15 ސެޕްޓެމްބަރ 2018 - 22:41

ފުވައްމުލަކުގައި މީހެއްގެ ކަރަށް ވަޅި ހަރައި މިރޭ ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ރަށުގައި މާރާމާރީއެއް ހިންގައިގެން 8:20 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން އަވަށެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
އެ ހާދިސާގައި ޒަހަމް ލިބުނު 33 އަހަރުގެ ފިރިހެނަކަށް އެ ރަށު ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ވެ އެވެ.
އެނގިފައިވާ ގޮތުގައި އޭނާގެ ކަރަށާއި އަރިކައްޓަށް ވަނީ ވަޅި ހަރާފައި ވެ އެވެ. ނަމަވެސް ލިބުނު ޒަހަމްތަކުގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.