17 ސެޕްޓެމްބަރ 2018 - 18:43

ގޭގައި މިހާރު އިން ބަދިގޭގެ ފޮޓޯއެއް ރެއިންބޯގެ އޮފިޝަލް ފޭސްބުކް ޕޭޖަށް ފޮނުވާލައިގެން "ޗާލު" ބަދިގެއެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އަންނަ މަހުގެ 15ގެ ނިޔަލަށް ކުރިޔަށް ގެންދާ ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ފަރާތަކަށް ބަދިގެ ސެޓެއް ދޭން އެ ކުންފުނިން ވަނީ ނިންމައިފަ އެވެ. އެގޮތުން ދޭ ބަދިގެ ސެޓްގައި ފުލް ކެބިނެޓް އަދި ބަދިގެ އެޕްލަޔަންސް ވެސް ހިމެނެ އެވެ.
"ނަސީބުވެރި ފަރާތް ބޭނުން ކުލަ، މެޓީރިއަލް އަދި ޑިޒައިން ހިޔާރުކުރުމުގެ ފުރުސަތު ލިބިގެންވޭ. މިއީ ބަދިގެ އާކުރަން ބޭނުންވެފައި ތިބި ބޭފުޅުންނަށް ލިބޭ ރަނުގެ ފުރުސަތެއް،" ރެއިންބޯ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ ޕްރޮމޯޝަންގައި ރެއިންބޯގެ މުވައްޒަފުންނާއި އައިލާގެ މެމްބަރުންނަށް ބައިވެރިނުވޭނެ ކަމަށެވެ. އަދި އިނާމް ދޭނެ ފަރާތެއް ކަނޑައަޅަނީ ފަނޑިޔާރުންގެ ޕެނަލްއަކުން ކަމަށް ވެސް ރެއިންބޯ އިން ބުންޏެވެ.
"ޗާލު" ބަދިގެ ޕްރޮމޯޝަންގެ ނަސީބުވެރިޔާ އިއުލާންކުރަން ނިންމާފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު އެވެ.