައި. މި ރަސްމިއްޔާތަށްޓަކައި ސިނަމާލޭ ބްރިޖްގެ އާންމު ދަތުރުތައް މިވަގުތަށް ވަނީ މެދުކަނޑާލާފައި.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތަރައްގީ ކުރި އައު ރަންވޭ ރަސްމީކޮށް ހުޅުވުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތު ކުޑަ އިރުކޮޅެއްގެ ތެރޭގައި ފެށޭނެ. މި ރަސްމިއްޔާތު އޮންނާނީ ހުޅުލޭ އުތުރު ކޮޅުގައި އެކަމަށްޓަކައި ތައްޔާރު ކޮށްފައިވާ ސަރަހައްދުގައި.
ރައީސް ޔާމީންގެ ދެ ކަނބަލުން ގައުމީ ޓީމާ އެކު ފޮޓޯއެއް ނަންގަވަނީ
ގައުމީ ޓީމުގެ ކުޅުންތެރިން ރައީސް ޔާމީންގެ ދެ ކަނބަލުންނާ ސަލާމް ކުރައްވަނީ
ސާފް ޗެމްޕިއަންޝިޕްގެ ޓްރޮފީ ރައީސަށް އެރުވީ ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ
ގައުމީ ޓީމުގެ ކުޅުންތެރިން، ސާފް ޗެމްޕިއަންޝިޕްގެ ތައްޓާ އެކު، ރައީސް އަބްދުﷲ ޔާމީންގެ އަރިހަށް ގޮސް މުބާރާތުގެ ޓްރޮފީ ރައީސަށް އަރުވައިފި
ވައިކުޑައިގައި ހުޅުލޭ ރަންވޭ އަށް ފޭބި ސިފައިންގެ ހަތް މީހުން ގައުމީ ދިދައާ އެކު ދުވެލާފައި ގޮސް، މިއަދުގެ ރަސްމިޔއްޔާތަށް ތައްޔާރު ކޮށްފައިވާ ސަރަހައްދުގައި މަޑުކޮށްލައިފި
މޯލްޑިވިއަންގެ ސީޕްލޭން ފްލީޓްގައި ހިމެނޭ ހަ ބޯޓެއް މާލެ ވަށައި ބުރެއް ޖެހުމަށްޓަކައި މިހާރު ދަނީ މާލެ ވަށައިގެން ދަތުރު ކުރަމުން. މީގެ ތެރެއިން އެއް ބޯޓު ދަތުރު ކުރާނީ އެންމެ 200 ފޫޓު މަތިން. އެހެން ބޯޓުތައް ދަތުރުކުރާނީ 700 ފޫޓު މަތިން
ވައިކުޑައިގައި ފުންމާލި ފުރަތަމަ މީހުން ހުޅުލެ އަށް ފައިބަން ފަށައިފި
ގައުމީ ޓީމުގެ ކުޅުންތެރިން މިހާރު އެއާބަސް އޭ 380ގެ ބޯޓުން ފައިބައިފި
އެމްއެންޑީއެފްގެ ސްޕެޝަލް ފޯސްގެ ސިފައިންގެ ހަތް މީހަކު ވައިކުޑައިގައި ހުޅުލެ އަށް ފޭބުމަށްޓަކައި މިހާރު ވަނީ މަތިންދާބޯޓުން ވައިގެ ތެރެއަށް ފުންމާލާފައި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭއަށް ފުރަތަމަ ފަހަރަށް އެއާބަސް އޭ 380 މަރުކާގެ ބޯޓެއް ދެންމެ ޖައްސައިފި އެވެ.
މި ބޯޓު އާ ރަންވޭއަށް ޖެއްސީ އެއާޕޯޓުގައި މިހާރު ކުރިއަށް ގެންދާ ރަސްމިއްޔާތުގައި، ރައީސް އަބްދުﷲ ޔާމީން ހުއްދަ ދެއްވުމުންނެވެ.
ރާއްޖޭގެ އެއާޕޯޓެއްގައި ފުރަތަމަ ފަހަރަށް އޭ 380 މަރުކާގެ މަތިންދާބޯޓެއް ޖެއްސި މި ތާރީޚީ ދުވަހު، އާ ރަންވޭއަށް ޖެއްސީ ޔޫއޭއީގެ އިއްތިހާދު އެއާވޭސް އެއާބަސް އޭ 861-380 މަރުކާގެ ބޯޓެކެވެ. ބަންގްލަދޭޝްގައި ބޭއްވި ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ގޮވައިގެން އައި އެ ބޯޓުގެ ޕައިލެޓަކަށް ހުރީ ދިވެއްސެއް ކަމަށްވާ އަލީ އަހްސަން އެވެ. މި ބޯޓު އަބޫދާބީން ފުރީ މިއަދު ހެނދުނު 10:28 ގަ އެވެ.
އިއްތިހާދު އެއާވޭސް އެ ބޯޓު އާ ރަންވޭއަށް ޖެއްސުމުގެ ކުރިން، އާއްމުންނަށް ދައްކައިލުމުގެ ގޮތުން މާލެ ވަށައިގެން 1،000 ފޫޓު މަތިން ބުރެއް ޖެހި އެވެ.
ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ އެ ރަންވޭއަށް ބޯޓު 3:45 ހާއިރު ޖެއްސުމާއެކު އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއު އިން ވޯޓާ ސެލިއުޓެއް ނެގި އެވެ. އަދި ބޯޓު ޖެއްސުމަށްފަހު ޓީމުގެ ކުޅުންތެރިން ބޭލީ އޭޕްރަންގައި މަޑުކުރުމަށްފަހު އެވެ.
އެ ބޯޓު ބޯޓު ޖެއްސުމަށް ފަހު ޕެރަޝޫޓާ އެކު އެއާޕޯޓަށް ދިވެހި ސިފައިން ފުންމާލުމުގެ ހަރަކާތެއް ވެސް ބާއްވާނެ އެވެ. އެ ހަރަކާތަށް ފަހު ހަ ސީޕްލޭން 200 ފޫޓު ތިރިން މާލެ ވަށައި ބުރެއް ޖަހާނެ އެވެ. ސީޕްލޭންގެ ފްލައި ޕާސް ކުރިއަށް ގެންދާނީ ސިނަމާލެ ބްރިޖް ކައިރިންނެވެ.
މި ހަރަކާތް ބަލައިލުމަށް ގިނަ އަދަދެއްގެ ބަޔަކު ސިނަމާލެ ބްރިޖް ކައިރިއަށް އެއްވެފައި އެބަތިއްބެވެ.
އެ ބޯޓު މާލެއިން ފުރަން ހަމަޖެހިފައި ވަނީ މިއަދުގެ އިރުއޮއްސުމުގެ ކުރިންނެވެ.
ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، އާ ރަންވޭ ހެދީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ. އެ މި ލޯނުގައި ރަންވޭގެ އިތުރުން 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި 80،000 ޓަނުގެ ކާގޯ ފެސިލީޓީއެއް ހެދުން ވެސް ހިމެނެ އެވެ.