18 ސެޕްޓެމްބަރ 2018 - 10:59

ޓީވީގެ އުފެއްދުންތަކަށް ދޭ ޝަރަފުވެރި އެވޯޑް އެމީގެ 70 ވަނަ އެވޯޑް ހަފުލާގައި އެމެޒޯންގެ ކޮމެޑީ ސިލްސިލާ "ދަ މާވެލަސް މިސިޒް މެއިޒެލް" ފަސް އެވޯޑް އުފުލާލައި، ވިދުން ގަދަކޮށްލައިފި އެވެ.
"ދަ މާވެލަސް މިސިޒް މެއިޒެލް" ހިއްލައިލި އެވޯޑްތަކުގެ ތެރޭގައި ބެސްޓް ކޮމެޑީ ސީރީޒް، ސީރީޒްގެ އެންމެ މޮޅު ކޮމެޑީ ބަތަލާ (ރެޗެލް ބްރެސަނަން)، އެންމެ މޮޅު ސަޕޯޓިން ކޮމެޑީ ބަތަލާ (އެލެކްސް ބޯސްޓެއިން)، އެންމެ މޮޅު ކޮމެޑީ ސްކްރިޕްޓް (އެމީ ޝާމަން ޕެލެޑީނޯ) އަދި އެންމެ މޮޅު ކޮމެޑީ ޑައިރެކްޓަރު (އެމީ) ހިމެނެ އެވެ.
* އެންމެ މޮޅު ޑްރާމާ ސީރީޒް: ގޭމް އޮފް ތުރޯންސް
* ލީޑް އެކްޓާ (ޑްރާމާ): މެތިއު ރައިސް (ދި އެމެރިކަންސް)
* އެންމެ މޮޅު ބަތަލާ (ޑްރާމާ): ކްލެއާ ފޯއި (ދަ ކްރައުން)
* ސަޕޯޓިން އެކްޓަރު (ޑްރާމާ): ޕީޓާ ޑިންކްލޭޖް (ގޭމް އޮފް ތުރޯންސް)
* ސަޕޯޓިން ބަތަލާ (ޑްރާމާ): ތަންޑީ ނިއުޓަން (ވެސްޓްވޯލްޑް)
* ރައިޓިން ފޮ ޑްރާމާ: ދި އެމެރިކަންސް (ޖޮއެލް ފީލްޑްސް/ޖޮއީ ވެއިޒްބާގް)
* ޑިރެކްޓިން ފޮ ޑްރާމާ: ދަ ކްރައުން (ސްޓެފެން ޑެލްޑްރީ)
* ލީޑް އެކްޓަރު ކޮމެޑީ: ބިލް ހެޑާ (ބެރީ)
* ސަޕޯޓިން އެކްޓަރު ކޮމެޑީ: ހެންރީ ވިންކްލާ (ބެރީ)
* އެންމެ މޮޅު ލިމިޓެޑް ސީރީޒް: ދި އެސަސިން އޮފް ޖިއާނީ ވަސާޗޭ: އެމެރިކަން ކްރައިމް ސްޓޯރީ
* ލީޑް ބަތަލާ (ލިމިޓެޑް ސީރީޒް): ރެޖީނާ ކިންގް (ސެވެން ސެކަންޑްސް)
* ލީޑް ބަތަލު (ލިމިޓެޑް ސީރީޒް): ޑެރެން ކްރިސް ( އެސަސިން އޮފް ޖިއާނީ ވަސާޗޭ)
* ސަޕޯޓިން ބަތަލާ (ލިމިޓެޑް ސީރީޒް): މެރިޓް ވެވާ (ގޯޑްލެސް)
* ސަޕޯޓިން ބަތަލު (ލިމިޓެޑް ސީރީޒް): ޖެފް ޑެނިއެލްސް (ގޯޑްލެސް)
* ރައިޓިން ފޮ ލިމިޓެޑް ސީރީޒް: ވިލިއަމް ބްރިޖެސް/ޗާލީ ބްރުކާ (ޔޫއެސްއެސް ކެލިސްޓާ ބްލެކް މިރާ)
* ލިމިޓެޑް ސީރީޒް ޑައިރެކްޝަން: ރަޔަން މާފީ (ދި އެސަސިން އޮފް ޖިއާނީ ވަސާޗޭ)
* މޮޅު ރިއަލިޓީ ޝޯ/ކޮމްޕެޓިޝަން: ރުޕޯލްސް ޑްރޭގް ރޭސް
* ވެރައިޓީ ސްކެޗް ސީރީޒް: ސަޓަޑޭ ނައިޓް ލައިވް
* ވެރައިޓީ ޓޯކް ސީރީޒް: ލާސްޓް ވީކް ޓްނައިޓް
ހަތްދިހަ ވަނަ އެމީ އެވޯޑްސް ބާއްވާފައި ވަނީ ލޮސް އެންޖެލިސްގެ މައިކްރޮސޮފްޓް ތިއޭޓަރުގަ އެވެ. އެވޯޑް ހަފުލާ ހުށަހަޅައި ދިނީ ކޮލިސް ޖޮސްޓް އާއި މައިކަލް ޝީ އެވެ.