ލޮޓަސް އިން ނުކުޅެދޭ މީހުންނަށް ހާއްސަ ސައިކަލު ހިލޭ!
ލޮޓަސް އިން ނުކުޅެދޭ މީހުންނަށް ހާއްސަ ސައިކަލު ހިލޭ!

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ހަދާފައި ހުންނަ ތިން ފުރޮޅުލީ ސައިކަލު، ލޮޓަސް ބައިކް ޝޮޕުން ހިލޭ ދޫކުރަން ނިންމައިފި އެވެ.

ލޮޓަސް އިން ނުކުޅެދޭ މީހުންނަށް ހާއްސަ ސައިކަލު ހިލޭ!
ލޮޓަސް އިން ނުކުޅެދޭ މީހުންނަށް ހާއްސަ ސައިކަލު ހިލޭ!

ސައިކަލާއި ބައިސްކަލް ވިއްކާތާ 14 އަހަރު ވެފައިވާ ލޮޓަސް ބައިކް އިން ވަނީ އޭގެ 30 ސައިކަލު މާލެ ގެނެސްފަ އެވެ. މިއީ ކަރަންޓުން ޗާޖުކޮށްގެން ދުއްވާ، އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ އުޅަނދެކެވެ.

ލޮޓަސް ބައިކުން ބުނީ އާއްމު ގޮތެއްގައި 12،000 ރުފިޔާއަށް ވިއްކާ ސައިކަލް ރާއްޖެ ގެނައީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ. އެކަމަކު ސައިކަލް ވިއްކުމުގެ ބަދަލުގައި، އެ ފިހާރައިން ނިންމާފައިވަނީ ހިލޭ ބަހާށެވެ.

"ގިނަ މީހުން އަޅުގަނޑުމެންނަށް ރިކުއެސްޓް ކުރީ ހަމަ [ސައިކަލް] ގަންނަން. އެކަމަކު އަޅުގަނޑުމެން ބޭނުންވީ، މިއީ ގިނަ ބަޔަކަށް ވެވޭ އެހީއެއް ކަމުން ހިލޭ ދޭން،" ލޮޓަސް ބައިކްގެ އިސް ވެރިޔަކު ވިދާޅުވި އެވެ.

އަންނަ ހަފުތާގައި ދޫކުރާ މި ސައިކަލްތައް ހޯދަން، މާލެ އާއި ރަށްރަށުން މިހާރު ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ހުށަހަޅާފަ އެވެ. އެކަމަކު އެތަކެތި ދޭނީ، ޑޮކްޓަރުގެ ލިޔުމާއި އައިޑީ ކާޑު ހިފައިގެން ދިޔުމުން، އެއީ ނުކުޅެދުންތެރިކަން ހުންނަ މީހެއްތޯ ޔަގީން ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

ލިބޭ ތަރުހީބަށް ބަލާފައި، އޭގެ އިތުރު ސައިކަލު ގެނެސް ހިލޭ ދޫކުރަން އެ ފިހާރައިން ވަނީ ނިންމާފަ އެވެ.