17 ސެޕްޓެމްބަރ 2018 - 11:36

ބެއިޖިން (ސެޕްޓެމްބަރު 17) - ފިލިޕީންސް އަށް އެރި ބާރުގަދަ ތޫފާން ޗައިނާގެ ދެކުނުގެ ހިސާބުތަކަށް މިއަދު އަރައިފި އެވެ.

ތޫފާން މަންގޫޓް އަކީ މި އަހަރު ކުރިމަތިވި އެންމެ ބާރުގަދަ ތޫފާނެވެ. ޗައިނާގެ ގުއަންޑޮން ޕްރޮވިންސަށް ތޫފާން އެރުމުން މިހާތަނަށް ވަނީ ދެ މީހުން މަރުވެފަ އެވެ. ގުއަންޑޮން އާއި ހައިނާން އައިލެންޑުން ވަނީ 2.5 އަށް ވުރެ ގިނަ މީހުން ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.

ހޮންކޮންގަށް އެ ތޫފާން ކުރިން އަރައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އޭގެ ތެރޭގައި އިމާރާތްތަކުގެ ބިއްލޫރިތައް ތެޅުންފަދަ ގެއްލުންތައް ހިމެނެ އެވެ. ހޮންކޮންގުން ދަތުރުފަތުރު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ހޮންކޮން އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ 900 ފްލައިޓް ކެންސަލްކޮށްފަ އެވެ. ހޮންކޮންގުން ވަނީ 200 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ. ޗައިނާގެ ސަރަހައްދުތައް ކަމަށްވާ ގުއިޒޫ، ޗޮންގިން އަދި ޔުނާން އަށް މިއަދުގެ ވަގުތެއްގައި ތޫފާން އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ތޫފާނުގައި ފިލިޕީންސް އިން ވަނީ 33 މީހުން މަރުވެފަ އެވެ. އަދި 29 ވަނީ ގެއްލިފަ އެވެ. މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.