ޗެލްސީގެ ޑިފެންސް ރަނގަޅުކުރަން ޖެހޭ: ސާރީ
ޗެލްސީގެ ޑިފެންސް ރަނގަޅުކުރަން ޖެހޭ: ސާރީ

ލަންޑަން (ސެޕްޓެމްބަރު 17) – ޗެލްސީން މި ސީޒަނުގެ ޕްރިމިއާ ލީގުގެ ތަށްޓައް ވާދަކުރާ ނަމަ ޑިފެންސް ރަނގަޅުކުރަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ.

ހޮނިހިރު ދުވަހު ޗެލްސީގެ ޑިފެންސް ރަނގަޅުކުރަން ޖެހޭ: ސާރީކުޅުނު މެޗުން ކާޑިފް ސިޓީ އަތުން 4-1 އިން މޮޅުވެ ސައްތައިން ސައްތަ ރެކޯޑް ދަމަހައްޓައި ޗެލްސީ އޮތީ ތާވަލުގެ އެއް ވަނައިގަ އެވެ. އެ ޓީމުން ލީގުގައި ހަތަރު މެޗުން 14 ގޯލް ޖަހާފައިވީ ނަމަވެސް ބައިކޮޅަށް ވަނީ ހަތަރު ގޯލް ވަދެފަ އެވެ.

"އަހަރެމެން އެޓޭކުގައި ވަރަށް ނުރައްކާތެރި. އެކަމަކު ޑިފެންސުގައި އެބަޖެހޭ ރަނގަޅުކުރަން،" ސާރީ ބުންޏެވެ. "އެކަން ވަރަށް އަވަހަށް ރަނގަޅުކުރަން ޖެހޭ އެކަމަކު އެއީ ކުރެވޭނެ ކަމެއް. އަހަރެމެންގެ އަށް ކުޅުންތެރިން ޓީމާ ކުޅުނީ އޮގަސްޓް ކުރީކޮޅު. އެހެންވީމާ ސީޒަނުގެ މިހިސާން ޑިފެންސިވް މައްސަލަތަކެއް ފާހަގަވުމަކީ މައްސަލައެއް ނޫން."

މި ސީޒަނުގައި ޗެލްސީއާ ހަވާލުވި ސާރީ ބުނީ މި ވަގުތު އެހެން ޓީމުތަކަށް ވުރެ ވަރުގަދައީ ލިވަޕޫލާއި މެންޗެސްޓާ ސިޓީ އެކަނި ކަމަށާއި ޗެލްސީން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ރަނގަޅުކުރަން ޖެހޭ ކަމަށެވެ.

"އެކަމަކު އަހަރެން ކުރިން ބުނި ގޮތަށް އިނގިރޭސި ވިލާތުގެ އެންމެ މޮޅު ކްލަބަށް ޗެލްސީ ހަދަން ބޭނުންވަނީ އެއް އަހަރުން ނުވަތަ 18 މަސް ދުވަހުން. އެއީ އަމާޒަކީ،" ސާރީ ބުންޏެވެ.

ރީތީ ފުޓްބޯޅައެއް ކުޅުވާ ސާރީގެ ކޯޗުކަމުގެ ދަށުން އިޓަލީގެ ނަޕޯލީން ވެސް ރަނގަޅު ވާދައެއްކުރި އެވެ. އެކަމަކު ތަށްޓެއްގައި އަތްލެވޭ ގޮތެއް ނުވި އެވެ.